Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަޒްހާންގެ މަރުގެ މައްސަލަ

އަޒްހާންގެ މަރުގެ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކުރަން އެމްޑީޕީ ޕީޖީގެ ވިޕްލައިނެއް

އެމްޑީޕީން އެއާ ދެކޮޅަށް ވޯޓު ދީގެން އެ ބޭރުކުރަން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2022 | އަންގާރަ 09:11
މެންބަރު ހަސަން ލަތީފް - އެމްޑީޕީ ޕީޖީން ވިޕްލައިނެއް ނެރުނުކަން ހާމަކުރެއްވީ މެންބަރު

މެންބަރު ހަސަން ލަތީފް - އެމްޑީޕީ ޕީޖީން ވިޕްލައިނެއް ނެރުނުކަން ހާމަކުރެއްވީ މެންބަރު

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ މުހައްމަދު އަޒްހާނުގެ މަރުގެ މައްސަލައިގައި، އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލަ އާ ދެކޮޅަށް ވޯޓުދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނެއް ނެރެފައިވާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ މަރުގެ މައްސަލަތަކަކީ އެންމެ ސީރިއަސް މައްސަލަތައް ކަމަށެވެ. އަދި އަޒްހާންގެ މަރުގެ މައްސަލައިގައި ހުށަހަޅާފައިވާ ކުއްލި މައްސަލަ ބަލައި ނުގަންނަން ވިޕްލައިނެއް ނެރެން އެންގީމާ އެކަމާއި ކަންބޮޑުވެވަޑައިގެން، ލަދުގަންނަ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ހަސަން ލަތީފް ވިދާލުވީ އުމުރުން 27 އަހަރުގެ ޒުވާނެއް ގެއްލިގެން 14 ދުވަސް ވީއިރު، ފުލުހުން އޭނާ ހޯދަމުން ދިޔަކަމަށް ބުނި އިރު، އެކަށީގެންވާގޮތަކަށް އެކަން ކުރިކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އެއީ އޭނާ ފެނިފައި އޮތް ތަނުގެ ގޮތުން ކަމަށާއި، އެކަން ފުލުހުން އެދެވޭގޮތަށް ކުރިނަމަ އެއަށްވުރެ ކުރިން ފެންނާނެ ކަމަށެވެ. މިކަމާއި، ގުޅޭގޮތުން މަޖިލީހުން ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބައްލަވަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި، މިކަމާއި ގުޅޭގޮތުން ސަލާމަތީ ހިދުމަތްތަކާއި ކޮމިޓީން ކުރެވެން ހުރި ކަންކަން ކުރުން މުހިންމު ކަމަށް މެންބަރު ވިދާޅުވިއެވެ.  

އެމްޑީޕީ ޕީޖީން މި މައްސަލަ ބަލައި ނުގަތުމަށް ނިންމި ސަބަބު ހާމަކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މި މައްސަލަ ލިޔެފައި އޮތްގޮތުން ވިޕްލައިން ނެރުނު ކަމަށެވެ. އަދި މި މައްސަލައަކީ ތަހުގީގު ނިންމާ މައްސަލަ އިތުރަށް ނުބަލަން އަދި ތަހުގީގު އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އަމަލުކޮށްފައިވާ މައްސަލައަކަށް ނުވާތީ ކަމަށެވެ.

މެންބަރު ޝަހީމް ވިދާޅުވީ ހުޅުމާލެއަކީ މާ ކުޑަ ރަށެއް ނޫން ކަމަށާއި، އެތަނުގައި ކުއްޖަކު ގެއްލިގެން، ފުލުހުންގެ ވަސީލަތް ހުންނަ ގޮތުންނާއި، ފުލުހުންގެ އަދަދު ހުންނަ ގޮތުން މި މަސައްކަތް ކުރުމުގައި ފުލުހުންނަށް ދަތިތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ފުލުހުން އޭނާގެ ހަށިގަނޑު ހޯދާފައިވާ ކަމަށާއި، ފުލުހުންނަށް އޭނާ ފެނުނީ އާންމު ފަރާތަކުން އަންގައިގެން ނޫން ކަމަށް މެންބަރު ޝަހީމު ވިދާޅުވިއެވެ.  

މި ދައުރުގެ ތެރެގައި މީހުން ގެއްލުމާއި މަރާލާ ވާހަކައާއި ފޭރޭކަމަށް މެންބަރު ޝަރީފް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން މެންބަރު ޝަހީމް ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތުގެ ފައިސާ ހޭދަކުރީ ގޭންގުތައް ހިންގުމަށް ކަމަށާއި، ނައިބް ރައީސް އަހުމަދު އަދީބު ޖަލަށްލުމާއި ގުޅިގެން، އެމީހުންނަށް ފައިސާ ނުދެވިގެން ގޭންގުތަކުގެ ކުދިން މައްސަލަ ޖައްސަން ފެށުމުން، އަދީބު ދެއްވަނީ ތިމަންނާގެ ފައިސާކަމަށް ރައީސް ޔާމީން ޓީވީއަށް އަރާވަޑައިގެން ވިދާޅުވި ކަމަށެވެ.

މެންބަރު ޝަހީމް ވިދާޅުވީ އަޒްހާންގެ މަރުގެ މައްސަލައަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތެއްގެ ފުރާނަ ގެއްލިގެން ދިއުމަކީ ކަންބޮޑުވާނެ ކަމެއް ކަމަށާއި، އެހެންނަމަވެސް ފުލުހުން މިކަން ނުބަލަން އުޅޭކަމެއް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވަން މަސައްކަތްކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށާއި، މިއީ އިތުރަށް ތަހުގީގުކުރިއަށްދާ މައްސަލައެއް ކަމަށް ވެސް މެންބަރު ޝަހީމު ވިދާޅުވިއެވެ.

މުހައްމަދު އަޒްހާންރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހަސަން ލަތީފްހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު