Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ސިފައިން

ރައީސް މުއިއްޒު، ރައީސް ޔާމީނުގެ ކެބިނެޓުގައި އިންނަވައިގެން ގެނައި ސިފައިންގެ ބަޔަކު ހޯދަންޖެހުމުން އެ އުޅުއްވަނީ ނުފެނިގެން - ޝަހީމް

މޯދީއާއެކު ވެވެޑައިގެންނެވި އެއްބަސްވުން ހާމަކުރުމަށް ވަނީ ގޮވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޑިސެމްބަރު 2023 | ބުރާސްފަތި 03:26
ރައީސް ޑރ. މުއިއްޒު، ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓް ބައްދަލުވުމެއްގައި

ރައީސް ޑރ. މުއިއްޒު، ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓް ބައްދަލުވުމެއްގައި

މިހާރުގެ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި އިންނަވައިގެން، ފާސްކޮށްގެން ގެނައި އިންޑިއާ ސިފައިން ހޯދަން ޖެހުމުން، އެ ބަޔަކު ނުފެނިގެން އުޅުއްވަމުން ގެންދަވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ބުދަ ދުވަހު ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ، ކުރީގެ ސަރުކާރުން އިންޑިއާއާއެކު އަޑިނޭނގޭ އެއްބަސްވުންތަކެއް ވެފައިވާ ކަމަށް ވިދާޅުވެފައިވާ ބޭފުޅެއް ކަމަށެވެ. އަދި މި އެއްބަސްވުންތަކަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ގެއްލި، ދިވެހި ދިދައާއި ގައުމު ދިވެހިންނަށް ގެއްލޭފަދަ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެ އެ ކަން ރައްޔިތުންނަށް ވިއްކަވައިގެން އިންތިހާބުވެވަޑައިގެންނެވި ރައީސެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި ރާއްޖޭގައި އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ހާހުން އެބަތިބިކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް ވެސް މެންބަރު ޝަހީމް ވިދާޅުވިއެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެ ހުރިހާ ސިފައިން ދިވެހިރާއްޖެއިން ބާލާނެ ކަމަށް ވިދާޅުވެ، ކޮޕް28ށް ދުބާއީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ އިންޑިއާގެ އެތައްހާސް ސިފައިންނެއް ރާއްޖެއިން ބޭލުމާ ބެހޭ މަޝްވަރާކުރެއްވި ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި ކަމަށް މެންބަރު ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ހާހުންތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުން މޯދީއާއެކު ވެވެޑައިގެންނެވި އެއްބަސްވުން ހާމަކުރެއްވުމަށް މެންބަރު ޝަހީމް ގޮވާލެއްވިއެވެ.

މެންބަރު ޝަހީމް ވިދާޅުވީ ވެގެން އުޅޭގޮތަކީ އިންޑިއާ ސިފައިން ގެންނަން ފާސްކުރީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި އިންނަވައިގެން ކަމަށް ވުމެވެ.

މެންބަރު ޝަހީމް ވިދާޅުވީ އަމިއްލަފުޅަށް ކެބިނެޓުގައި އިންނަވައި ފާސްކޮށްގެން ގެނައި ބަޔަކު ރާއްޖެއިން ހޯދަން ޖެހުމުން، ދެން އުޅެންޖެހޭނީ ނުފެނިގެން ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ ވެރިކަމުގައި 18 ދުވަސްވެގެން ދިޔައިރު، ނޫސްވެރިޔަކު ސުވާލެއް ދެންނެވުމުން އަދި ތިމަން މަނިކުފާނު ޖެހޭނީ ކިހާބައެއް ތިބިތޯ ބައްލަވަން ކަމަށް ވިދާޅުވުން ކަމަށެވެ.

މެންބަރު ޝަހީމް ވިދާޅުވީ އިންޑިއާ ރައްޔިތުންނަކީ ދިވެހި ރައްޔިތުންނަށް އިންތިހާއަށް އޯގާތެރި ބައެއް ކަމަށާއި، އިންޑިއާގެ ސަރުކާރަކީ ދިވެހި ރައްޔިތުންނަށް އިންތިހާއަށް އޯގާތެރި ސަރުކާރެއް ކަމަށެވެ. އަދި ކޮންމެފަދަ ވެރިޔަކު އިންޑިއާގައި ހުރިކަމުގައިވީނަމަވެސް، އެއިރެއްގައި އެ ހުންނަވާ ވެރިޔަކީ ދިވެހި ރައްޔިތުންދެކެ ލޯބިވާ، ދިވެހި ރައްޔިތުންނަށް އޯގާތެރި ބައެއް ކަމަށެވެ.

އަދި ދިވެހި ރައްޔިތުންނާ މެދު އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގެ ސަރުކާރުގެ ވެރިން ހިތްތައް ކަޅުވެ، ނަފުރަތު އުފެދޭ ފަދަ ވާހަކަ އެގޮތަށް ދެއްކެވުމުން އެއީ އުނބަށް ޖެހުން ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި މިހާރު ރައީސް މުއިއްޒު އެ ހުންނެވީ އުނބަށް ޖައްސަވައިގެން ކަމަށާއި، އިންޑިއާގެ ބޮޑުވަޒީރާއެކު ވެވަޑައިގެންނެވި އެއްބަސްވުމަކާއި އިންޑިއާ ސިފައިންގެ އަދަަދާއި ކުރިން ދެއްކެވި ވާހަކަފުޅުތަކުގައި ވިދާޅުވި އެއްބަސްވުންތައް ވެސް ހާމަކުރެއްވުމަށް މެންބަރު ޝަހީމް ވަނީ ގޮވާލައްވާފައެވެ.

އިންޑިއާ ސިފައިންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްރައްޔިތުންގެ މަޖިލިސްއިންޑިއާ އައުޓްއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު