Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާ

ފެންގަނޑު ބޮޑުވުމުން ފުރާޅުމަތީ ކޭމްޕު ޖެހިތަނާ، ވިހެއުމުގެ ވޭންވަރު އައުމުން ދެން ހެދީ ކިހިނެތްކަން އެނގޭތަ؟

ބަނޑުގައި ރިއްސަންފެށީ، ރޭގަނޑު 10 ޖަހަނިކޮށް، ބޯޓެއްގައި ހޮސްޕިޓަލަށް ގެންދެވުނީ އަނެއްދުވަހުގެ ހެނދުނު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 11:12
ފެންބޮޑުވުމުގެ ހާދިސާގެ ކުރިންވެސް، ވިހެއުމުގެ ތެރޭގައި މައިން މަރުވުމުގެ މައްސަލައަކީ ޕާކިސްތާނުގައި ބޮޑުވެފައިވާ މައްސަލައެއް

ފެންބޮޑުވުމުގެ ހާދިސާގެ ކުރިންވެސް، ވިހެއުމުގެ ތެރޭގައި މައިން މަރުވުމުގެ މައްސަލައަކީ ޕާކިސްތާނުގައި ބޮޑުވެފައިވާ މައްސަލައެއް

ޕާކިސްތާނުގެ ސިހްވާން ސިޓީގައި ކުލިނިކަށް ދެވެން އޮތް ހުރިހާ މަގެއް އޮތީ ފެނު އަޑީގައެވެ. ބަނޑުގައި އޮތް ދަރިފުޅު މި ދުނިޔެއަށް އުފަންކުރުމަށްޓަކައި ހޮސްޕިޓަލަށް ދިއުމަށް، ބޮޑުވެފައިވާ ފެންގަނޑު ތެރޭގައި ބޯޓަކަށް އަރައިގެން 3 ގަޑިއިރު ވަންދެން ރުބީނާ މައްލާ ކުރީ ބިރުވެރި، ނާމާން ދަތުރެކެވެ.

އުމުރުން 27 އަހަރުގެ ރުބީނާއަކީ، ޕާކިސްތާނުގެ ތާރީޚު ނުދެކޭފަދަ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާގައި ތަކުލީފު އުފުލަން ޖެހިފައިވާ އެތައް ހާސް މާބަނޑު އަންހެނުންގެ ތެރެއިން އެކަކެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައި އޮތީ ފެނު އަޑީގައެވެ. އެ ކަމުގެ އަސަރު 33 މިލިއަނެއްހާ މީހުންނަށް ކޮށްފައިވާއިރު، ގިނަ ބަޔަކު މިވަގުތު ތިބީ ކޭމްޕުތަކުގައެވެ.

ބޮޑުވެފައިވާ ފެންގަނޑުގެ ތެރެއިން ހޮސްޕިޓަލަށް ދާނެ ގޮތަކާމެދު މާޔޫސްކަން އުފެދިގެން އައި ވަގުތުގެ ވާހަކަ މީޑިއާއާ ހިއްސާކުރަމުން ދިޔައީ، ރުބީނާގެ 1 ދުވަސްވީ ދަރިފުޅު މުޙައްމަދު ޠައްޔިބު، ގަޔާލައި ބޮނޑިކޮށްލައިގެން އިނދެއެވެ.

ޠައްޔިބު އޭނާގެ ހަޔާތުގެ ފުރަތަމަ ދުވަސްވެސް ހޭދަކުރީ ސްކޫލެއްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔަލެއްގައެވެ. އަމިއްލަ ވަޒަނުގެ ރަށްބޭރުގައެވެ. އެއީ މިއަދު ޕާކިސްތާނުގެ އެތައް މިލިއަން ބަޔަކަށް އުޅެން ޖެހިފައިވާ ހާލެވެ.

ރުބީނާގެ ފިރިމީހާ، މުޝްތާޤް މައްލާ ކިޔައިދިންގޮތުގައި، އޭނާގެ އާއިލާއިން އަމިއްލަ ގޭގައި މަޑުކުރުމަށް އެންމެ ފުރަތަމަ ނިންމީ، ދާނެ އިތުރު ތަނެއް ނެތީމައެވެ. ކޭމްޕުޖެހީ އަމިއްލަ ގޭގެ ފުރާޅުމަތީގައެވެ. ރުބީނާގެ ބަނޑުގައި ރިއްސަންފެށީ، ރޭގަނޑު 10 ޖަހަނިކޮށެވެ. އެހާހިސާބުން ބޯޓެއްގައި ހޮސްޕިޓަލަށް ގެންދެވުނީ އަނެއްދުވަހުގެ ހެނދުނުއެވެ.

ރުބީނާ ވިހަން ދިޔަ ޢަބްދުﷲ ޝާހް އިންސްޓިޓިއުޓް ހުންނަނީ އޭނާ ދިރިއުޅެމުން ދިޔަ ގެއާ ގާތްގަނޑަކަށް 15 ކިލޯމީޓަރު ދުރުގައެވެ. ފެންގަނޑު ބޮޑުވެފައި ނެތްނަމަ އެއީ އިންތިހާއަށް ފަސޭހަ ދަތުރެކެވެ.

ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ގައިނަކޮލިޖިސްޓް، ޑރ. ނާއިލާ ޤުރައިޝީ ވިދާޅުވީ، ކައިރި ހިސާބުތަކުން ދުވާލެއްގެ މައްޗަށް 150އެއްހާ މާބަނޑު މީހުން އޯޕީޑީއިން ޚިދުމަތް ހޯދާކަމަށެވެ.

ސެޕްޓެމްބަރު 6 ވަނަ ދުވަހުން ފެށިގެން އެކަނިވެސް، ގެދޮރު ގެއްލިފައިވާ 6 އަންހެނަކު ވަނީ ޢަބްދުﷲ ޝާހް އިންސްޓިޓިއުޓްގައި ވިހާފައެވެ. އަދި އެކަކު ވަނީ ސިޒޭރިއަން ހަދާފައެވެ.

ޢަބްދުﷲ ޝާހް އިންސްޓިޓިއުޓްއަށް ވިހަން ގޮސް އިން އުމުރުން 32 އަހަރުގެ ދިލްޝާދު އަލާހްވަރަޔޯވެސް އެ ހޮސްޕިޓަލަށް ދިޔައީ ބޯޓެއްގައެވެ.

އދ.ގެ އާބާދީއާބެހޭ ޖަމްއިއްޔާ (ޔޫއެންއެފްޕީއޭ)ގެ ރެކޯޑްތަކަށް ބަލާއިރު، ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން އިންސާނީ އެހީ ބޭނުންވެފައިވާ މީހުންގެ ތެރެއިން 138000 މީހުންނަކީ މާބަނޑު މީހުންނެވެ. އަދި އޭގެ ތެރެއިން 40000 މީހުންނަކީ މި ސެޕްޓެމްބަރު މަހު ވިހާނެކަމަށް ބެލެވޭ މީހުންނެވެ. 

ފެންބޮޑުވުމުގެ ހާދިސާގެ ކުރިންވެސް، ވިހެއުމުގެ ތެރޭގައި މައިން މަރުވުމުގެ ނުތަނަވަސްކަމަކީ ޕާކިސްތާނުގައި ބޮޑުވެފައިވާ މައްސަލައެކެވެ.

ޕާކިސްތާނުގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު