Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދެވަނަ ޑިވިޝަނުން ނިއު ކެޓުން

ކުރިޔަށް އޮތް ތަނުގައި ވެސް ނިއުރޭޑިއަންޓުގެ ކޯޗަކަށް ހުންނާނީ ސޮބާ: ވާސިފް

ސޮބާ އަކީ ހަމައެކަނި ނިއުގެ ކޯޗެއް ނޫން، އޭނާ އަކީ މެނޭޖުމަންޓުގެ ވެސް މެމްބަރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 04:13
ސޮބާހް މުޙައްމަދު

ސޮބާހް މުޙައްމަދު

ކުރިއަށް އޮތް ތަނުގައި ވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗަކަށް ހުންނާނީ ސޮބާހް މުޙައްމަދު (ސޮބާ) ކަމަށް އެ ޓީމުގެ ޗެއާމަން އަޙުމަދު ވާސިފް ބުނެފިއެވެ.

ވާސިފް މިހެން ބުނީ ދެ ވަނަ ޑިވިޝަންގެ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ބުރު ސްޕޯޓްސް ކުލަބް އަތުން ބަލިވެ ނިއު ކެޓުމާ ގުޅިގެން ސޮބާ ކުރި ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ.

މީގެ ކުރިން ވެސް ނިއުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސޮބާ ކުރި ޕޯސްޓުގައި ބުނީ، އޭނާއަށް ލިބުނީ ނިސްބަތުން ތަޖުރިބާހުރި ލިމިޓެޑް ކުޅުންތެރިން ކަމަށެވެ. ސޮބާ ބުނީ އޭނާ ނިއުރޭޑިއަންޓާ ހަވާލުވީ ރަނގަޅު މަސައްކަތެއްކޮށް, ނިއުރޭޑިއަންޓް ފުރަތަމަ ޑިވިޝަނަށް ގެންދިއުމަށް މަސައްކަތްކުރުމުގެ ހެޔޮ ނިޔަތުގައިކަމަށެވެ. ނަމަވެސް އެކަން ނުވުމުން ސަޕޯޓަރުން މާޔޫސްވާނެކަން އެނގޭކަމަށާއި, އަދި މިއީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނަށް ޤަބޫލުކުރަން ފަސޭހަ ނަތީޖާއަކަށްވެސް ނުވެދާނެކަމަށެވެ.

އެ ޕޯސްޓުގައި ވާސިފް ކުރި ކޮމެންޓެއްގައި ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ނިއުގެ ކޯޗަކަށް ހުންނާނީ ސޮބާ ކަމަށެވެ. އަދި އޭނާ ވަނީ ސޮބާ އަކީ ހަމައެކަނި ނިއުގެ ކޯޗު ނޫން ކަމަށާއި، އޭނާ އަކީ މެނޭޖުމަންޓުގެ ވެސް މެމްބަރެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން ވާސިފް ވަނީ ލިބުނު ކުޑަ ވަގުތު ކޮޅުގެ ތެރޭގައި ސޮބާ ކުރީ ރަނގަޅު މަސައްކަތައް ކަމަށް ވެސް ބުނެފައެވެ.

ސެމީ ފައިނަލްގައި ބުރު އަތުން ބަލިވުމުން، ނިއުއަށް ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާން ކުރި މަސައްކަތް ނާކާމިޔާބުވެ, އެއިންތިޒާރު އިތުރު އަހަރަކަށް ދިގުލައިފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި އޮތުމަށްފަހު، ނިއު އެކަމުން ސަލާމަތްވީ ވެސް ދެ ވަނަ ޑިވިޝަން ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ސޮބާ ވަނީ މީގެ ކުރިން ދެ ފަހަރަކު ނިއު އަށް ކޯޗުކަން ކޮށްދީފައެވެ. އެއީ 2015 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްސޮބާހު މުޙައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު