Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ވުލްވްސް އަތުން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭންއަށް ރެކޯޑެއް

ކޭން އަކީ ޕްރިމިއަރ ލީގުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 އޯގަސްޓު 2022 | އާދީއްތަ 02:21
ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވެއްޖެއެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ލަނޑު 64 ވަނަ މިނެޓުގައި ޖެހީ އިންގްލެންޑުގެ ފޯވާޑް ހެރީ ކޭންއެވެ. އޭނާ އެ ލަނޑު ޖެހީ އިވާން ޕެރިސިޗް ދިން ބޯޅައަކުންނެވެ. ކޭންގެ ލަނޑާއެކު އޭނާއަށް ވަނީ ޕްރިމިއަރ ލީގުގެ ރެކޯޑެއް ލިބިފައެވެ.

ކޭން ވަނީ ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރު ވަނަ ހޯދާފައެވެ. އެއީ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު، މިހާތަނަށް ލީގުގައި 185 ލަނޑު ޖަހައިގެންނެވެ. ކޭންގެ ފަހަތުން މި ލިސްޓުގައި އޮތީ މެންޗެސްޓަރ ސިޓީގެ ކުރީގެ ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. މީގެ އިތުރުން މިހާރު ކޭން އަކީ ޕްރިމިއަރ ލީގުގައި އެއް ކުލަބަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ކުރިން އެ ރެކޯޑު އޮތީ އަގުއޭރޯ އަތުގައެވެ.

މި ލިސްޓުގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ވެސް ކޭން އަށް އެބަ އޮތެވެ. ދެ ލަނޑު ޖަހައިގެން ތިން ވަނައިގައި އޮތް އެންޑްރޫ ކޯލް އެއްވަރުކުރެވޭއިރު، ތިން ލަނޑު ޖަހައިގެން ތިން ވަނަ އަށް އެރުމުގެ ފުރުސަތު ކޭން އަށް އެބަ އޮތެވެ.

ލީގުގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރވުލްވްސްހެރީ ކޭން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު