Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އަފްޣާނިސްތާނުގައި ހިންގި އަސްކަރީ ކެމްޕޭން

އަފްޣާން ހަނގުރާމައަކީ ބޮޑު ފެއިލްވުމެއް: އިނގިރޭސި ދިފާއީ ވަޒީރު

އަފްޣާނިސްތާނުން މީހުން ބޭލުމުގެ އޮޕަރޭޝަނަށް އިނގިރޭސި ސަރުކާރުން ދުވާލަކު 1 މިލިއަން ޕައުންޑް ޚަރަދު ކުރަމުން ދިޔަ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 06:03
އިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް

ދުނިޔެ ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ހުޅަނގުން ސިފަ ކުރާ ޠާލިބާން ހަނގުރާމަވެރިން، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގީ މީގެ އަހަރެއްހާ ދުވަސް ކުރިން އޯގަސްޓް 2021 ގައެވެ. އެއީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޤައުމުގެ ގޮތުގައި އެމެރިކާއިން އަފްގާނިސްތާނުގައި ކުރި 20 އަހަރުވީ ހަނގުރާމައަށް ކުއްލި ނިމުމެއް ގެނެސް، އެ ޤައުމުން ފައިބައިގެން ދިއުމާ އެކުގައެވެ.

ކަން މިހެން އޮތް އިރު، އަފްގާން ހަނގުރާމާގައި އެމެރިކާއަށް އެއްބާރުލުން ދިން އެހެން ބައިވެރިންގެ މެދުގައިވެސް ހަނގުރާމައިގެ މަގުބޫލުކަމެއް މިއަދު ނެތް ކަން ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން، 20 އަހަރު ދުވަސް ވަންދެން ހުޅަނގުން އަފްގާނިސްތާނުގައި ހިންގި އަސްކަރީ ކެމްޕޭނަކީ ބޮޑުތަނުން ފެއިލްވެފައިވާ ހަރަކާތެއް ކަމަށް، އިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.

އަފްގާނިސްތާނުގައި ހުޅަނގުން ހިންގި އަސްކަރީ ކެމްޕޭނުގައި ބައިވެރިވި އިނގިރޭސި ފައުޖުތަކުން އެތައް ސަތޭކަ ސިފައިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެ ސިފައިންގެ ފުރާނަ ދުއްވާލީ ކޮން ކަމެއް ހާސިލު ކުރުމުގެ މަޤުޞަދުގައި ތޯ، އެ ސިފައިންގެ މައިންބަފައިން ސުވާލު ކުރާނެ ކަމަށްޓަކާ ޖެހިލުން ވާ ކަމަށް ވޮލަސް ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހަކީ އަފްގާނިސްތާނުގެ ކޮންޓްރޯލް، އަނެއްކާވެސް ޠާލިބާނުންގެ މުށުތެރެއަށް ލީތާ 1 އަހަރު ފުރޭ ދުވަހެވެ. ޚާރިޖީ ބާރުތަކުން އަފްގާނިސްތާނަށް އަތްގަދަ ކުރަމުން ދިޔަ ދިއުމަށް ނިމުން އައިތާ 1 އަހަރު ފުރޭ ދުވަހެވެ. ބައިނަލްއަގުވާމީ މުޖުތަމައުއިން އަފްގާނިސްތާނު އިތުރަށް ބާކީވީތާ 1 އަހަރު ފުރޭ ދުވަސްވެސްމެއެވެ. ހަމަ އެހެންމެ، އިނގިރޭސިވިލާތުގެ އޮޕަރޭޝަން ޕިޓިންގްއަށް 1 އަހަރު ފުރޭ މުނާސަބާވެސްމެއެވެ. އޮޕަރޭޝަން ޕިޓިންގްއަކީ، 2 ވަނަ ބޮޑު ހަނގުރާމައަށް ފަހު، ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމަށް އިނގިރޭސިވިލާތުން ހިންގި އެންމެ ބޮޑު އިވަކުއޭޝަން އޮޕަރޭޝަންއެވެ.

އޮޕަރޭޝަން ޕިޓިންގްއަކީ އަފްގާނިސްތާނުގައި ތާށިވެފައި ތިބި އިނގިރޭސިވިލާތުގެ އެތައް ހާސް ރައްޔިތަކު އަނބުރާ ޤައުމަށް ގެންދިއުމަށް އަސްކަރިއްޔާ ފޮނުވައިގެން ހިންގި ވަރުގަދަ އޮޕަރޭޝަނެކެވެ. އޮޕަރޭޝަންގެ ކަންކަން ކުރިއަށް ގެންދެވުމަށްޓަކާ، ޚުދު ވޮލަސްވެސް ރޭގަނޑުގެ ނިދި ގުރުބާން ކުރެއްވި އެތައް ރެއެއް ދިޔަ ކަމަށް ވިދާޅުވިއެވެ. އެ ނުތަނަވަސްކަމުގެ ތެރެއިން ވޮލަސްއަށް މަރުގެ އިންޒާރުތަކެއްވެސް ލިބިވަޑައިގެންނެވިކަމަށް ޚަބަރު ލިބެއެވެ.

އެހާ ކުއްލި ގޮތަކަށް އަފްގާނިސްތާނުގެ ސަރުކާރު ވެއްޓިދާނެ ކަމަށް އެއްވެސް މީހަކު ލަފާ ކޮށްފައި ނުވާ ކަމަށާ، އިނގިރޭސިންނާ މެދު އަފްގާނިސްތާނުން އެހާ އިހާނެތިކޮށް އަމަލު ކޮށްފާނެ ކަމަށްވެސް އިނގިރޭސިވިލާތަށް ވިސްނިފައި ނުވާ ކަމަށް ވޮލަސް ވިދާޅުވިއެވެ.

ޠާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް އަފްގާނިސްތާނުގެ މުހިންމު ސަރަހައްދުތައް ގެންދިއުމާއެކު އަފްގާނިސްތާނު ދޫކޮށް ދިއުމުގެ ތޫފާނީ އޮއެވަރެއް ފެށުނެވެ. ހިންގި އެކި ހަމަނުޖެހުންތަކުގައި ގިނަ ބައެއްގެ ފުރާނަވެސް ގެއްލިދިޔައެވެ.

ހުޅަނގުގެ ބާރުތަކުން އަފްގާނިސްތާނު ހިފި ހިފުން ނިމިގެން ދިޔައީ ފެއިލްވެގެން ކަމަށް އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް، ރައްކާތެރިކަމާއެކު އަފްގާނިސްތާނުން މީހުން ބޭލުމުގެ އޮޕަރޭޝަނާ މެދު ފަޚްރުވެވެވަޑައިގަންނަވާ ކަމަށް ވޮލަސް ވަނީ ވިދާޅުވެފައެވެ. އެ އޮޕަރޭޝަނަށް، އިނގިރޭސި ސަރުކާރުން ދުވާލަކު 1 މިލިއަން ޕައުންޑް ޚަރަދު ކުރަމުން ދިޔަ ކަމަށްވެސް ވޮލަސް ވަނީ ހާމަ ކުރައްވާފައެވެ. އަދި އެކަމާ ހިތާމަ ނުކުރައްވާ ކަމަށްވެސް ވޮލަސް ވަނީ ވިދާޅުވެފައެވެ.

އަފްޣާނިސްތާންއެމެރިކާތާލިބާންއިނގިރޭސި ޑިފެންސް ސެކްރެޓަރީ ބެން ވޮލަސްދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު