Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ކާރިސާ

ޕާކިސްތާނު ވިއްސާރަ: ފެންގަނޑު ހިނދުނުއިރު ބޯ ކިސަޑުން ސަލާމަތްނުވެވި ތާށިވެފައި!

ސެޕްޓެމްބަރު މަހު ޕާކިސްތާނަށް އަދިވެސް ގަދައަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ކާރިސާތަކާ ކުރިމަތިލާންޖެހޭނެކަމަށް މޫސުމާބެހޭ އޮފިޝަލުން ވަނީ ލަފާކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 09:24
މޫސުމީ ގަދަ ވިއްސާރައިގެ އިތުރުން، އުތުރުގެ ފަރުބަދަމަތީ ސަރަހައްދުގެ ގަނޑުފެނުގެ ކޯރުތައް ވިރުމުގެ ސަބަބުން ކުރިމަތިވި ކާރިސާގައި އެތައް ބަޔަކު ވަނީ މަރުވެފައި

މޫސުމީ ގަދަ ވިއްސާރައިގެ އިތުރުން، އުތުރުގެ ފަރުބަދަމަތީ ސަރަހައްދުގެ ގަނޑުފެނުގެ ކޯރުތައް ވިރުމުގެ ސަބަބުން ކުރިމަތިވި ކާރިސާގައި އެތައް ބަޔަކު ވަނީ މަރުވެފައި

މޫސުމީ ވިއްސާރައާއެކު ޕާކިސްތާނުގެ 3 ބައިކުޅަ 1 ބައި ޣަރަޤުވިއެވެ. ބޮޑުވި ފެންގަނޑުން ލިބުނު ގެއްލުންތަކުގެ ހަގީގީ ކުލަވަރު އަދި ކިރިޔާ ފެންނަން ފެށީއެވެ. ބައެއް ސަރަހައްދުތަކުން ހިސާބަކަށް ފެންގަނޑު ހިނދެންފެށުމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ދުވަހެއް އަދި ބުނާކަށް ނޭނގެއެވެ. ބޮޑުވި ފެންގަނޑު ހިނދެންފެށިއިރު، މިއަދު އުޅެން ޖެހިފައިވަނީ ބޯ ކިސަޑުގަނޑުތަކުގެ ތެރޭގައެވެ.

ޚައިބަރު ޕަޚްތުންޚްވާގެ ޖަނިކޫރު އަވަށުގެ ރަށްވެހިންނަކީ، މި ފަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލީ ބައެކެވެ.

ހުސް ބިންތަކާއި މަގުތައް މިއަދު ފުރިފައި އޮތީ ކިސަޑުންނެވެ. ފެންގަނޑެއްގެ ތެރޭގައި އުޅުމަށްފަހު، ބޯވެފައިވާ ޗަކަ ކިސަޑުގަނޑުގެ ތެރޭގައި އުޅުމަކީ މާ އުނދަގޫ ކަމެކެވެ. ނުތާހިރުކަންވެސް އިންތިހާއަށް އިހުސާސްކުރުވާކަމެކެވެ.

ތާރީޚު ނުދެކޭފަދަ މޫސުމީ ގަދަ ވިއްސާރައިގެ އިތުރުން، އުތުރުގެ ފަރުބަދަމަތީ ސަރަހައްދުގެ ގަނޑުފެނުގެ ކޯރުތައް ނުވަތަ ގްލޭޝިއަރތައް ވިރުމުގެ ސަބަބުން ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހިތާމަވެރި ކާރިސާގައި މަރުވި މީހުންގެ އަދަދު 1200ށްވުރެ މައްޗަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި 416 ކުޑަކުދިންވެސް ހިމެނޭކަމަށް، ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.

ޕާކިސްތާނަށް މިއަދު ކުރިމަތިލާންޖެހިފައިވާ ކާރިސާގެ އަސްލަކީ މޫސުމީ ނޭދެވޭ ބަދަލުތައްކަމަށް ގިނަ ބަޔަކު އިއްތިފާގުވާއިރު، ޕާކިސްތާނަކީ މޫސުމީ ނޭދެވޭ ބަދަލުތަކަށް މަގުފަހިކުރާ އެންމެ މައިގަނޑު އެއް މަސްދަރު ކަމަށްވާ، ޖައްވު ހޫނުކުރާ ވިހަ ގޭސް ބޭރުކުރާ ގައުމުތަކުގެ ލިސްޓުގައި މާ ބޮޑު ހިއްސާއެއް އޮންނަ ގައުމެއް ނޫންކަން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. ނަމަވެސް، މިއަދު ޕާކިސްތާނަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ހަގީގީ ތަކުލީފު ތަސްވީރުކޮށްދޭ "ގްރައުންޑް ޒީރޯ"ކަމަށް ޕާކިސްތާނުން ދަނީ ސިފަ ކުރަމުންނެވެ.

މި ހާލަތުގައިވެސް ޕާކިސްތާނުގެ ރައްޔިތުން، އެމީހުންގެ އީމާންތެރިކަމަށް ކުޑަނަމަވެސް ހީނަރުކަމެއް އަޔަކު ނުދެއެވެ. ބޮޑުވެފައި ވާ ކިސަޑު ފެންގަނޑު ހުރަސްކޮށް، ހުކުރު ދުވަހުގެ އެންމެ ޚާއްސަ އަޅުކަން އަދާކުރުމަށްޓަކައި، ހުކުރު ނަމާދުގެ ޖަމާއަތަށް ދިޔަ މީހުންގެ އަދަދުވެސް މަދެއްނޫނެވެ.

މި ފެށުނު ސެޕްޓެމްބަރ މަހަކީ ޕާކިސްތާނަށް އަދިވެސް ގަދައަށް ވިއްސާރަކޮށް، ފެންބޮޑުވުމުގެ ހާދިސާތަކާ ކުރިމަތިލާންޖެހޭނެ ދުވަސްތަކެއްކަމަށް، މޫސުމާބެހޭ އޮފިޝަލުން ވަނީ ލަފާކުރައްވާފައެވެ. ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތައް މިހާރު ހުށިޔާރުވެ އޮތީ އިންޑަސް ކޯރުގެ ފެންގަނޑު ފުރި ބަންޑުންވެގެން ހިނގައިދާނެ ވަގުތަކަށެވެ.

ޕާކިސްތާނުގައި ފެންބޮޑުވުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު