Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ނަޝީދަކީ ރައްޔިތުންނަށް ޚިދުމަތްކުރައްވަން އުޅުއްވާ ބޭފުޅެއްކަމަށް ގަބޫލެއް ނުކުރެވޭ: އަނދުން ހުސައިން

ރައްޔިތުންނަށް ނިކަމެތިކަން ލިބޭ އެތައް ކަމެއް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒާއި ބާރުގެ ތެރެއިން ކުރައްވަމުން ގެންދަވާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 03:09
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކީ ރައްޔިތުންނަށް ޚިދުމަތްކުރައްވަން އުއްޅުއްވާ ބޭފުޅެއްކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" ގެ ސިޔާސީ ވެށި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ހުސައިން ޝަހީމް ވިދާޅުވީ އާއިލީ ދެ ބޭފުޅަކު މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ ގޮތުގައި ތިއްބެވުމުގެ ސަބަބުން ޖަޒުބާތުގެ މައްސަލައެއް އުޅޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އެ ދެބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެއްމައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނެސް ބޭއްވުމަކީ މަޖިލީހުގެ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ ގަވާއިދާ ޚިލާފުވުމަކީ ޤާނޫނާ ޚިލާފުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަށް ޤާނޫނުން ލާޒިމްކޮށްފައިވާ ކަންކަން ހުރިކަން ފާހަގަކުރައްވައި މެންބަރު ހުސައިން ޝަހީމް ވިދާޅުވީ އެކަންކަން ނުކޮށް، ސިޔާސީ ޕާޓީ އުފައްދަވައިގެން ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރެއްވުމަކީ ކޮށްގެންވާނެކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބުރައީސަކީ މެންބަރުންގެ އިތުބާރާއެކު ރިޔާސަތަށް ވަޑައިގަންނަވާ ބޭފުޅުންކަމަށާއި މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއްގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެއަށް ތަބާވާން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އާއި ނަޝީދާ ދެމެދު ޖެހުނު އެންމެ ބޮޑު މައްސަލައަކީ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ލީޑަރޝިޕްގެ މެޖޯރިޓީ ގަބޫލުނުކުރުން ކަމަށެވެ. މިހާރުގެ ހާލަތު އޮތްގޮތުން އެމަނިކުފާނަށް ބޮޑުވަޒީރުކަން ދީފިނަމަ ޤައުމަށް ބޭނުންވާ ކަންކަން ނުކުރެވި ހުންނާނެ ކަން ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ނަޝީދަކީ އަމިއްލަ ފައިދާއަށް އުޅުއްވާ ބޭފުޅެއް ނޫންނަމަ މަޖިލީހުގެ ބޮޑު އިންސައްތައެއް އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުން އެ ނިންމުމަށް ތަބާވާނެ ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ގޮންޖައްސަވައި، ރައްޔިތުންގެ ވޯޓު ހޯއްދަވަންކަމަށާއި އެގޮތަށް އުޅުއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ނިންމީ ތަކުރާރުކޮށް ރައްޔިތުންނަށް ގެއްލުންވާ ކަންކަމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބޭ އެތައް ކަމެއް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިމްތިޔާޒާއި ބާރުގެ ތެރެއިން ކުރައްވަމުން ގެންދަވާކަން ފާހަގަވާތީ ކަމަށް ވެސް މެންބަރު ހުސައިން ޝަހީމް ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން

މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން

05 ޖުލައި 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު