Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ވައުދުނުފުއްދާ ވާހަކާގައި މެމްބަރު ތޯރިގު ގުދޯގުދޯ ވިދާޅުވަނީއެވެ.

30 އޯގަސްޓު 2022 | އަންގާރަ 12:19

މެމްބަރު ތޯރިގު، ދާއިރާގެ މެމްބަރުންނަށްވީ ވައުދު ނުފުއްދާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 30 އޯގަސްޓު 2022 | އަންގާރަ 12:19
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު

ކޮންމެ އިންތިޚާބެއް ބޯމަތިވުމާއެކުވެސް ރައްޔިތުންނަށް އެތަކެއް ބައިވަރު ހުވަފެންތަކެއް ފެނެއެވެ. ނިދާފައި ތިބޭއިރު އެކަންޏެއް ނޫނެވެ. ވަކިން ޚާއްސަކޮށް ހޭލައި ތިބޭ ވަގުތުގައެވެ. ރަށްރަށުގެ ބަނދަރު ހަދައިދިނުމަށާއި، ފުޓްބޯޅަ ދަނޑުތައް ތަރައްގީކޮށްދިނުންފަދަ ފޮނި އެތައް ހުވަފެންތައް ކެންޑިޑޭޓުން ރައްޔިތުންނަށް ދައްކައެވެ. ނަމަވެސް މަގާމަށް އިންތިޚާބުވެ، ދައުރު ނިމިގެންދާއިރުވެސް މި ވައުދުތައް ނުފުއްދޭ ވާހަކައަކީ އަބަދުވެސް އަހާ ވާހަކައެކެވެ. ޚާއްސަކޮށް އިންތިޚާބުތައް ބޯމަތިވާއިރު މިފަދަ ވާހަކަ ދެކެވޭ އަޑު ގަދަވެއެވެ. މިފަހަރުވެސް މިއޮތީ މިފަދަ ވާހަކައެކެވެ.

ދާދި ފަހުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމްއާ ސުވާލުކުރުން މަޖިލީހުގައި އޮތެވެ. އެދުވަހުގެ ޖަލްސާގައި، ހާލަކުން ފަހަރަކު ނޫނީ މަޖިލީހުގެ ޖަލްސާއަކުން ނުފެންނަ މެމްބަރަކުވެސް މިނިސްޓަރަށް ސުވާލުދެންނެވިއެވެ. މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެދުވަހުގެ ޖަލްސާގައި ވަނީ، ކުނބުރުދޫގެ ބިން ހިއްކުމާ ގުޅޭގޮތުން މިނިސްޓަރަށް ސުވާލުދަންނަވާފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެމަސައްކަތް ކުރުމަށް ހިމަނާފައިނުވާއިރު، މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ކުރެއްވޭނެތޯވެސް މެމްބަރު ސުވާލުކުރެއްވިއެވެ. މި ސުވާލުގެ ޖަވާބުގައި މިނިސްޓަރުވަނީ، މެމްބަރާ ސަރުކާރާ ގުޅިގެން މި މަސައްކަތް ބަޖެޓުގައި ހިމެނުއްވުމަށް ބާރުއަޅުއްވާފައެވެ.

ނަމަވެސް މިއީ މެމްބަރު އެހާ ހިތްޕުޅާވި ޖަވާބަކަށް ނުވުމުން، މިނިސްޓަރުގެ ޖަވާބާ ގުޅިގެން މެމްބަރު ކުރެއްވި ސުވާލުގައި ވަނީ، ކުނބުރުދޫއާއި މަހިބަދޫގެ ބިން ހިއްކުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަން މިނިސްޓަރަށް އެނގިވަޑައިގަންނަވާތޯ ދަންނަވާފައެވެ. އަދި ވައުދު ނުފުއްދުމާ ގުޅޭގޮތުން ވަރަށް ގިނަ ގޮތްގޮތަށް މިނިސްޓަރަށް ސުވާލުދެންނެވިއެވެ. މީގެ އިތުރުން ދާއިރާއަށްޓަކައި މެމްބަރުކޮށްދެއްވާ މަސައްކަތް ދެއްކެވުމަށްޓަކައި ސޯޝަލްމީޑިއާގައިވެސް މި ވީޑިއޯ ހިއްސާކުރެއްވިއެވެ.

ވައުދު ނުފުއްދުމުގެ ވާހަކަދައްކައި މެމްބަރު ތޯރިގު އެދުވަހުގެ ޖަލްސާގައި ދެއްކެވިއިރު، މެމްބަރުގެ "ފަތިފުށް" ބަލައިލުންވެސް ރަނގަޅެވެ. މެމްބަރު ފާހަގަކުރެއްވި، ކުނބުރުދޫގެ ރައްޔިތުންނަށް މެމްބަރު ތޯރިގުވެސް ވަނީ ވައުދުތަކެއް ވެވަޑައިގެންފައެވެ. ކުނބުރުދޫގެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވެއެވެ. އެރަށުގެ ފުޓްބޯޅަ ދަނޑު ހައްދަވައިދެއްވާނެކަމަށް މެމްބަރު ވަނީ އެންމެ ފަހުން އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައެވެ. މަގާމަށް ހޮވުމުންވެސް މެމްބަރު ވިދާޅުވަމުން ގެންދެވީ ހަމަ އެފަދައިންނެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސަރުކާރުން އެކަން ކޮށްނުދީފިނަމަ މެމްބަރު އެކަން ކޮށްދެއްވާނެކަމުގެ ވައުދުވެސްވެވަޑައިގަތެވެ.

ކުނބުރުދޫގެ ދަނޑު ނިންމަވާނެކަމަށް މެމްބަރު ވިދާޅުވި ތާރީޚު ފަހަނައަޅައި ހިނގައްޖެއެވެ. ދެތިން މަހެއް ނޫނެވެ. ދެ އަހަރުދުވަސް ވެއްޖެއެވެ. ނަމަވެސް އެދަނޑުގައި އަދިވެސް އޮތީ ޓާފު ނާޅައެވެ. އެ ރަށުގެ ޒުވާނުން ބުނީ ދަނޑުގެ އަޕްޑޭޓް ހޯދުމަށް ގުޅުމުން މެމްބަރު ފޯނުވެސް ނުނަންގަވާކަމަށެވެ.

މި ހުރިހާ ކަމެއް މިހެން ހުއްޓައި ވައުދު ނުފުއްދާ ވާހަކަ މެމްބަރު ދެއްކެވުމުން ކުނބުރުދޫ ޒުވާނުން އަންނަނީ މެމްބަރުގެ ވައުދުފުޅުތައް ފުއްދެވުމަށް ގޮވާލަމުންނެވެ. އަދި ވައުދު ނުފުއްދާ ވާހަކައިގައި މެމްބަރު "ގުދޯގުދޯ" ވިދާޅުވާކަމަށް ބުނާ ދާއިރާގެ ރައްޔިތުންވެސް މިހާރު މަދެއް ނޫނެވެ. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިނިސްޓަރާ މެމްބަރު ސުވާލުކުރެއްވީވެސް މިއަންނަ އަހަރު އޮންނަ އިންތިޚާބަށް މެމްބަރު ނިސްބަތްވާ ޕާޓީއަށް ވޯޓު ހޯއްދެވުމަށެވެ. ސަރުކާރާމެދު ދާއިރާގެ ރައްޔިތުންގެ ހިތުގައި ހަސަދަވެރިކަން އުފެއްދެވުމަށެވެ.

އަޙްމަދު ޠާރިޤްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖުލައި 2024

މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ކުރަންހުރި މަސައްކަތް އަދިވެސް މަދެއްނޫން - ޓޮމް

24 ޖުލައި 2024
މޫލާފައިވާ ވަކިތަކުން ފުޓްބޯޅަ ސަލާމަތް ކުރަން ކުރަންހުރި މަސައްކަތް އަދިވެސް މަދެއްނޫން - ޓޮމް
18 މާރިޗު 2024

އެފްއޭއެމްގައި އޮތީ މުޅިން ވެސް ފޮރުވުން! ކީއްވެ؟

18 މާރިޗު 2024
އެފްއޭއެމްގައި އޮތީ މުޅިން ވެސް ފޮރުވުން! ކީއްވެ؟
30 އޯގަސްޓު 2023

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް
29 އޯގަސްޓު 2023

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް
08 އޯގަސްޓު 2023

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް
27 ޖޫން 2023

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި
26 ޖޫން 2023

ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

26 ޖޫން 2023
ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް
26 ޖޫން 2023

ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"

26 ޖޫން 2023
ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"
27 މެއި 2023

މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް

27 މެއި 2023
މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް
27 މެއި 2023

ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް

27 މެއި 2023
ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް