Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސޭފް ހޯމް ބިން

ފިނޭންސުން ހުޅުމާލެއިން ބިން ގަތީ ރައީސް ޞާލިހުގެ ސަރުކާރުގައި އޭޑީބީ މެދުވެރިކޮށް ހޯދި ގްރާންޓު މެދުވެރިކޮށް

ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ރ. އުނގޫފާރުން އޮތީ ބިން ހަމަޖެހިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 އެޕްރީލު 2025 | ހުކުރު 13:19
ރާއްޖެއަށް އޭޑީބީގެ އެހީ ހަމަޖެހި 2022 ޑިސެމްބަރު 21 ގައި އެއިރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭޑީބީއާއެކު އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއަށް އޭޑީބީގެ އެހީ ހަމަޖެހި 2022 ޑިސެމްބަރު 21 ގައި އެއިރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭޑީބީއާއެކު އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި އޭޝިއަން ޑިވަލަޕްމަންޓް ބޭންކް (އޭޑީބީ) މެދުވެރިކޮށް ހޯދި ގްރާންޓުން ސޭފް ހޯމް އަޅަން ހުޅުމާލެއިން ބިން ގަނެ ފައިސާ ދައްކާ ހަލާސްކޮށްފި އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ނިންމި ގަޒިއްޔާގައިވާގޮތުން، މިއީ ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ އަމިއްލަ ބިމުގައި "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީ ކުރުމަށްޓަކައި އެޗްޑީސީއާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ސޯޝަލް ފެމިލީ ޑިވަލަޕްމަންޓާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ލޮޓް ނަންބަރު 11707 (A2-1) އަމިއްލަ ބިން 31،500،000 ރުފިޔާގެ އަގަށް މިނިސްޓްރީ އޮފް ފިނޭންސް އަށް ވިއްކުމަށް އެޗްޑީސީގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

މި ގަޒިއްޔާގައިވާ ގޮތުން ސޭފް ހޯމް ފެސިލިޓީ ތަރައްގީ ކުރުމަށްޓަކައި އެޗްޑީސީއާއި ފިނޭންސް އަދި ފެމިލީ މިނިސްޓްރީއާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ފިނޭންސް މިނިސްޓްރީއަށް ވިއްކާފައިވާ ބިމަކީ 10،000 އަކަ ފޫޓުގެ ބިމެކެވެ. އަދި މި ބިމުގެ އަގު ކަމުގައިވާ 31،500،000 ރުފިޔާ އެޗްޑީސީއަށް ދައްކާ ހަލާސްކޮށްފައިވާ ކަމަށް ގަޒިއްޔާގައި ބުނެފައިވެއެވެ.

އަދި ވިއްކާފައިވާ ބިމުގެ މިލްކުވެރިކަމާ މެދު ދައުވާކުރާ ފަރާތެއްވާނަމަ އެކަން 7 ދުވަހުގެ ތެރޭގައި ލިޔުމުން ކޯޓަށް އެންގުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ދައުވާއެއް ނުވަތަ ޝަކުވާއެއްވިޔަސް ހުށަހަޅާފައި ނުވާ ކަމަށް ގަޒިއްޔާގައި ބުނެފައިވެއެވެ.

މައްސަލަ ނިންމާ ނެރުނު ހުކުމުގައި ބުނެފައިވަނީ 10،000 އަކަ ފޫޓުގެ ނަންބަރު 11707 (A2-1) ބިން 31،500،000 ރުފިޔާގެ އަފަށް އެޗްޑީސީން ފިނޭންސަށް ވިއްކުމުން، އެ ބިން ގަނެ ވުޔަފާރީގެ އަގުދު ފުރިހަމަ ކޮށް ފައިސާ ދައްކާ ހަލާސްކޮށްފައިވާތީ އެ ބިމުގެ މިލްކުވެރި ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް ކަމުގައި ކަނޑައަޅާ ހުކުމްކޮށްފައިވާ ކަމަށެވެ.

ހުޅުމާލެއިން ގަތް ބިމަކީ ބިން ކަނޑައަޅައި ބިން ގަންނަން ސަރުކާރު ނިމުނު އިރު އޮތީ ފޮނުވާފައެވެ. ހުޅުމާލެ ބިމުގެ އިތުރުން އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ވެސް ސޭފް ހޯމް ގާއިމް ކުރުމަށް ބިން ގަތުމަށް ނިންމާ އެކަންވެސް އޮތީ ހަމަޖައްސާފައެވެ.

5 ޑިސެމްބަރު 2022 ގައި އޭޑީބީން އެއިރު ބުނެފައިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 7.51 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ފާސްކޮށްފައިވާ ކަމަށެވެ. އޭޑީބީގެ ވެބްސައިޓުގައިވާ ގޮތުން މި ހިލޭ އެހީގެ ދަށުން އިނޮވޭޓިވް ޖެންޑަރ އެޕްރޯޗްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި، މިއީ އިޖުތިމާއީ ހަމަތަކާއި ތަފާތުކުރުމުގެ އަމަލުތައް ބަދަލުކުރުމުގައި ކެޓަލިޓިކް ދައުރެއް އަދާކުރާ އެއްޗެކެވެ.

މީގެ އިތުރުން، ނޭޝަނަލް ސްޓެޓިސްޓިކަލް ޑޭޓާ ސިސްޓަމްގައި ހިމެނޭ ކްރިޓިކަލް ޖެންޑަރ އިކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން ޑޭޓާގެ ފަރަގުތައް ޙައްލުކުރުމުގައި ރާއްޖޭގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި، ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ޤައުމީ ބަޖެޓް ސިސްޓަމްގެ ތެރެއަށް އިންޓަގްރޭޓް ކުރުމުގައި ފިނޭންސް މިނިސްޓްރީއަށް އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ ސަބަބުން އައްޑޫ، ހުޅުމާލެ އަދި ރ. އުނގޫފާރުގައި ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ކްލައިމެޓް ރެޒިލިއަންޓް ޝެލްޓާތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ކުޑަކުދިން ބެލެހެއްޓުމާއި ގެވެށި އަނިޔާ އާއި ޖެންޑާ ބޭސްޑް ވަޔަލެންސް ސާވިސްގެ އިޖުތިމާއީ ހިދުމަތުގެ ނިޒާމު ހަރުދަނާކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިގެންދިޔައެވެ. މީގެ އިތުރުން ގެވެށި އަނިޔާ އާއި ޖެންޑާ ބޭސްޑް ވަޔަލެންސް ހުއްޓުވުމަށާއި ގެވެށި އަނިޔާ އާއި ޖެންޑާ ބޭސްޑް ވަޔަލެންސްގެ ހިދުމަތާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުން ހަރުދަނާކުރުމަށް މަދަނީ ޖަމިއްޔާތަކާއި ސަރުކާރާ ދެމެދު ޕާޓްނާޝިޕްތަކެއް ގާއިމުކުރެވިގެންދާނެ އެވެ.

މި ފަންނީ އެހީއަށް 2.5 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރެއިން 500،000 ޑޮލަރަކީ އޭޑީބީގެ ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑުން ހިލޭ އެހީގެ އުސޫލުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ އަދި ޖަޕާން ސްޕެޝަލް ފަންޑުން ހިލޭ އެހީގެ އުސޫލުން ދިން 2.0 މިލިއަން ޑޮލަރެވެ.

އޭޑީބީ އިން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކުރީ 21 ޑިސެމްބަރު 2022 ގައި ސަރުކާރުގެ ފަރާތުން އެއިރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު