Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޯޗުގަލްގެ ޖަންގަލީގައި ރޯވުން

ޕޯޗުގަލްގެ ޖަންގަލިތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައިފި

އަލިފާން ކޮންޓްރޯލް ކުރުމަށް ހޮނިހިރު ދުވަހު ވަނީ 1،700 އެއްހާ ފަޔަރފައިޓަރުންނާއި 160 ވެހިކަލެއް ނެރެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޖޫން 2017 | އާދީއްތަ 07:19
މަރުވި މީހުންގެ އަދަދު 43 އަށް އަރައި 59އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ ސަރުކާރުން ބުނޭ

މަރުވި މީހުންގެ އަދަދު 43 އަށް އަރައި 59އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެކަމަށް އެ ގައުމުގެ ސަރުކާރުން ބުނޭ

ޕޯޗުގަލްގެ ޖަންގަލީގައި އަލިފާން ރޯވެ މަރުވި މީހުންގެ އަދަދު 43 އަށް އަރައި 59 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ޕޯޗުގަލްގެ އިންޓާނަލް އެފެއާޒް ސެކްރެޓަރީ އޮފް ސްޓޭޓް ޖޯޖް ގޯމޭސް އާދީއްތަ ދުވަހު ވިދާޅުވީ 22 މީހަކު އެމީހުންގެ ކާރުގެ ތެރޭގައި ތިބެ އަނދައިގެން މަރުވެފައިވާކަމަށެވެ.

އެމީހުން މަރުވީ ފިގަރޯ ޑޮސް، ވިންހޮސް އަދި ކަސްޓަނެއިރާ ޑި ޕެރޭރާ ސިޓީއިންނެވެ. މަރުވި މީހުން ތިބީ މަގުމަތީ ކާރުތެރޭ ތާށިވެފައެވެ.

އިތުރު ތިން މީހަކު ވަނީ ބޯ ދުމުގެ ސަބަބުން މަރުވެފައެވެ. ފަޔަރ ފައިޓަރުންވެސް ހިމެނޭގޮތުން 16 މީހަކު ވަނި ޒަަޚަމްވެފައެވެ.

ޕޯޗުގަލްގެ ޖަންގަލީގެ 60 ތަނެއްގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލް ކުރުމަށް ހޮނިހިރު ދުވަހު ވަނީ 1،700 އެއްހާ ފަޔަރފައިޓަރުންނާއި 160 ވެހިކަލެއް ނެރެފައެވެ.

ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ އަލިފާން ރޯވި ކަމަށް ބެލެވެނި ހަނަފަސްކޮށް އޮއްވައި ހޮނުއެޅުމެވެ.

ޕޯޗުގަލްއަށް ހޮނިހިރު ދުވަހު އެތައް ހީޓްވޭވެއް އައިސްފައިވާއިރު އެތައް ސަރަހައްދެއްގެ ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީގައެވެ.

ސްޕެއިނުން އާދީއްތަ ދުވަހު ވަނީ ފެންޖަހާ ދެ މަތިންދާ ބޯޓެއް ޕޯޗްގަލްއަށް ފޮނުވާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
02 މާރިޗު 2017

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

02 މާރިޗު 2017
މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު