Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާނުގެ ހާދިސާ

މެލްބަންގެ ފެކްޓަރީއެއްގައި ރޯވެ ތިން މީހުން މަރުވެއްޖެ

މި ފެކްޓަރީއަކީ ގެދޮރު ނެތް މީހުން ބޯހިޔާވަހިކަމަށްވެސް ބޭނުންކޮށް އުޅޭ ތަނެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 12:55
 40 އަށް މިނެޓްގެ ތެރޭގައިވަނީ އަލިފާން ކޮންޓްރޯލް ކޮށްފައި

40 އަށް މިނެޓްގެ ތެރޭގައިވަނީ އަލިފާން ކޮންޓްރޯލް ކޮށްފައި

އޮސްޓްރޭލިއާގެ މެލްބަންގައި ބާވެ ދޫކޮށްލާފައި ހުރި ފެކްޓްރީއެއްގައި އަލިފާން ރޯވެ ތިން މީހުން މަރުވެއްޖެއެވެ.

އެއްޗެއް ގޮވި ކަމުގެ ރިޕޯޓަކާއެކު ފަޔަރަ ފައިޓަރުންނަށް ގުޅާފައިވަނީ އޮސްޓްރޭލިއާގެ ގަޑިން ރޭނގަޑު 11:30 ހާއިރުއެވެ.

އިމާރާތުގެ ތެރެއިން މަރުވެފައި އޮތް ތިން މީހުންގެ ހަށިގަނޑު ފެނުމުގެ ކުރިން، ހާދިސާ ހިނގިތާ ސާޅީހަކަށް މިނެޓްގެ ތެރޭގައިވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނާގޮތުގައި މަރުވީ ތިން ފިރިހެނުންނާއި އަންހެނެއް ކަމަށް ބެލޭ ކަމަށެވެ.

މި ފެކްޓަރީއަކީ ގެދޮރު ނެތް މީހުން ބޯހިޔާވަހިކަމަށްވެސް ބޭނުންކޮށް އުޅޭ ތަނެކެވެ.

ފުލުހުން ބުނީ އަލިފާނާ ބެހޭ މާހިރުން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

މަންޒަރު ދުށް އެކެއް ކަމަށްވާ މުހައްމަދު އަލީ ބުނީ ހަޅޭއްލަވާ އަޑު އިވުނު ކަމަށެވެ.

"އިރުކޮޅެއް ފަހުން އަހަންނަށް ފެނުނީ ފަޔަރ އިންޖިން އަންނަނިކޮށް" ޓެކްސީ ކުރަން އުޅޭ މުހައްމަދު އަލީ ބުންޏެވެ.

އެ ފެކްޓަރީ އަކީ ވިކްޓޯރިއާގެ އެންމެ ބޮޑު ރޯޕްވޯކް އެވެ. އެ ތަނަކީ 1903 ން 2002 އަށް ހިންގާފައިވާ ތަނެކެވެ. ފެކްޓްރީ ބަންދުކުރުމަށްފަހު އެ ސްޓޭޓްގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ބޮޑު އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ހެދުމަށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު