Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހުގެ ޖަލްސާތައް

ރައީސް ނަޝީދާއި މެންބަރު ހުސެއިން ޝަހީމް

މެންބަރު ޝަހީމްގެ ވާހަކަ މެދުކަނޑާލާ ރިޔާސަތުން ވަރަށް ގިނަ ފަހަރު ވާހަކަ ދައްކަވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2022 | ބުދަ 13:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝަހީމާއި ރައީސް ނަޝީދުގެ ކޯޅުން ބޮޑު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ޝަހީމާއި ރައީސް ނަޝީދުގެ ކޯޅުން ބޮޑު

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި އެންމެ މުހިންމު އެއް މަސައްކަތް ކުރާ އެއްތަނެވެ. ރާއްޖޭގެ ގާނޫނުތައް ހެދުމާއި ބޮޑެތި މައްސަލަތައް ބަލާ ކަންކަމުގެ ހައްލު ހޯދުމަށް ވަކާލާތު ކުރާތަނެކެވެ. އެތަން ހިންގާނެ ގަވާއިދެއްވެސް އޮވެއެވެ. އިސްލާމްދީނާއި ފުށުނާރާ ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ވާހަކައެއް ނުދައްކާނަމަ މެންބަރުންނަށް ކޮންމެ ވާހަކައެއްވެސް ދެއްކެއެވެ. ނަމަވެސް މުޅިއަކުން ފެންނަނީ އެ މަންޒަރެއް ނޫނެނެވެ. ފެންނަނީ ބައެއް މެންބަރުންނަށް ހިތުހުރި ވާހަކައެއް ދައްކަން ފުރުސަތުދޭ މަންޒަރެވެ. އަނެއް މެންބަރުން ވާހަކަ ދައްކަން ފެށީމާ އަވަށްޓެރިއަކާ ޖަދަލުކުރާ އުސޫލުން ވެސް ކަންކަން ހިނގާ މަންޒަރުވެސް ފެނެއެވެ.

މެންބަރުން ދައްކާ ވާހަކައިގައި މައްސަލައެއް އުޅޭނަމަ ނިޒާމީ ނުކުތާ ނަގަނީ އެހެން މެންބަރުންނެވެ. އެއީ ނިޒާމީ ނުކުތާއެއްތޯ ނުވަތަ ނޫންތޯ ނިންމަނީ ރިޔާސަތުން ނެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އަދި މިއަށްވުރެ މާ މޮޅުކަމެއް ވެސް ހިނގައިފިއެވެ. އެ ޖަލްސާ ބަލަން އިން މީހަކު ވެސް ހައިރާން ވާނެއެވެ. އާންމުން ދައްކާ އެއް ވާހަކައަކީ ރިޔާސަތުން ބައެއް މެންބަރުންނަށް ހިތުހުރި ވާހަކައެއް ދައްކަން ފުރުސަތުދޭ ވާހަކައެވެ. އަނެއްބައި މެންބަރުންނަށް ދައްކަން ފުރުސަތު ނުދޭ ވާހަކައެވެ. މިއީ މެންބަރުންގެ ވެސް ޝަކުވާއެކެވެ.

އެއްސަހަރެއްގައި ކިޔާފައި މި ވާހަކަ ލިޔެވިދާނެއެވެ. އެއީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކައެވެ. މިއަދަކު އިއްޔެއަކު ނޫނެވެ. ދެ ބޭފުޅުން ވެސް މަޒާޖީގޮތަކަށް މަޖިލީހުގެ ތަޅުމުގައި ޖަދަލުކުރާ މަންޒަރު ފެނިގެންދެއެވެ. އެހެން މެންބަރަކާއި ރައީސް ނަޝީދާއި މިކަމެއް އޮންނަތަން މާބޮޑަށް ފެނިގެން ނުދެއެވެ.

މަޖިލީހުގެ ޖަލްސާގެ ތެރެއިން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ ގުޅޭގޮތުން މެންބަރު އިބްރާހިމް ރަޝީދަށް ބޭނުން ވަރަކަށް ފޯޅަވައްސާ ގުޅޭގޮތުން ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ރިޔާސަތުން ބޭނުންނުވާ މެންބަރުންނަށް އެ ފުރުސަތެއް ނުލިބުނެވެ. އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރު ޝަހީމަށް ވާހަކަދައްކަވަން ދެވުނު ފުރުސަތު ދިޔައީ ރިޔާސަތާއި ޝަހީމާއި ދެމެދު ދިޔަ މަޒާޖީ ޖަދަލުކުރުމެއްގެ ތެރެއިންނެވެ. ސަބަބަކަށްވީ ފޯޅަވަހީގެ ވަހަކަ މެންބަރު ޝަހީމް ދެއްކެވުމުންނެވެ. ރިޔާސަތުން އެކަމަށް ހުރަސް ވެސް އަޅަމުން ދިޔަފަދަ ގޮތެއް ފެނުނު ކަމަށް ބައެއް މީހުން ބުނެފައި އެބަހުއްޓެވެ.

މެންބަރު ޝަހީމް ވިދާޅުވީ ރިބްރޯޑްކާސްޓިންގެ ވާހަކައިގެ ތެރެއިން އެހެން މެންބަރަކު ރާއްޖޭގެ ކަނޑު ވިއްކާލެއްވި ވާހަކައާއި މޮރިޝަސް އިން ރާއްޖެއަށް އިހާނެތި ގޮތް ހެދި ވާހަކަ ދެއްކެވި އިރު، އެކަމުގެ ހަގީގަށް ސަރުކާރާއި، ރައްޔިތުންނާއި އަދި މަސްވެރިންނަށް ވެސް ވާ ފާއިދާއެއް އެނގިވަޑައިގަންނަވާތޯއެވެ. އެހިސާބުން ރިޔާސަތުން މެންބަރުގެ ވާހަކަ ހުއްޓުވިއެވެ.

މިއީ މެންބަރު ޝަހީމްގެ ވާހަކަ ރިޔާސަތުން ހުއްޓުވި ފުރަތަމަ ބުރެވެ. ރިޔާސަތުގެ ވާހަކައާއި ގުޅިގެން މެންބަރު ޝަހީމް މަޖާޒީ ގޮތެއްގައި ވިދާޅުވީ އޭނާއަށް ކާމިޔާބުނުވާނެ ޕްރޮޖެކްޓަކަށް ރައީސާ ކުރިމަތިނުލާނެކަމުގެ ޔަގީންކަން ރައީސަށް އަރުއްވާ ކަމަށެވެ. އަދި ކުރިމަތިލައިފިއްޔާ އިރާދަކުރެއްވިއްޔާ އެކަމެއް ކާމިޔާބުކުރައްވާނެ ކަމަށެވެ.

މިހާ ހިސާބުން އަނެއްކާ ވެސް ރިޔާސަތުން މެންބަރުގެ ވާހަކަ ހުއްޓުވިއެވެ. ދެވަނަ ފަހަރަށެވެ. ފޯޅަވަހީގެ މައްސަލައިގައި ފުށުއަރާ ބައިން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 45000 އަކަ ކިލޯމީޓަރު ނުގެއްލި މިހާރު ދާނެ ގޮތެއް ކިޔައިދެއްވައިފިއްޔާ އެއީ ވަރަށް ރަނގަޅު ގޮތެއް ކަމަށް ވިދަޅުވުމުންނެވެ.

އެހިސާބުން މެންބަރު ޝަހީމް ވަނީ އޭނާއަށް ފުރުސަތު ދެއްވީތޯ ސުވާލު ކުރައްވާފައެވެ.

ތިންވަނަ ފަހަރަށް މެންބަރުގެ ވާހަކަ ހުއްޓުވާ ރިޔާސަތުން ވަނީ ޗާގޯސްގެ ރަށްތަކަކީ އެއްވެސް ގައުމެއްގެ ސަރަހައްދުގައި ހިމެނޭ ރަށްތަކެއްގެ ގޮތުގައި ބައިނަލްއަގުވާމީ އެއްވެސް ތަނެއްގައި ކަނޑައެޅިފައި ނެތްކަމަށް ވިދާޅުވެ އެ ވާހަކަ މެންބަރަށް ހަނދާންކޮށް ދެއްވާފައެވެ.

ރައީސް ނަޝީދުގެ ވާހަކަ ނިމުމުން އަނެއްކާވެސް މަޒާޖީ ރާގެއްގައި މެންބަރު ޝަހީމް ވިދާޅުވީ ރައީސް އަޅުގަނޑަށް ފުރުސަތު ދެއްވީތޯއެވެ. މެންބަރު ވިދާޅުވީ މަޖިލިސް މިހާރު ހިނގަމުން މިދާގޮތް ވަރށް ރަނގަޅުކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެއީ ސުވާލާއި ޖަވާބުގެ ގޮތަކަށް މެންބަރުންގެ ފުރުސަތު ބަދަލުވެގެން ދިއުމުން ކަމަށެވެ.

މެންބަރު ޝަހީމްގެ ވާހަކައިގެ ތެރެއިން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. މެންބަރު ގާސިމް ވިދާޅުވީ އެޖެންޑާއަށް ބަލާލާއިރު ފެންނަނީ، ބްރޯޑްކާސްޓިންއާ ބެހޭ ގޮތުން ނައިފަރު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައި ގަރާރެއް ކަމަށެވެ. އެކަމަށް މައުޟޫ އެއްގޮތަކަށްވެސް...

މިހާ ހިސާބުން ރައީސް ނަޝީދު ވަނީ މެންބަރަށް ޝުކުރު ދަންނަވާފައި މެންބަރު ޝަހީމް ކޮންމެވެސް މިންވަރަކަށް އެކަމަށް އިޖާބަ ދެއްވުން ވަރަށް އެދެވޭ ކަމަށް ވިދާޅުވެފައެވެ.

އަނެއްކާވެސް މެންބަރު ޝަހީމްގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ އޭނާ މަޖިލީހަށް އައީ އެކަނި ކާރު ދުއްވާފައި ކަމަށެވެ. މީހަކު އަތުގައި ހިފައިގެން ނޫން ކަމަށާއި، ރީބްރޯޑްކާސްޓްކުރުމުގެ ބިލުގެ ގަރާރަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.

މެންބަރު ޝަހީމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ރައީސް (ރިޔާސަތް) ހީފުޅުކުރެއްވި އެއްވެސް ވާހަކައެއް އެތަނުގައި ދައްކަވަން ނޫޅުއްވާކަމަށެވެ.

ރިޔާސަތުން ތަކުރާރުކޮށް މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވާތީ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާއި މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ރިޔާސަތުން އަމަލުކުރަމުން އަންނަ ގޮތަކަށް ބަދަލެއް އައިސްފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދުހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު