Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެފްއޭއެމް އިންތިހާބު

އެފްއޭއެމްގައި އޮތީ މުޅިން ވެސް ފޮރުވުން! ކީއްވެ؟

އިންތިހާބުގެ އެއްވެސް މައުލޫމާތެއް އެފްއޭއެމުން ހާމަނުކުރަނީ ކީއްވެ؟

ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 07:57
މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަޙުމަދު ޠާރިޤު (ޓޮމް) އަދި މިހާރުގެ ރައީސް ބައްސާމް އަދީލއ ޖަލީލް

މީގެ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރެއްވި އަޙުމަދު ޠާރިޤު (ޓޮމް) އަދި މިހާރުގެ ރައީސް ބައްސާމް އަދީލއ ޖަލީލް

ޝާހު އިސްމާއީލް ނުވަތަ ސާޔާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި އަގުހުރި ބްރޭންޑެކެވެ. ގައުމީ ޓީމުގެ ކުރީގެ ކެޕްޓަނެވެ. އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަނެވެ. ހުސްވި ހަފުތާގައި ފޭސްބުކްގައި ލިޔުއްވަމުން ޝާހު މިހާރުގެ އެފްއޭއެމްގެ އަމަލުތައް ސިފަކުރީ ސޭކުސްތާނުގައި ކަންތައްތައް ކުރާ ފަދަ ބައެއްގެ ގޮތުގަ އެވެ. އޭނާގެ މިފަދައިން ވިދާޅުވީ ކުލަބެއްގެ އެތެރޭގެ މައްސަލައެއްގައި، އެފްއޭއެމަށް ނެތް ބާރެއްގެ ބޭނުންކޮށް، ނުވެސް ބެހޭ ކަމެއްގައި ޑިސިޕްލިނަރީ ކޮމިޓީ މެދުވެރިކޮށް އެފްއޭއެމުގެ އިންތިހާބުގައި ވަކިގޮތަކަށް އަމަލުކޮށްފާނެ ކަމަށް ދެކިގެން ވެލެންސިއާ ސަސްޕެންޑްކުރުމާ ގުޅިގެންނެވެ.

އެއަށްފަހު ދެން ކުރިމަތިވީ ވެސް ޝާހު ފަދަ ތަންދޮރު ދަންނަ، ފުޓްބޯޅައިގެ ކަންކަމުގައި ފާޑުކިޔަން ކެރޭ ބޭފުޅުންގެ ފާޑުކިއުން އަތުވެދާނެ ކަމެކެވެ.

ކަމިޝަނަރ އޮފް ސްޕޯޓްސް އިންތިހާބު މަޑުޖައްސާލަން އެނެގުމުން ބޯނުލެނބީ އެވެ. ގަދަ ދައްކާފައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ފެށީ "އަހަރުމެން ކުރާނީ އަހަރުމެން ބޭނުންވާ ކަމެއް،" މިހެން ބުނާ ފަދައިންނެވެ. އެ އިންތިހާބު ފީފާއިން ކެންސަލް ކުރުމުން ދެން އިއުލާނުކުރި އިންތިހާބުގައި ވެސް ކަންކުރަމުންދަނީ ހަމަ އެބީދައިންނެވެ.

އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ބާއްވަން އިއުލާނުކުރި އިންތިހާބަށް ކުރިމަތިލުމުގެ ފަހު ދުވަހަކީ މިދިޔަ ހޮނިހިރު ދުވަހެވެ. އެކަމަކު ވަގުތު ހަމަވިތާ 48 ގަޑިއިރުވިއިރު ވެސް އިންތިހާބުގެ މައުލޫމާތު އެފްއޭއެމުން ރަސްމީކޮށް އިއުލާނު ނުކުރެ އެވެ. ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވަކިވަކިން ނޫސްވެރިން ގާތުގައި ވިދާޅުވަމުންދަނީ އިންތިހާބަށް ކުރިމަތި ފަރާތްތައް ކުރިމަތިލީ ކިތައް ކެނޑިޑޭޓުންކަން ބުނެވޭނީ ފަހުން ކަމަށެވެ. އެކަމަކު ކެންޑިޑެސީ ފޯމު ސެޓް ބަލައިގަނެފައިވަނީ ކިތައް މީހުންގެ ތޯ ބުނަން 48 ވާންޖެހޭ ހެއްޔެވެ؟ ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސްކަމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރު ހާމަ ކުރަންޖެހޭނެ އެވެ. ރައީސްކަމަށް ކުރިމަތިލާ މީހުންނާއި އެކްސްކޯ މެމްބަރުންނަކީ ކޮބައިކަން ބެސް ބުނެދޭންޖެހޭނެ އެވެ. އެފްއޭއެމުން ހާމަނުކުރިއަސް ތިމަންނަ ކުރިމަތިލާނަމަ އެކަމާއި އެކްސްކޯ ހާމަކުރުމަކީ ކޮންމެ ކެންޑިޑޭޓެއްގެ ވެސް ޒިންމާއެކެވެ. ރާއްޖޭގެ ފުޓްބޯޅަ ހިންގަން ކުރިމަތިލާ މީހެއްގެ ކިބައިން ފެންނަންޖެހޭ ޓްރާންސްޕޭރަންސީގެ އަސާސީ ސިފައެކެވެ.

އެފްއޭއެމުގެ ރައީސް ކަމަށް ކުރިމަތިލެއްވިކަން މީޑިއާގައި އިއުލާނުކުރީ ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. ދެން ކުރިމަތިލާނެ ކަމަށް ބެލެވިފައި އޮތީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ނުވަތަ އޭނާ އެންޑޯޒް ކުރައްވާ ފަރާތެކެވެ. އެކަމަކު މިއިން އެއްވެސް ކަމެއްގެ މައުލޫމާތު އެފްއޭއެމާއި ކެންޑިޑޭޓުންގެ ފަރާތުން ވެސް އިއުލާނުކޮށްފައި ނުވާތީވެ، އިންތިހާބުގެ ނިޔަތާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބެ އެވެ. ސަބަބަކީ 2016 ވަނަ އަހަރު ބޭއްވި އެފްއޭއެމުގެ އިންތިހާބުގައި ވެސް މިފަދަ ގޮތަކަށް މައުލޫމާތު ހާމަނުކޮށް، މުއްދަތު ހަމަވިފަހުން ބޭނުންހާ ގޮތަކަށް ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު އޮތުމެވެ.

އެފްއޭއެމުން އިންތިހާބާ ބެހޭ މައުލޫމާތު އާއްމުނުކޮށް ފަސް ކުރުމަކީ، މިކަން ކަމާ ބެހޭ ފަރާތްތަކުން ބަލަންޖެހޭ ކަމެކެވެ. މެމްބަރު ކުލަބުތަކަށް މިކަމާ ސުވާލު ކުރެވޭނެ އެވެ. ކަމިޝަނަރ އޮފް ސްޕޯޓްސް އާއި ނޭޝަނަލް ސްޕޯޓްސް ކައުންސިލަށް މިކަމާ ސުވާލު ކުރެވޭނެ އެވެ. މައުލޫމާތު ހޯދެން ވާނެ އެވެ. ސަބަބަކީ އިންތިހާބެއްގެ ކެންޑިޑެސީ މުއްދަތު ހަމަވުމުން އެކަމުގެ ސައްހަ މައުލޫމާތު ކަމާގުޅުންހުރި އިދާރާތަކަށް ދޭންޖެހޭނެތީ އެވެ. އެއީ އެފްއޭއެމުން އިސްނަގައި ކުރަންޖެހޭ ކަމެކެވެ. އަދި އެއީ ގުޅުންހުރި އިދާރާތަކުން ވެސް ހޯދައި ބަލަހައްޓަންޖެހޭ މައުލޫމާތެވެ. އެމީހުން ނުކުރީމާ ދެން އަހަރުމެން ކުރާނެ ކަމެއްނެތޭ ކިޔާފައި ސްޕޯޓްސް މިނިސްޓްރީން އަތްއުރާލަައިފި ނަމަ އެހެދޭ ގޯހުން މިނިސްޓްރީ އާއި ކަމިޝަނުގެ ބޭނުން ކެނޑިދާނީ އިސާހިތަކު އެވެ. ފުޓްބޯޅަ އޮތީ ވަރަށް ބޮޑަށް ގޯސްކޮށްކަމަށް، ޚުދު ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވުމުން އެއީ އާދައިގެ ވާހަކައެއް ކަމަށް ބަލައިގަތުމުގެ ފުރުސަތެއް މިނިސްޓްރީ އަށް ވެސް ނޯންނާނެ އެވެ.

މާޒީން ފެންނަން އޮތީ އެފްއޭއެމުގައި މައުލޫމާތު ފޮރުވުމުގެ ސަގާފަތް އޮތްކަމެވެ. ބޭނުންވެއްޖެ ކަމެއްގައި ނޫސްވެރިންނާއި އެމީހުން ގުޅުންހުރި ފަރާތްތަކުގައި އާދޭސް ކޮށްގެން އެފްއޭއެމުން ބޭނުންވާހާ ގޮތަކަށް މައުލޫމާތު ފަތުރަން ގަދަބާރުން ވެސް މަސައްކަތް ކުރިތަނެވެ.

މިދިޔަ ޖެނުއަރީ މަހު ބާއްވަން އުޅެ، ފީފާއިން ކެންސަލްކުރި އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލި ދެ ކެންޑިޑޭޓުން ވެސް އެމީހުންގެ އެކްސްކޯ އިއުލާނުކުރި އެވެ. މިހެންވެ މިފަހަރު މިކަން ނުކުރީ އެފްއޭއެމުގެ އެތެރެއާ ގުޅުން ހުރި މީހަކު ކުރިމަތިލުމުންތޯ ވެސް ސުވާލު އުފެދެ އެވެ. އެކަމަކު ފުޓްބޯޅަ އަކީ ރާއްޖޭގެ އެއްވަނަ އަދި އެންމެ ގިނަ ބަޔަކު ޝާމިލްވާ ކުޅިވަރަށްވާއިރު އެފްއޭއެމުގެ ރައީސަކީ، ތެދު ނިޔަތަކައިގެން، އެންމެ ދަތި ވަގުތުގައި ވެސް ކުރިމަތިލައި ކަންކަން އޮޅުންފިލުވައިދިނުމުގެ ގާބިލްކަން ހުންނަންޖެހޭ މީހަކަށްވާންޖެހެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވެސް އެތަނުގެ އިންތިހާބަށް ކުރިމަތިލި ފަރާތްތައް އިއުލާނުކުރެ އެވެ. މައުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދެ އެވެ. އެކަމަކު ހޭލުންތެރިކަން ބޮޑު، މައުލޫމާތުގެ ރަންޒަމާނެއްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ އިދާރާ ފެންނަނީ މައުލޫމާތުގައި އަތްއަޅައިގެން ތިބޭތަނެވެ. ކަންކަން ފޮރުވައި، ހިތްނޭދޭ މީހާއަށް ލަނޑުދިނުމަށް މައުލޫމާތު ފޮރުވައިގެން ތިބުމުގެ ނުބައި އާދަ ކުރިއަށް ނެރޭތަނެވެ.

ޝާހު އިސްމާއީލަށް އެފްއޭއެމުގެ މިހާރުގެ މެނޭޖްމަންޓުން އެތަނުގައި މަސައްކަތް ކުރަން ފުރުސަތު ދިނެވެ. އެކަމަކު ގަދަކަމުން ހިތްވަރުކޮށްފައި، ހޭދަކުރި ދެ އަހަރަށްފަހު އޭނާ އެތަނުން ވަކިވީ، ހިންގަންތިބި ފަރާތްތަކުގެ އިހްލާސްތެރިކަން ނެތުމުންނެވެ. ކަންކަމުގެ ތެދު މައުލޫމާތު ނުދިނުމާއި، ހީލަތްތެރި ރޭވުންތަކުގައި ޖެހި، "އެނގިހުރެ" ބައިކޮޅަށް ގޯލުޖަހަން މަޖުބޫރުވުމުންނެވެ. އޭނާގެ ބަހުންނަމަ އެފްއޭއެމް އޮތީ ހަމައިން ނެއްޓިފަ އެވެ. އެތަން ހަމަމަގަށް ދެން އެޅުވޭނީ ފޮރުވަމުންދާ، އަދި ފޮރުވާފައިހުރި ހުރިހާ ހަޑިއެއް ސާފުކޮށް ދޮވެލައިގެންނެވެ. މިނިވަން ޓްރާންސްޕޭރަންޓް އިންތިހާބަކާއެކު ހިންގަން ފަށައިގެންނެވެ. އެކަމަކު ފެންނަމުންދަނީ ކަމާގުޅުންހުރި އިދާރާތަކުގެ އަވަސް ހަރަކާތެއް ނެތުމުން އިހުއޮތްގޮތަށް އަނެއްކާ ވެސް ކަންކަން ތަރުތީބުވަމުންދާތަނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްއަޙްމަދު ޠާރިޤްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު