Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގަ ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތާން މާޔޫސްކަމުގައި: ބޮޑުވި ފެންގަނޑު ތެރޭ ޣަރަޤުވިނަމަ މާ ރަނގަޅުވީސް!

ދެކުނު ސިންދު ޕްރޮވިންސްއަށް ފާއިތުވީ 30 އަހަރު ދުވަހުގެ އެވަރޭޖް ރެކޯޑަށް ވުރެ، 466 ޕަސެންޓް އިތުރަށް، ވާރޭވެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 06:24
މޫސުމީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ އެއް ސަރަހައްދަކީ 50 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ދެކުނު ސިންދު ޕްރޮވިންސް

މޫސުމީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ އެއް ސަރަހައްދަކީ 50 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ދެކުނު ސިންދު ޕްރޮވިންސް

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މިވަގުތު އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ ޕާކިސްތާނުގެ ރައްޔިތުންގެ ތެރެއިން، އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ އެއް ބަޔަކީ ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންނެވެ. ވާރޭވެހި، ކޯރުތައް ފުރި ބަންޑުންވެސް، އަމިއްލަ ގެދޮރު ޣަރަޤުވެ ދިއުމުގެ ސަބަބުން، ވަގުތީ ހިޔާތުގައި ދިރިއުޅުމަށް މަޖުބޫރުވެފައިވާއިރު، އެ ހިޔާތަކަކީ، އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ވަރުގެ ތަންތަން ނޫން ކަމަށް، އެ ހިޔާތަކަށް ބަދަލު ކޮށްފައިވާ މީހުން ދަނީ ބުނަމުންނެވެ.

މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ 3 ބައިކުޅަ 1 ބައި ސަރަހައްދު މިހާރު އޮތީ ފެނު އަޑީގައެވެ. މަރުވި މީހުންގެ އަދަދު 1100 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، ގަދަ ވިއްސާރައިގެ އަސަރު ކުރި މީހުންގެ އަދަދު، 33 މިލިއަންއަށް ވަނީ އަރާފައެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ އެއް ސަރަހައްދަކީ 50 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ދެކުނު ސިންދު ޕްރޮވިންސްއެވެ. ފާއިތުވީ 30 އަހަރު ދުވަހުގެ އެވަރޭޖް ރެކޯޑަށް ވުރެ، 466 ޕަސެންޓް އިތުރަށް، އެ ސަރަހައްދަށް ވާރޭވެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސިންދުގެ އެންމެ ބޮޑު ސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޔަޢުޤޫބުއާބާދުން ގެދޮރު ގެއްލުނު މުޙައްމަދު ޖާވިދު ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީ ސްކޫލް އިމާރާތެއްގައެވެ. މަދިރި ހާއްޔެއް ފަދަ ވަގުތީ ހިޔަލުގައި ވަގުތުތައް ގުނަމުންދާ ޖާވިދު މިއަދު ވަނީ އިންތިހާ މާޔޫސްކަމުގެ ތެރޭގައެވެ.

ޢާއިލާތަކަށް ކާންބޯންދޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމަކީ، ވަގުތީ ހިޔަލުގައި ތިބި އެހެން ރަށްވެހިންގެ ޝަކުވާއެކެވެ.

ޕާކިސްތާނުގެ އާންމު ސިއްހީ ހާލަތުވެސް މިވަގުތު އިންތިހާއަށް ގޯހެވެ. ސަރަހައްދީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، ޕޭޝަންޓުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެންމެ ގިނައީ ބަނޑުގެ ބަލިތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ބޭރަށް ހިންގުން ނުވަތަ ޑައެރިއާ ފަދަ ބަލިތައް ތަހައްމަލު ކުރާ ޕޭޝަންޓުންގެ އަދަދު ގިނައެވެ. ސަބަބެއް ކަމަށް ބެލެވެނީ ފެންބޮޑުވުމުގެ ސަބަބުން ދިރިއުޅެން ޖެހިފައި އޮތް ހާލަތުގެ ސަބަބުން، އާންމު ސާފު ތާހިރުކަމަށް މާ ބޮޑު ސަމާލުކަމެއް ދެވޭނެ ގޮތް ނުވުމެވެ.

ޕާކިސްތާނުގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު