Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުނގޫފާރު ބިން ހިއްކުން

އުނގޫފާރުގައި ބިން ހިއްކަން ފަށާނީ އަންނަ އަހަރުގެ ޖޫންގައި – މިނިސްޓަރު އަސްލަމް

އުނގޫފާރަކީ ހޮޕަރއިން ހިއްކޭނެ ރަށެއް، ހޮޕަރއިން 7 ރަށެއް ހިއްކުމަށް ލިސްޓްކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2022 | ބުރާސްފަތި 04:53
ޕްލޭނިންގ މިނިސްޓަރު އަސްލަމް ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާގައި

ޕްލޭނިންގ މިނިސްޓަރު އަސްލަމް ބުރާސްފަތި ދުވަހުގެ މަޖިލީހުގެ ޖަލްސާގައި

އެމްޓީސީސީން ދީފައިވާ ޝެޑިއުލްގައިވާގޮތުން، ރ. އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ޖޫން މަހުގައި ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އުނގޫފާރު ބިން ހިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަމަށާއި، މިދިޔަ ދެ އަހަރު ބަޖެޓުގައި ހިމަނައި އެމްޓީސީސީއާއި ކޮންޓްރެކްޓް ކޮށްފައިވާ ކަމެއް ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ. މާފަހުން ކޮންޓްރެކްޓް ކުރެވިފައިވާ މަސައްކަތް ފެށިފައިވަނީ ކީއްވެގެންތޯ، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އުނގޫފާރުގެ ބިން ހިއްކުމަށް އެމްޓީސީސީއާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި އެމްޓީސިސީން ޝެޑިއުލްއެއް ތައްޔާރުކޮށްފައިވާ ކަމަށާއި، އުނގޫފާރުގެ ބިން ހިއްކުމަށް ޝެޑިއުލް ކުރެވިފައިވަނީ ޖޫން 2023 ގައި ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ.އުނގޫފާރުގެ 10 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1150 މީޓަރުގެ ރިވެޓްމަންޓަކާއި، 75 މީޓަރުގެ ގްރޮއިން ޤާއިމުކުރެވިގެންދާނެއެވެ. 75,345,322.58 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 240 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

މަޝްރޫއުތަކުގެ ތަރުތީބު ކުރިއަށް ގެންދަވަނީ ކޮންގޮތަކުންތޯ މެންބަރު ވަހީދު ސުވާލުކުރެއްވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ 21 ރަށުގެ ބިން ހިއްކުމަށް ރާވާފައިވާއިރު ހުރިހާ ރަށަކީ އެއްލެވެލްއެއްގައި އިސްކަންދޭ ރަށެއް ނޫން ކަމަށެވެ. އަދި 4 ޑްރެޖަރު އޮވެގެން އެއްބައި ޑްރެޖަރަށް ބައެއް މަސައްކަތް ކުރެވިފައި އަނެއްބައި ޑްރެޖަރަށް އެ މަސައްކަތް ނުކުރެވޭތީ ލިސްޓެއް ތަރުތީބުކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އުނގޫފާރުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް އަގެއްހޯދާ އެއަށް ފައިނޭންސުން އެޕްރޫވް ހޯދާފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އުނގޫފާރު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ކޮންޓްރެކްޓް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްއުނގޫފާރު

އިތުރަށް ކިޔާލަން

30 އޯގަސްޓު 2023

ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް

30 އޯގަސްޓު 2023
ނިސްބަތުން ތަރައްގީ ގެނެސްދިނުމުގެ ވިސްނުމެއް ނެތް - އަސްލަމް
29 އޯގަސްޓު 2023

ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް

29 އޯގަސްޓު 2023
ޕީޕީއެމްއަށް ވެސް ފައިދާ ހުރި ގޮތަކީ ރައީސްއަށް ދެވަނަ ދައުރެއް ދިނުން: އަސްލަމް
08 އޯގަސްޓު 2023

ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް

08 އޯގަސްޓު 2023
ދިވެހިން ވެއްޖެ، ރައީސަކު އިންތިޚާބުކުރަން ވޯޓެއް ލާން: އަސްލަމް
27 ޖޫން 2023

ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި

27 ޖޫން 2023
ގޯތި ލިބޭ މީހުން ކަނޑައެޅިއިރު، ދިރިއުޅުމުގެ ޙާލަތު ބަލަން ނުދިޔަ ސަބަބުތައް މިނިސްޓަރު ކިޔާދެއްވައިފި
26 ޖޫން 2023

ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް

26 ޖޫން 2023
ފްލެޓް ލިސްޓުވެސް އޮތީ ގާތްގަނޑަަށް ނިމިފައި، މާ ގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ - އަސްލަމް
26 ޖޫން 2023

ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"

26 ޖޫން 2023
ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން ޖުލައި 15ގެ ނިޔަލަށް - "އެއްވެސް ނަމެއް އުނިވާނެ ކަމަކަށް ނުބެލެވޭ"
27 މެއި 2023

މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް

27 މެއި 2023
މި ސަރުކާރަކީ ވައުދު ފުއްދާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން: މިނިސްޓަރު އަސްލަމް
27 މެއި 2023

ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް

27 މެއި 2023
ކިތަންމެ ވަރަކަށް ތޮޅުނަސް މަޝްރޫއުތަކަށް ހުރަސް އެޅޭ ކަންކަން ކޮށްގެން ނުވާނެ: މިނިސްޓަރު އަސްލަމް
23 މެއި 2023

މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް

23 މެއި 2023
މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް
23 މެއި 2023

ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް

23 މެއި 2023
ނޭކުރެންދޫ ބަނދަރުގެ މަސައްކަތް ފެށޭނީ ކަނޑޫފަލުގެ ސަރވޭއެއް ހެދިގެން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު