Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ހަމަލާ

އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގިދެއްވާ އެއްބޭފުޅަކީ އަދުން ހުސައިން – ނަޝީދު

މެންބަރު ޝަހީމް ތި ހުންނަވަނީ އެކަން ފޮރުވަން ކުރައްވާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 މެއި 2022 | އާދީއްތަ 18:46
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫއްޕައް ފޮނުވާފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓްތައް

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫއްޕައް ފޮނުވާފައިވާ މެސެޖްތަކުގެ ސްކްރީންޝޮޓްތައް

މެއި 6 ގެ ހަމަލާގައި، އެމަނިކުފާނު އަވަހާރަކޮށްލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާހިވެދެއްވާ އެއް ބޭފުޅަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ތުހުމަތު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫއްޕަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާއި ގުޅޭ ތަހުގީގަކީ ހަމައެކަނި މެންބަރު ހުސައިން ޝަހީމްގެ ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ހުންނަވަނީ އެކަން ފޮރުވަން ކުރައްވާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން މެންބަރު ޝަހީމް ވިދާޅުވީ އެއީ އޭނާ ކުރައްވާ ތަހުގީގެއް ނޫން ކަމަށާއި އެކަން ނުހިގާނަމަ ޖޭއެސްސީ ނުވަތަ ރައްޔިތުންގެ މަޖިލީހުން ބަލަންވާނެ ކަމަށެވެ.

މެންބަރު ޝަހީމްގެ މެސެޖަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ އެއީ ޝަހީމް ސަރުކާރާއި ގުޅިގެން ކުރައްވާ ކަމެއް ކަމަށެވެ. އަދި ޝަހީމް ވަނީ އޭނާއަށް އެއިން އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫންކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެކަން އެނގިވަޑައިގަންނަވާތީ އެ ވާހަކަފުޅު ދަންނަވާ ކަމަށާއި، އެކަން ފޮރުވުމުގައި ސަރުކާރަށް ވާގިދެއްވާ އެއްބޭފުޅަކީ އަދުންގޭ ހުސައިން ކަމަށެވެ.

ރައީސް ނަޝީދުގެ މި ތުހުމަތާއެކު މެންބަރު ޝަހީމް ދެން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ "އަޅޭ" އެކަންޏެވެ. ރައީސް ނަޝީދު ފޮނުއްވި އިތުރު މެސެޖެއްގައި ވަނީ އެމަނިކުފާނަށް އެނިގިވަޑައިގަންނަވާ މިންވަރުން، އެމަނިކުފާނު އަވަހާރަކޮށްލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގިދެއްވާ އެއް ބޭފުޅަކީ ތި ބޭފުޅާ (މެންބަރު ޝަހީމް) އާއި އާރުކާޓީ ކަމަށް މާތް ރަސްކަލާގެ ގަންދީ ހުވާކުރައްވާ ކަމަށެވެ.

ރައީސް ނަޝީދުގެ މި ވާހަކައަށް ރައްދުދެއްވާ މެންބަރު ޝަހީމް ވިދާޅުވެފައިވަނީ މީހެއްގެ ބޮލުގައި ކަމެއް އަޅުވާލަންވެސް ހައްދެއް އޮންނަންވާނެ ކަމަށެވެ. އެއީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަކުން އަޅުވަންޖެހޭ ބަދުނާމެއް ނޫން ކަމަށެވެ.

އޭގެ ފަހުން ރައީސް ނަޝީދުވެސްވަނީ ވަނީ ހައްދެއް އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަނިޔާވެރިކަމަށް ވެސް ހައްދެއް އޮންނަންވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ދައްކަވަނީ މީހަކު މަރަން އުޅުނު ވާހަކަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ރައީސް ނަޝީދުގެ ރަސްމީ ނޫން ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި 6 މެއިގެ ހަމަލާގެ ޕްރިލިމިނަރީ ތަހުގީގު ބިނާކޮށްފައިވަނީ އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތުގެ އެއްބަސްވުމާ ގުޅޭގޮތުން ކަމަށެވެ. އަދި އެއީ ތަހުގީގެއް ކުރިއަށްގެންދެވޭނެ އެންމެ ގޯސްގޮތް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ފަންޑުކުރި މީހަކު ނެތިއްޔާ 6 މެއިގެ ހަމަލާގައި ހިމެނޭ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލި މަނިކު ޖަލުގައި ހުއްޓާ ދޫކޮށްލި ގޮތް އަދި ސަބަބު ބަލަން މިހާރު މާބޮޑަށް މުހިންމުވެއްޖެ ކަމަށާއި، ކޮންމެވެސް ފަރާތަކުން ޖަވާބުދާރީވާންޖެހޭނެ ކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ކުރެއްވި ޓްވީޓަކަށް ވެސް ނަޝީދު ވަނީ ކޮމެންޓް ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނި ދައުވާނުކޮށް ދޫކޮށްލާފައިވާ ފާތިހް އަކީ ބޮންގޮއްވާލި މީހާ ކަމަށެވެ. އެކަން ކޮށްފައި މާފަންނު ބޮޑިބަތް ޕާކަށް ދިޔުމުން އޭނާއަށް އެހެން ގަމީހެއް ގެނެސްދިން ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ. ފާތިހު އަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް ކަމަށާއި، އޭނާ ޕޮލިހުން ވަކިކުރީ ބޮމުގެ ފަހުން ކަމަށެވެ.

ރައީސް ނަޝީދު ގެ ތުހުމަތުތަކާއި ގުޅިގެން އަދުން ހުސެންގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީ އިން ހުސެންއާއި ގުޅާލުމުން ފޯނު ނުނަންގަވާ ބިޒީ ކޮށްލެއްވީއެވެ.

މޭ6ޓެރާރއެޓޭކްރައީސް ނަޝީދަށް އަމާޒު ކުރި ހަމަލާކުރީގެ ރައީސް، މުހައްމަދު ނަޝީދުހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު