Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑޭވިސް ކަޕް ކޮލިފައިން

ފުރަތަމަ ފަހަރަށް ޑޭވިސް ކަޕްގެ ކޮލިފައިންގައި ބައިވެރިވެ ރާއްޖެއިން ރަނގަޅު ވާދައެއްކޮށްފި

24 އޯގަސްޓު 2022 | ބުދަ 02:31

ކޮލިފައިންގައި ރާއްޖެ ހިމެނުނީ ޔަމަން، ބުރުނާއީ އަދި އިރާގާ އެއް ގްރޫޕެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2022 | ބުދަ 02:31
ޑޭވިސް ކަޕްގެ ތެރެއިން

ޑޭވިސް ކަޕްގެ ތެރެއިން

ޑޭވިސް ކަޕްގެ ކޮލިފައިންގައި ފުރަތަމަ ފަހަރަށް ބައިވެރިވެ ރާއްޖޭގެ ޤައުމީ ޓެނިސް ފިރިހެން ޓީމުން ރަނގަޅު ވާދައެއްކޮށްފިއެވެ.

މިއީ ދުނިޔޭގައި ބާއްވާ ފިރިހެން ޓެނިސްގެ އެންމެ ބޮޑު މުބާރާތެވެ. ސްރީ ލަންކާގައި ކުރިއަށް ދިޔަ ކޮލިފައިންގައި ރާއްޖޭގެ އިތުރުން ނުވަ ޤައުމަކުން ވަނީ ވާދަކޮށްފައެވެ. ކޮލިފައިންގައި ރާއްޖެ ހިމެނުނީ ޔަމަން، ބުރުނާއީ އަދި އިރާގާ އެއް ގްރޫޕެއްގައެވެ. ރާއްޖޭގެ ޓީމުގައ ހިމެނުނު ކުޅުންތެރިންނަކީ ޙުސެއިން ނާޒިފް، ޢަބްދުﷲ ފާއިހް އަދި އައިހަމް ޝިޔާމްއެވެ.

ކޮލިފައިންގައި ކުޅުނު ތިން މެޗުން ބަލިވި ނަމަވެސް، ޖުމުލަ ގޮތެއްގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ މެޗުގައި ރާއްޖެ ނިކުތީ ޔަމަނާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ. މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖެއިން ކުޅެން ނިކުތީ އައިހަމްއެވެ. އޭނާ ސީދާ ދެ ސެޓުން ޔަމަންގެ ކުޅުންތެރިޔާގެ މައްޗަށް 6-4 އަދި 6-3 އިން ކުރި ހޯދާފައެވެ. ދެ ވަނަ ގޭމުގައި ރާއްޖޭގެ ފާއީ ވަނީ ޔަމަންގެ އެއް ވަނަ ކުޅުންތެރިޔާ އަތުން ބަލިވެފައެވެ. އެއީ 4-6 އަދި 4-6 އިންނެވެ. ފަހު ގޭމުގައި ރާއްޖޭގެ ޑަބަލްސް ޓީމު ޔަމަން ޓީމު އަތުން ވަނީ ބަލިވެފައެވެ. އެއީ 6-4 އަދި 6-2 އިންނެވެ.

ދެ ވަނަ މެޗުގައި ރާއްޖެއިން ވާދަކުރީ އީރާނާއެވެ. ފުރަތަމަ ގޭމުގައި އައިހަމް ވަނީ 6-0 އަދި 6-0 އިން ބަލިވެފައެވެ. ދެ ވަނަ ގޭމަށް ނިކުމެ ރާއްޖޭގެ ފާއީ ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. އީރާނުގެ އެއް ނަންބަރު ކުޅުންތެރިޔާ އަތުން އޭނާ ވަނީ އެއް ސެޓު ހޯދާފައެވެ. ފުރަތަމަ ސެޓު ފާއީ ހޯދީ 7-5 އިންނެވެ. ނަމަވެސް އީރާން ކުޅުންތެރިޔާ ވަނީ 6-2 އިން ދެ ވަނަ ސެޓު ހޯދާފައެވެ. ނަތީޖާ ނެރުމަށް ތިން ވަނަ ސެޓެއް ކުޅެން ޖެހުނުއިރު، މި ސެޓުގައި އަނިޔާގެ ސަބަބުން ފާއީ އަށް ނުކުޅެވުނެވެ. އޭނާ އަށް ޖެހުނީ މެޗު ދޫކޮށްލާށެވެ. ފަހު ޑަބަލްސް މެޗުގައި ރާއްޖެއިން ބަލިވީ 6-0 އަދި 6-0 އިންނެވެ.

ގްރޫޕްގެ ފަހު މެޗުގައި ރާއްޖެއިން ނުކުތީ ބުރުނާއީއާ ދެކޮޅަށެވެ. މި މެޗުން ރާއްޖެ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 2-1 އިންނެވެ. ފުރަތަމަ ޓައިގައި އައިހަމް ވަނީ ބަލިވެފައެވެ. އެއީ 6-1 އަދި 6-1 އިންނެވެ. ދެ ވަނަ ޓައިއަށް ނުކުމެ ފާއީ ވަނީ މޮޅުވެފައެވެ. އެއީ ދެ ސެޓު އެއް ސެޓުންނެވެ. ފާއީ ފުރަތަމަ ސެޓު ކާމިޔާބުކުރީ 6-1 އިންނެވެ. ނަމަވެސް ބުރުނާއީގެ ކުޅުންތެރިޔާ ވަނީ ދެ ވަނަ ސެޓު ހޯދީ 6-2 އިންނެވެ. ތިން ވަނަ ސެޓު ފާއީ ކާމިޔާބުކުރީ ވެސް 6-1 އިންނެވެ. ޑަބަލްސްގައި ރާއްޖެއިން ބަލިވީ 6-0 އަދި 6-4 އިންނެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް