Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުން

އިންޓަރނަލް އޮޑިޓެއް ކުރެވޭނެ އިތުރު ހަރުދަނާ ކަމެއް ގެނައުމަކީ މިވަގުތަށް މުހިންމުކަމެއް – މެންބަރު ޝަހީމް

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖޫން 2022 | އަންގާރަ 13:33
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

މާލީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުގެ ތެރޭގައި އިންޓަރނަލް އޮޑިޓް ޔުނިޓެއް ނުވަތަ އިންޓަރނަލް އޮޑިޓެއް ކުރެވޭނެ އިތުރު ހަރުދަނާ ކަމެއް ގެނައުމަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގައި ބަޔާންކޮށްފައި އޮތުމަކީ، އެކަމަށް ހިތްވަރުދެއްވާކަމެއްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

މެންބަރު ހުސައިން ޝަހީމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅުއްވާފައިވާ، ގާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު)އަށް އިސްލާހުގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ޝަހީމް ވިދާޅުވީ، މާލިއްޔަތު ގާނޫނުގެ ދަށުން މާލީ އެކި ކަންކަން ހިންގެވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އަދި ވަކިން ޚާއްސަކޮށް ކޮވިޑަށްފަހު ދުނިޔެއަށް އައި މާލީ ދަތިކަމުގެ ބޮޑުކަމާއި އަދި މާލިއްޔަތަށް ފައިސާ ހޯދުމުގައި ހުރި ދަތިކަންތައްތައް ރާއްޖޭގެ ރައޔިތުންނަށާއި މުޅި ދުނިޔެއަށް އެނގޭ ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދަށް މާބޮޑަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި، ސްރީލަންކާއަށް ފައިސާ ހޯދައި ދެއްވުމަށް ރައީސް ކުރައްވާ މަސައްކަތުގައި ކުރިއެރުން ލިބޭ މިންވަރާއި، ކުރިއެރުން ނުލިބޭ މިންވަރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މެންބަރު ޝަހީމް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުގައި އޮތީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ލޯނު ނެގުމުގެ ކަންކަން އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށާއި ސަރުކާރަށާއި ފިނޭންސް މިނިސްޓްރީއަށް ގެންގޮސްފައިކަމަށެވެ. އެކަން އެގޮތަށް ގެންގޮސްފައި އެގޮތަށް ކަންކަން ކުރައްވާފައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވާހަކަފުޅު ދެއްކެވީމާ ރައްޔިތުންނަށް އޮޅުންތަކެއް އަރާކަމަށެވެ.

މެންބަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ތަކެތީގެ އަގު އުފުލިއްޖެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ތަކެތީގެ އަގު އުފުލޭ ސަބަބަކީ، ކޮވިޑާގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބޯޑަރު އަދިވެސް ބަންދުވެފައި އޮތުމާއި، ޗައިނާއަށް ދަތުރުފަތުރު ކުރުން އަދިވެސް ހުޅުވާނުލުންކަމަށެވެ. މީގެ އިތުރުން ޗައިނާގެ ފަތުރުވެރިންނަށް އެގައުމުން ބޭރަށް ފުރުމުގެ ހުއްދައެއް އަދި ދީފައި ނެތްކަމަށްވެސް މެންބަރު ޝަހީމް ވިދާޅުވިއެވެ.

މެންބަރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ނުއުފުލޭކަމަށް ވިދާޅުނުވާނެކަމަށެވެ. ނަމަވެސް އަގު އުފުލެނީ މިދެންނެވި ސަބަބުތަކާހުރެ ކަމަށާއި، ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް އަދި މި މަޖިލީހަށް، ތަކެތީގެ އަގު ހިފެހެއްޓުމުގެ ނުވަތަ ކޮންޓްރޯލްކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުން މިދަނީ ދުނިޔޭގެ ކަންކަން ހިނގަމުންދާގޮތުގެ ސަބަބުން ތަކެތީގެ އަގު އުފުލެމުންދާތަން ކަމަށް މެންބަރު ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު