Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މި ސަރުކާރުގެ ސިޔާސަތުތައް

މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން

މި ސަރުކާރާއި ވެރިކަން ކުރީ މި ހާލަށް ރައްޔިތުން ވައްޓާލަން ނޫން ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ޖުލައި 2024 | ހުކުރު 05:39
ހެންވޭރު ދެކުނު ދާއިރާގެކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)

ހެންވޭރު ދެކުނު ދާއިރާގެކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)

މަސްވެރިންނާއި ރައްޔިތުން ފެލައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓްތައް ހިންގުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ސަރުކާރާއި ވެރިކަން ކުރީ މި ހާލަށް ރައްޔިތުން ވައްޓާލަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރަށް ވެރިކަން ދިނުމުން ރައްޔިތުންނަށް ދިން މެސެޖަކީ ހިތި ބޭސް ބޯން ޖެހިދާނެކަމުގެ މެސެޖުކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިރައްޔިތުން މި ސަރުކާރާއި ވެރިކަން ހަވާލުކުރީ މި ތަން ދެކެން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިހާރުގެ އިގްތިޞާދީ ހާލަތާއި ގުޅޭގޮތުން ވެސް އަނދުން ހުސައިން ވަނީ ވާހަކަދައްކަވާފައެވެ. ފަތުރުވެރިކަން މިހާރު ކުރިއަށް ވުރެ ހީނަރުވެފައިވާ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން މިހާރުވެސް ރާއްޖޭގައި ފައިސާ ނެތީ ނޫން ކަމަށާއި ސަރުކާރުން ބޭކާރު ޚަރަދު ކުރަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކީ އިގްތިޞާދު މެނޭޖްކުރުމަށް ދިމާވާ ގޮންޖެހުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ވަނީ މަސްވެރިންގެ ކަރަށް ވެސް ފައިން އަރާ، ގޮހޮރުގައި ގޮށް ޖަހާފައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވަނީ މަޖިލީހުގެ މެމްބަރުންނަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް މެމްބަރުންނަށް ލިބޭ މުސާރަ އާއި އިނާތްތައް މަދުކަމަށް ފާހަގަކުރައްވާފައިވާތީ އެކަމަށް އޭނާ ވަނީ ރައްދު ދެއްވާފައެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް 70000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ އިރު، ޤާސިމް އަކީ ޤައުމުގެ އެންމެ މުއްސަނދި އެކަކު ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ މުއްސަނދިންނަކީ އެހެން އާއްމުންނަށް ލިބޭ އިނާޔަތްތައް ލިބޭ ބައެއް ނޫން ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި އެކަން ތަފާތު ވާން ޖެހޭ ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ތިބި ބަޔަކު ރައްޔިތުން ހަނާވާއިރު ރައްޔިތުންނަށް ވުރެ މަތީގައި ތިބެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ސަޤާފަތް ބަދަލުކުރަން ޖެހޭ ކަމަށާއި ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރަން ވާނީ ސިވިލް ސަރވިސްގައި މީހުން ތިބި މިންވަރަށް ބެލުމަށް ފަހު އިންސައްތަ އެއް ކަނޑައަޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ފައިސާ އެބަ ހުރި ކަމަށާއި އުޅެނީ ފިތުނަ އުފައްދަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ބަހަނާ ދައްކައިގެން ރައްޔިތުންނަށް ދޭ ޚިދުމަތްތައް މެދުކަނޑާލާ، ޓެކްސްތައް އިތުރުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު