Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްއެމްއީ ލޯން

އެސްއެމްއީ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި

ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ފޯމް ބަލައިގަންނާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 08:18
 އިކޮނިމިކް މިނިސްޓްރީގެ ނައިބް އާދަމް ތައުފީޤު

އިކޮނިމިކް މިނިސްޓްރީގެ ނައިބް އާދަމް ތައުފީޤު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށާއި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނިމިކް މިނިސްޓްރީގެ ނައިބް އާދަމް ތައުފީޤު ވިދާޅުވީ އެސްއެމްއީ ލޯން ސްކީމްގެ ދަށުން މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ 38 މިލިއަން ރުފިޔާ ކަމަށެވެ. އެސްއެމްއީ ލޯނަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު ސެޕްޓެމްބަރ މަހުގެ 17 އިން ފެށިގެން ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހާހަމައަށް ހުޅުވާލާފައިވާ ކަމަށް ވެސް އާދަމް ތައުފީޤު ވަނީ ވިދާޅުވިއެވެ.

އެ ސްކީމްގެ ދަށުން ވަކިފަރުދަކު ކުރާ ވިޔަފާރިއަކަށް ދެވޭނެ އެންމެ މަތީ އަދަދަކީ ފަސް ލައްކަ ރުފިޔާއެވެ. ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ ދޫކުރެވޭނެ އެންމެ މަތީ އަދަދަކީ 1.5 މިލިއަން ރުފިޔާއެވެ.

އެސްއެމްއީ ސްކީމްގެ ދަށުން ލޯން ދޫކުރަން ހަމަޖައްސާފައިވާ ދާއިރާތަކަކީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރު ކުރުމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާ އާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީގެ ދާއިރާ އާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ އަދި ވޭސްޓް މެނޭޖްމަންޓް ދާއިރާ އާއި އޯޕަން ކެޓަގަރީ އެވެ.

ކޮންމެ ވިޔަފާރިއަކަށް ވެސް ހުށަހެޅޭނީ ބޭނުންވާ އެއް ދާއިރާއަކުން، އެއް އެޕްލިކޭޝަނެވެ.

ލޯނު އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ހުށަހަޅާ ވިޔަފާރީގެ މާލީ ހިސާބުތަކަށް ރިއާޔަތް ކުރުމަށް ފަހު، ނުވަ އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށް ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ. އަދި މުއްދަތުގައި ގިނަވެގެން އެއް އަހަރު ދުވަހުގެ ގްރޭސްގެ މުއްދަތެއް ހިމެނިދާނެއެވެ. ގްރޭސްގެ މުއްދަތުގައި އަލަށް ފަށާ ވިޔަފާރި ފިޔަވައި ލޯންގެ އިންޓްރަސްޓަށް ވާ މިންވަރު ދައްކަންޖެހޭނެއެވެ.

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

30 ސެޕްޓެމްބަރު 2017
އެންމެ ރަނގަޅު 100 ކުންފުންޏަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
25 ސެޕްޓެމްބަރު 2017

"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

25 ސެޕްޓެމްބަރު 2017
"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި
26 އޯގަސްޓު 2017

އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
އޭޑީކޭގެ ޕޯސްޓަށް ލައިކް ދީ އަދި ޝެއަރ ކޮށްގެން "ބަކަރި" އެއް ހޯދުމުގެ ފުރުސަތު
26 އޯގަސްޓު 2017

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު
06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު