Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާނުގަ ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތާނު އެހީއަށް އެދި ސަލާންޖަހަނީ: މާތްﷲ އަށްޓަކައި އަހަރަމެންނަށް އެހީވެދީ!

ޕާކިސްތާނަށް އެހީވުމަށް 160 މިލިއަން ޑޮލަރުގެ އެހީގެ ފަންޑެއް ކަށަވަރު ކުރުމަށް އދއިން ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 06:18
މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ޕާކިސްތާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިންސާނީ ކާރިސާއާ ކުރިމަތިލާން ޖެހިފައި ވަނީ، އިގުތިސޯދީ ގޮތުންވެސް ޤައުމު އިނދަޖެހިފައި ވާ ދަނޑިވަޅެއްގައި

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ޕާކިސްތާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިންސާނީ ކާރިސާއާ ކުރިމަތިލާން ޖެހިފައި ވަނީ، އިގުތިސޯދީ ގޮތުންވެސް ޤައުމު އިނދަޖެހިފައި ވާ ދަނޑިވަޅެއްގައި

ދުނިޔޭގެ އެކި ހިސާބުތަކަށް މިއަދު ކުރިމަތިލާން ޖެހިފައިވާ މޫސުމީ ނޭދެވޭ ބަދަލުތަކުގެ އެންމެ ބޮޑު އެއް އަސްލަކީ ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށް ވާ ކާބަންޑައިއޮކްސައިޑް ބޭރު ކުރާ މިންވަރު އިތުރުވުން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން އިންޒާރު ދެމުން ދާތާ އަހަރުތަކެއް ފާއިތުވެއްޖެއެވެ. ޖައްވު ހޫނު ކުރާ ވިހަ ގޭސް ބޭރު ކުރުމުގެ ބޮޑު ހިއްސާއެއް އޮންނަނީ ކުރިއަރާފައި ވާ ޤައުމުތަކުގައި ކަމަށް ވީ ނަމަވެސް، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖެހި، އުމުރު ދުވަހުގެ މަސައްކަތް ފެނަށް ޣަރަޤުވެދާ މަންޒަރު ބަލަން މަޖުބޫރުވެފައި ވާ އެންމެ ގިނަ ބަޔަކު ދިރިއުޅެނީ މާލީ ތަނަވަސްކަމުގެ ގޮތުން މާ މުއްސަނދި ނޫން ގައުމުތަކުގެ ރަށްވެހިންނަށެވެ.

މި ފަދަ އެއް މިސާލު، މިހާރު ފެންނަމުން އެ ދަނީ އަވަށްޓެރި ޕާކިސްތާނުގެ މަސްރަހުންނެވެ. 1959 ވަނަ އަހަރުން ފެށިގެން ބަލާ ކަމުގައި ވާ ނަމަ، ކާބަންޑައިއޮކްސައިޑް ބޭރު ކުރި ނިސްބަތުން ޕާކިސްތާން ހިއްސާ ކުރަނީ އެންމެ 0.4 ޕަސެންޓްއެވެ. އެމެރިކާއިން 21.5 ޕަސެންޓް، ޗައިނާއިން 16.5 ޕަސެންޓް އަދި ވިލާތުގެ އިއްތިހާދުން 15 ޕަސެންޓްއެވެ. ނަމަވެސް، މިއަދު ޕާކިސްތާނަށް އުފުލަން ޖެހިފައިވާ ތަކުލީފަކީ އެ ނިސްބަތާ އަޅާ ވަޒަން ކުރެވޭ ވަރަށް ވުރެ ބޮޑު ތަކުލީފެކެވެ. މޫސުމީ ގަދަ ވިއްސާރައިގެ ސަބަބުން، ކޯރުތައް ފުރި ބަންޑުންވެ، ފެންބޮޑުވުމުގެ ބިރުވެރި ކާރިސާތައް ހިނގާ، ފާއިތުވެ މިދިޔަ މަދު ހަފުތާ ކޮޅުގެ ތެރޭގައި އެކަނިވެސް ޕާކިސްތާނުން 1000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިއްޖެއެވެ. މިލިއަނަކަށްވުރެ ގިނަ ގެދޮރު ހަލާކުވެފައި ވާ އިރު، އެތައް ލައްކަ ނާމްސޫތްޕެއް މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ތާރީޚު ނުދެކޭފަދަ ގަދަ ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާގެ އަސަރު، 30 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފޯރާފައެވެ.

ޕާކިސްތާނަށް މިއަދު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފުތަކަށް އިޝާރާތް ކުރައްވަމުން އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރުވެސް ވަނީ، މި ކާރިސާއަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާން ޖެހިފައި ވާ، ނުބައްދަލު އިންސާނީ ކާރިސާއެއް ކަމަށް ސިފަ ކުރައްވާފައެވެ.

ވެހެމުން ދިޔަ ވާރޭގެ ތެރެއިން ކޯރުގެ ފެންގަނޑު ފުރި، ރަށު ތެރެއަށް ބަންޑުވެ، ބާރު އޮޔާއެކު ރަށު ތެރެއަށް އަރާ، އެ މަގުގައި ހުރި ހުރިހާ އެއްޗެއް ދޮވެލާ މަންޒަރު ބަލާލި ކޮންމެ މީހެއްގެ ހިތަށްވެސް ބިރުވެރިކަން ވައްދައެވެ. މިއީ ޕާކިސްތާނުގެ ގިނަ ރައްޔިތުންވެސް ތައްޔާރުވެ ތިބި ހާލަތެއް ނޫނެވެ.

މޫސުމީ ނޭދެވޭ ބަދަލުތަކާއެކު ޕާކިސްތާނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އިންސާނީ ކާރިސާއާ ކުރިމަތިލާން ޖެހިފައި ވަނީ، އިގުތިސޯދީ ގޮތުންވެސް ޤައުމު އިނދަޖެހިފައި ވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރަން ޖެހެއެވެ. ޕާކިސްތާނުން މިހާރު ދަނީ އެހީއަށް އެދި ބައިނަލްއަގުވާމީ މުޖުތަމައުގައި ސަލާން ޖަހަމުންނެވެ.

ޕާކިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކާ އދއިން ވެސް ވަނީ އެހީގެ ފަންޑެއް ހުޅުވާފައެވެ. 160 މިލިއަން ޑޮލަރުގެ އެހީގެ ފަންޑެއް ކަށަވަރު ކުރުމަށް އދއިން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައި ވާ އިރު، އެ ފައިސާގެ އެހީގައި 5.2 މިލިއަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި، ފެނާއި ނަރުދަމާގެ އެހީތެރިކަމުގެ އިތުރުން ތައުލީމާއި ސިއްހީ ދާއިރާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު