Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ޚާރިޖީ ސިޔާސަތު

ކުރީ ސަރުކާރުން އެމްބަސީތަަކަށް ކުރާ ޚަރަދަށްވުރެ މި ސަރުކާރުން ކުރާ ޚަރަދު އިިތުރެއްނޫން: އަނދުން ހުސެން

ޝިޔާމް ވަނީ ޚާރިޖީ ޚަރަދު ކުޑަކުރަން ގޮވާލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އޯގަސްޓު 2022 | ބުރާސްފަތި 13:34
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ކުރީ ސަރުކާރުން އެމްބަސީތަަކަށް ކުރާ ޚަރަދަށްވުރެ މި ސަރުކާރުން ކުރާ ޚަރަދު އިިތުރު ނޫންކަމަށާއި، ސަރުކާރުން ޚާރިޖީ ގުޅުންތަކަށް ބޮޑެތި ޚަރަދުތައް ކުރާކަމަށް ބުނެ ދައްކަނީ ސައްހަ ވާހަކަތަކެއް ނޫންކަމަށް، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސެން) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ، މި ސަރުކާރުން ޚާރިޖިއްޔާއަށް ޚަރަދުކުރުމުގެ ނަމުގައި ގާތްތިމާގެ މީހުންނަށް ފައިދާވާގޮތަށް ބޮޑެތި މަގާމުތަކަށް މީހުން ލަމުން ގެންދާކަމަށް ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުގައި އެމްބަސީތައް ގިނަ އަދަދަކަށް ހަދަމުން ދިޔަނަމަވެސް އެކަމުން ރާއްޖެއަށް ވާ ފައިދާއެއް ނެތްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ޝަހީމް ވަނީ، އެ ވާހަކަތަކަށް ރައްދުދެއްވާފައެވެ. އެގޮތުން މި ސަރުކާރުން ޚަރަދުކުރަމުންދާ އެމްބަސީތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހުރި އެމްބަސީތައް ކަމަށާއި، އިތުރު އެމްބަސީއަކަށް ސަރުކާރުން ޚަރަދުކުރަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުސާރައިގެ ގޮތުގައި ޚާރިޖީ މަގާމެއްގައި ހުރި އެއްވެސް ބޭފުޅަކަށް ކުރީ ސަރުކާރުން ޚަރަދުކުރި ވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި މި ވަނީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އާއިލީ ބޭފުޅުންނަށް ދިނުމަށް ޚާރިޖީ މަޤާމުތައް ކަމަށް ބުނެ ބައެއް މަޤާމުތައް އުފައްދަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ޚާރިޖީ ގުޅުންތަކަށް މި ސަރުކާރުން ކުރަނީ ބޭކާރު ޚަރަދުތަައް ކަމަށް ވެސް ސިފަކުރައްވާފައެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް

އިތުރަށް ކިޔާލަން

05 ޖުލައި 2024

މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން

05 ޖުލައި 2024
މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން
07 ޑިސެމްބަރު 2023

ރައީސް މުއިއްޒު، ރައީސް ޔާމީނުގެ ކެބިނެޓުގައި އިންނަވައިގެން ގެނައި ސިފައިންގެ ބަޔަކު ހޯދަންޖެހުމުން އެ އުޅުއްވަނީ ނުފެނިގެން - ޝަހީމް

07 ޑިސެމްބަރު 2023
ރައީސް މުއިއްޒު، ރައީސް ޔާމީނުގެ ކެބިނެޓުގައި އިންނަވައިގެން ގެނައި ސިފައިންގެ ބަޔަކު ހޯދަންޖެހުމުން އެ އުޅުއްވަނީ ނުފެނިގެން - ޝަހީމް
05 ޑިސެމްބަރު 2023

ދިވެހީންގެރާއްޖެ އަދުރޭގެ ރާއްޖެއަކަށް ބަދަލުވެއްޖެ - މެންބަރު ޝަހީމް

05 ޑިސެމްބަރު 2023
ދިވެހީންގެރާއްޖެ އަދުރޭގެ ރާއްޖެއަކަށް ބަދަލުވެއްޖެ - މެންބަރު ޝަހީމް
19 ޖުލައި 2023

ނަޝީދަކީ ރައްޔިތުންނަށް ޚިދުމަތްކުރައްވަން އުޅުއްވާ ބޭފުޅެއްކަމަށް ގަބޫލެއް ނުކުރެވޭ: އަނދުން ހުސައިން

19 ޖުލައި 2023
ނަޝީދަކީ ރައްޔިތުންނަށް ޚިދުމަތްކުރައްވަން އުޅުއްވާ ބޭފުޅެއްކަމަށް ގަބޫލެއް ނުކުރެވޭ: އަނދުން ހުސައިން
17 ޖުލައި 2023

މިދިޔަ 50 އަހަރުވެސް ރާއްޖެ އަށް އެންމެ ބޮޑު އިންގިލާބީ އިގްތިސާދީ ބަދަލެއް ގެނެސްދެއްވީ ރައީސް ސާލިޙު- ޝަހީމް

17 ޖުލައި 2023
މިދިޔަ 50 އަހަރުވެސް ރާއްޖެ އަށް އެންމެ ބޮޑު އިންގިލާބީ އިގްތިސާދީ ބަދަލެއް ގެނެސްދެއްވީ ރައީސް ސާލިޙު- ޝަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު