Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާ

މީރާއިން އަންނަ މަހު ޓެކްސް ވީކެއް ބާއްވަނީ!

"ޓެކްސް ވީކް" ގަައި ތަފާތު ގިނަ ހަރަކާތްތަކެއް ރޭވިފައިވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 ޖުލައި 2017 | ހޯމަ 16:25
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ މީރާއިން "ޓެކްސް ވީކް" އެއް ފާހަގަ ކުރަން ނިންމައިފިއެވެ.

މީރާއިން ބުނީ، "ޓެކްސް ވީކް" ފާހަގަކުރަން ނިންމާފައިވަނީ، އަންނަ އޯގަސްޓް މަހުގެ 6 ން 11 އަށް ކަމަށެވެ.

ޓެކްސް ވީކާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން މީރާގެ އިސް އޮފިޝަލަކު ވިދާޅުވީ، "ޓެކްސް ވީކް" ގައި ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މީރާގެ "ޓެކްސް ވީކް" ގައި ބާއްވާ ޚާއްޞަ ޙަފްލާގައި ރަންލާރީގެ ނަމުގައި ޚާއްޞަ އެވޯޑެއް ދޭނެކަމަށް މީރާއިން ހާމަކުރިއެވެ. މި އެވޯޑަކީ އެންމެ ގިނައިން މީރާއަށް ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. އެގޮތުން ތަފާތު ދާއިރާތަކުން މި އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޙަފްލާގައި މީރާގެ އެޕް ލޯންޗުކުރުންވެސް އޮންނާނެކަމަށް މީރާއިން ބުނެއެވެ.

މީރާގެ "ޓެކްސް ވީކް" ގެ މައިގަނޑު ބޭނުމަކީ މީރާގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުޞަތު ޢާންމުންނަށް ހުޅުވާލައި ޓެކްސާ ބެހޭގޮތުން ޢާންމުން ހޭލުންތެރިކުރުވުންކަމަށް މީރާއިން މަޢުލޫމާތުދެއެވެ. "ޓެކްސް ވީކް"ގައި ހިންގާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި އޯޕަން ޑޭގެ ޙަރަކާތްތަކަކާއި، ލޭހަދިޔާކުރުމުގެ ޙަރަކާތަކާއި ކުޑަކުދިންގެ

ހަވީރެއް ފާހަގަކުރުން ހިމެނެއެވެ.

މިއީ މީރާއިން "ޓެކްސް ވީކް" ފާހަގަކުރާ ފަސްވަނަ އަހަރުއެވެ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
10 ފެބުރުއަރީ 2017

ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ސަރަޙައްދީ އޮފީސްތަކަށް ބަލައިގަތް ޓެކްސް ޢާމްދަނީ އިތުރުވެއްޖެ
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު