Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެސްޓުގެ މައްޗަށް ކުރާ ދައުވާ

ޑްރަގް ޓްރެފިކިންގ: ޕެސްޓާއި އިތުރު ބަޔަކަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފި

31 އޯގަސްޓު 2022 | ބުދަ 05:24

ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 އޯގަސްޓު 2022 | ބުދަ 05:24
ޕެސްޓް ހިމެނޭހެން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ހުށައެޅި

ޕެސްޓް ހިމެނޭހެން ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ހުށައެޅި

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޏ. ފުވައްމުލައް-ދިގުވާނޑު، ނައި، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އިސްމާއިލް އިފްހާމް މުޙައްމަދުގެ އިތުރުން، މުހައްމަދު ސުއައިދުއާއި، އަހުމަދު ޝައްމޫނުއާއި، އަހުމަދު ހުޝާމްގެ މައްޗަށް މި މައްސަލައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާ ގުޅޭ ދައުވާތައް ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މި އަޑުއެހުމަށް އަހުމަދު ހުޝާމް ހާޒިރުކުރެވިފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ޝަރީއަތް ފެށުމުގެ ގޮތުން ދައުލަތުންނާއި ދިފާއުން ވަނީ އެންމެ ފުރަތަމަ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

އެކި ދުވަސްމަތިން ޕެސްޓުގެ އެކައުންޓުން މި މައްސަލައިގައި ހިމެނޭ ސުއައިދުގެ އެކައުންޓަށް ދެލައްކައަށްވުރެ ގިނަ ރުފިޔާ ފޮނުވާފައިވާ ކަމަށާއި، ސުއައިދުގެ އެކައުންޓުންވެސް ފައިސާ ފޮނުވާފައިވާއިރު، އެ ފައިސާ ހޯދި ގޮތް އެ ފަރާތްތަކަށް ބުނެދެވިފައިނުވާކަމަށް ދައުލަތުން އިފްތިތާޙީ ބަޔާން އިއްވަމުން ބުނެފައިވެއެވެ.

ދައުލަތުން ތުހުމަތު ކުރާ ގޮތުގައި 13 ފެބްރުއަރީ 2021 ގައި ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތި މއ. ވީމާގޭގައާއި، ގ.ރިހިއަވިގޭގެ އިތުރުން މައްސަލާގައި ދައުވާލިބޭ މީހުންނާ ގުޅުންހުރި ތަންތަނުގައި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރި ވަނީ ކޮށްފައެވެ.

ޕެސްޓުގެ ފަރާތުން އިފްތިތާޙީ ބަޔާން އިއްވަމުން ބުނެފައިވަނީ މަސްތުވާތަކެތި ފެނުނުކަމަށް ބުނާ ގެތަކަކީ އޭނާއާ ގުޅުންހުރި ގެތަކެއް ނޫން ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ ފައިސާގެ ތަފްސީލުވެސް ބުނެދީފައިވާނެކަމަށް ދިފާއުން ފާހަގަ ކުރެއެވެ.

މުޙައްމަދު ސުއައިދުގެ ފަރާތުންވެސް ވަނީ އޭނާގެ މައްޗަށް ކުރާ 4 ދައުވާއަށްވެސް އިންކާރު ކޮށްފައެވެ. އޭނާގެ ފަރާތުން ވަނީ އެކަން ސާބިތު ކުރުމަށް ދިފާއީ ހެކި ހުށައަޅާފައެވެ.

އަހުމަދު ޝަމްއޫނުގެ ފަރާތުންވެސް ވަނީ އޭނާ ދައުވާއަށް އިންކާރުކުރާކަން ފާހަގަކޮށްފައެވެ. ދައުލަތުން ދައުވާ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ހިމެނެނީ އެހެން ފަރާތްތަކެއްގެ އަމަލުތަކެއް ކަމަށާއި، އޭނާއަށް ދައުވާ ކޮށްފައިވަނީ އެ އަމަލުތަކުގެ ތެރެއިން ކުށް ކޮށްގެން އޭނާވެސް ފައިސާ ހޯދިކަމަށް ބުނެކަން ދިފާއުން ފާހަގަ ކުރެއެވެ. އެގޮތުން އޭނާއަށް ދައުވާކޮށްފައިވަނީ އޭނާގެ އެކައުންޓުގައި ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ދައުުރުކޮށްފައިވާކަމަށް ބުނެއެވެ.

ދިފާއުން ވަނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތު ކޮށްދިނުމަކީ ދައުލަތުގެ ބުރައެއް ކަމަށާއި، އެހެންނަމަވެސް އެ ފައިސާގެ ތަފްސީލު އޭނާގެ ފަރާތުން ސާފު ކޮށްދެވޭނެ ކަމަށެވެ. ދައުލަތުން ކޮށްފައިވަނީ އަސާސެއް ނެތް ދައުވާތަކެއްކަަމަށް ޝަމްއޫނުގެ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ދެން ކުރިއަށްދިޔައީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ. މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ އަޑުއެހުމަށް ހާޒިރު ކުރެވިފައިވަނީ ހަމައެކަނި ޕެސްޓާއި ދެކޮޅަށް ދައުލަތުން ހުށައަޅާފައިވާ ހެކިންތަކެކެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް