Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް އިންލަންޑް ރެވެނިއު

ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު މީރާއިން އިތުރުކޮށްފި

ޖުލައި 16ގެ ކުރިން ބީޕީޓީ ބަޔާން ހުށައަޅައި ނިންމަންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 ޖޫން 2017 | ހުކުރު 22:24
 މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށައަޅަން ޖެހޭ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމުގެ މުއްދަތު ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިތުރުކޮށްފި އެވެ.

މީރާއިން ބުނީ އެ ގޮތަށް ހަމަޖެއްސީ މިއަހަރުގެ ބީޕީޓީ ބަޔާން ހުށައަޅާ ސުންގަޑި އަންނަނީ ފިތުރު އީދު ބަންދާ ގުޅިގެން ކަމަށް ވާތީ, ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކޮށް ނިންމުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.

އެ އޮތޯރިޓީން ވަނީ ބީޕީޓީ ބަޔާން ހުށައަޅަން ޖެހޭ ހުރިހާ ފަރާތްތަކުން އެ ފުރުސަތުގެ ބޭނުންކޮށްގެން ޖުލައި 16ގެ ކުރިން ބީޕީޓީ ބަޔާން ހުށައަޅައި ނިންމުމަށް އިލްތިމާސް ކޮށްފަ އެވެ.

މިރާއިން ބުނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ އިތުރުން ޖުލައި މަހުގެ ތެރޭގައި މި އަހަރުގެ ބީޕީޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ވެސް އަންނަ ކަމަށާއި އެއީ 31 ޖުލައި 2017 ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ އަހަރުގެ ބީޕީޓީ ބަޔާން ހުށައެޅުމުގެ ސުންގަޑި 16 ޖުލައި އަށް ފަސްކުރި ކަމުގައި ވިޔަސް 2017 ވަނަ އަހަރުގެ މޭ މަހުގެ ޖީއެސްޓީ ބަޔާން ހުށައެޅުމުގެ ސުންގަޑިއަކީ ޖުލައި 2 ކަމަށް މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ ބޭނުމަށް ކުންފުނިތަކުން 2016 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ހުށައަޅަން ޖެހޭ ސުންގަޑި ވެސް އަންނަ މަހުގެ 16 އަށް އިތުރުކޮށްފައިވާ ކަމަށް މީރާ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2017

އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 ސެޕްޓެމްބަރު 2017
އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 އޯގަސްޓު 2017

ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި

21 އޯގަސްޓު 2017
ޓެކްސް ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު މީރާއިން ޢާއްމުކޮށްފި
31 ޖުލައި 2017

ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

31 ޖުލައި 2017
ޑޫސާން ލައްކަ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި
24 ޖުލައި 2017

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

24 ޖުލައި 2017
މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!
06 ޖޫން 2017

ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި

06 ޖޫން 2017
ޖީއެސްޓީ ބަޔާން ހުށަހެޅޭ އުސޫލަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު