Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫ

އެމްއެންޔޫއަށް 49 އަހަރު ފުރުން ފާހަގަކޮށްފި

1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 17:03

މި ހަރަކާތްތަކުގައި އެމް.އެން.ޔޫ.ގެ 400 ވަރަކަށް ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 17:03
އެމް.އެން.ޔޫ.އަށް 49 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

އެމް.އެން.ޔޫ.އަށް 49 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އަށް 49 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

އެމް.އެން.ޔޫ އަށް 49 އަހަރު ފުރުމަށް ބުރާސްފަތި ދުވަހު ޚާއްސަ ހަރަކާތެއް ވަނީ ބާއްވާފައެވެ. މިގޮތުން ކުޅިވަރުގެ އެކި ހަރަކާތްތަކާއި ހިނގާލުމެއް ވެސް ވަނީ ބާއްވާފައެވެ. މި ހަރަކާތްތަކުގައި އެމް.އެން.ޔޫ ގެ 400 ވަރަކަށް ދަރިވަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

އެމް.އެން.ޔޫ އަށް މި އަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "އެމްއެންޔޫ އެކުގައި ކުރިއަށް" މި ޝިޔާރެވެ. ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ މިފަދަ ހަރަކާތެއް ބޭއްވުމުގެ މަޤްސަދަކީ ކުރިއަށް އޮތް ޖުބްލީ އަހަރަށް ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވެގެން ހަރަކާތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.

މީގެ އިތުރުން ޔުނިވަރސިޓީގައި ވަރަށް އެކުވެރި މާހައުލެއް ޤާއިމުކޮށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ބާރު އަޅުއްވާ ކަމަށާއި މިއަހަރު ތެރޭގައި ޔުނިވަރސިޓީ ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއީ ކަމިޔާބު އިވެންޓެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޑރ. މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން އެމް.އެން.ޔޫ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ  މިފަދަ ހަރަކާތްތައް ހިންގުމަށް މުވައްޒަފުންނާއި ދަރިވަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އަދި އެމް.އެން.ޔޫ އިން ގްރެޖުއޭޓްވެގެން ނިކުންނަ ދަރިވަރުންނަކީ ޤައުމު ބިނާ ކުރުމަށް އިސް ސަފުގައި ހަރަކާތްތެރިވާނެ ބަޔަކަށްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމް.އެން.ޔޫ އިން ވަނީ ބުރާސްފަތި ދުވަހު ހެނދުނު ކޭކު ފެޅުމުގެ ބައްދަލް ވުމެއް ވެސް ބާއްވާފައެވެ. މި ހަރަކާތުގެ ތެރެއިން އެމް.އެން.ޔޫ ވެބްސައިޓް އަޕްގްރޭޑް ކުރުމަށްފަހު ވަނީ ލޯންޗުކޮށްފައެވެ.

އެމް.އެން.ޔޫ ގައި މިހާރު ގާތްގަނޑަކަށް 5،000 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާއިރު އަތޮޅު ތެރޭގައި އެމް.އެން.ޔޫ ގެ ހަތަރު ކެމްޕަސް ވަނީ ޤާއިމުކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް