Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު އަދީބު

އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު

އަދީބުގެ ލޮލުގެ ފެނުން ގެއްލިދާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 17 ޖޫން 2017 | ހޮނިހިރު 17:27
އަދީބުގެ  ގާނޫނީ ވަކީލު މޫސާ ސިރާޖު

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު

ޖަލަށްލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތު މީޑިއާއަށް އާންމު ކުރަން ޖެހުނީ އިތުރު ގޮތެއް ނެތިގެން ކަމަށް އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ސިރާޖު ވިދާޅުވީ މިޑިއާގައި އަދީބުގެ ބޭސްފަރުވާގެ ވާހަކަ ދައްކަން ބޭނުމެއް ނުވާކަމަށާއި އެހެން ނަމަވެސް އަދީބަށް އެވާހަކަ ދައްކަން މަޖުބޫރުކަމަށެވެ.

Advertisement - newsAdvertisement

އަދީބުގެ ފުރާނައަށް ނުރައްކާކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ 2016 ވަނަ އާހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހުގައި ލޮލުގެ 3 ޓެސްޓު ހެދުމަށް ޑޮކްޓަރުން ރިކަމެންޑު ކުރިކަމަށެވެ. އެހެން ނަމަވެސް ހަދަންޖެހޭ ތިން ޓެސްޓުގެ ތެރެއިން އެއް ޓެސްޓު ހެދީ މިއަހަރުގައި ކަމަށާއި އަދީބަށް ގްލޮކޮމާ ޖެހިފައިވާކަމަށް ޑޮކްޓަރުން ލަފާ ދީފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ހަދަންޖެހޭ 3 ޓެސްޓުގެ ތެރެއިން 2 ޓެސްޓު ހެދެން އޮތީ ރާއްޖެއިން ބޭރުން ކަމަށެވެ.

"ޖެނުއަރީ 6 ވަނަ ދުވަހު ލޮލުގެ 3 ޓެސްޓް ހެދުމަށް ޑޮކްޓަރ ރިކޮމެންޑް ކުރި. އެހެން ނަމަވެސް އެތަނުން އެއްޓެސްޓު ހެދީ މިއަހަރުގައި.ޓެސްޓުތައް ހެދުމަށް ރިކޮމެންޑް ކުރުމުން 1 އަހަރާއި 4 މަސް ދުވަހުން ޓެސްޓް ހެދީ. އެޓެސްޓުން ކަށަވަރު ވީ އަދީބަށް ގްލޮކޮމާ ޖެހުނީ. އަދި އިންޓާނަލް އިންޓާނަލް ސިސްޓް ހުރިކަމަށް ޑޮކްޓަރ ބުނޭ.އެކަމާ ކެންސަރ ސްކްރީން ޓެސްޓު ހެދުމަށްވެސް ރިކޮމެންޑް ކޮށްފައިވަނީ. އެހެން ނަމަވެސް އަދިވެސް އެއްއަހަރު ވީނަމަވެސް ބޭރަށް ނުދޭ. އެ ޓެސްޓު ހެދެން އޮތީ ބޭރުން،" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަދީބަށް އިތުރު ފަރުވާ ދެވެން އޮތީ ރާއްޖޭން ބޭރުންކަމަށް ވިދާޅުވަނީ އޭނާ އެކަނި ވިދާޅުވާ އެއްޗެއް ނޫންކަމަށާއި ބޭރަށް ދިއުމަށް އިރުޝާދު ދިނީ ސަރުކާރުގެ ހޮސްޕިޓަލު އައިޖީއެމްއެޗްގެ ޑޮކްޓަރުން ކަމަށްވުމުން ބޭރަށް ބޭސްފަރުވާ އަށް ދިއުމަށް ނުފޮނުވާންވީ ސަބަބެއް ނެތްކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ޖަލަށްލީފަހުން ދިމާވި ސިއްހީ މައްސަލަތަކެއްކަމަށް ސިރާޖު ވިދާޅުވިއެވެ.

"އަދީބުގެ އާއިލާގައި އެބަ ހުރި ސިސްޓް ކެންސަރަށް ބަދަލުވެގެން ބޭފުޅަކު ނިޔާވެސްވެފައި. އެހެންވީމާ، އަދީބަށް ފަރުވާ ނުދެވި ލަސްވެއްޖެ ނަމަ ޖަލުގެ ގޮޅީތެރޭގައި އޭނާ މަރުވާނެ." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ވަކި ގައުމަކަށް ދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އަދީބާއި އާއިލާއިންވެސް ބޭނުންވަނީ ސަރުކާރުން ބޭނުންވާ ގައުމަކަށް ދިއުމަށްފަހު ފަރުވާ ކުރެވެން ހުރި ގައުމަކަށް ދިއުމަށް ފަހު އަވަހަށް ފަރުވާ ދިނުން ކަމަށެވެ.

ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތައް ކޮންމެ މީހަކަށްވެސް ލިބިދޭންޖެހޭނެ ކަމަށާއި އަދީބަށްވެސް އަސާސީ ހައްގު ކަމަށްވާ ބޭސްފަރުވާގެ ކަންކަން ލިބިދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު