Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެރިން އެކްސްޕޯ

ޕޮންޓޫން ބޯޓާއި، އިތުރު އެތައް ޕްރޮޑަކްޓްތަކަކާއެކު ހަސަން މެރިންއިން ތަފާތު ދައްކާލައިފި

ހަސަން މެރިންގެ ހުރިހާ ޕްރޮޑަކްޓެއް އެކްސްޕޯގައި ވަނީ ދައްކާލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2022 | ހޮނިހިރު 15:01
އެކްސްޕޯގައި ދައްކާލި ޕޮންޓޫން ބޯޓު

އެކްސްޕޯގައި ދައްކާލި ޕޮންޓޫން ބޯޓު

ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ތައާރަފްކުރާ ޕޮންޓޫން ބޯޓާއި އިތުރު ޕްރޮޑަކްޓްތަކާއެކު ހަސަން މެރިންއިން މި ފަހަރުގެ މެރިން އެކްސްޕޯގައި ތަފާތު ދައްކާލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ހަސަން މެރިންގެ ޖެނެރަލް މެނޭޖަރ މަހުމޫދު ޒިޔާއު ވިދާޅުވީ، ހަސަން މެރިންގެ ހުރިހާ ޕްރޮޑަކްޓެއް އެކްސްޕޯގައި ދައްކާލެވޭތޯ މަސައްކަތްކޮށްފައިވާކަމަށެވެ. މިފަހަރު ހަސަން މެރިންއިން އެކްސްޕޯގައި ދައްކާލި އުފެއްދުންތަކުގެ ތެރޭގައި އެކުއާ މެރީނާ ފާހަގަކޮށްލެވެއެވެ. ބައިނަލް އަގުވާމީގޮތުން މަޝްހޫރު އެކުއާ މެރީނާގައި ވޯޓަރ ސްޕޯސްއާއި ވޯޓަރ ބޯޑްސްއަށް ޚާއްސަ އެސްޔޫޕީގެ ފުލް ލައިނެއް ހިމެނެއެވެ.

ޒިޔާއު ވަނީ، ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކުރި ޕޮންޓޫން ބޯޓަކީ ރާއްޖޭގެ މާހައުލާ ގުޅޭ ބޯޓެއްކަން ފާހަގަކުރައްވާފައެވެ.

މެރިން އެކްސްޕޯގައި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައުޓްބޯޑު އިންޖީނު ގެންގުޅޭ މަރކިއުރީ މެރިންގެ އުފެއްދުންތައްވެސް ވަނީ ދައްކާލާފައެވެ. މިއީ ހަސަން މެރިންއިން އޮތަރައިޒްކޮށް ޑިސްޓްރިބިއުޓްކުރަމުންދާ އުފެއްދުމެކެވެ. ހަސަން މެރިންއިން 3.3 ހޯރސްޕަވަރުން ފެށިގެން 500 ހޯސްޕަވަރާ ހަމައަށް އައުޓްބޯޑު އިންޖީނު ލިބެންހުރިއިރު އެ އުފެއްދުންތައްވެސް މިފަހަރުގެ އެކްސްޕޯގައި ވަނީ ދައްކާލާފައެެވެ. މީގެ އިތުރުން މަރކިއުރީ ޑީސެލް އިންޖީނާއި، ކްރޫޒަރ ލައިން ޕެޓްރޯލް އިންބޯޑު އިންޖީނުވެސް މިފަހަރުގެ އެކްސްޕޯގައި ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން ލޯންޗުފަހަރުގެ ރިގިންއާއި ލައިޓް އަދި ސްޓިއަރިން ސިސްޓަމްފަދަ ތަކެތިވެސް ހަސަން މެރިންއިން ވަނީ ދައްކާލާފައެވެ.

ހަސަން މެރިންއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާގައި އެންމެ އިތުބާރު ލިބިފައިވާ ތަޖުރިބާ ކާރު އެއް ކުންފުންޏެވެ. އަދި އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މޮޅު ޕްރޮޑަކްޓްތަކެކެވެ.

ހަސަން މެރިން އިންޖީނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްމޯލްޑިވްސް މެރިން އެކްސްޕޯ

އިތުރަށް ކިޔާލަން

17 މާރިޗު 2023

މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!

17 މާރިޗު 2023
މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!
15 މާރިޗު 2023

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

15 މާރިޗު 2023
މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި
28 ފެބުރުއަރީ 2023

މެރިން އެކްސްޕޯ 2023: ޑައިވިން ޕްރޮމޯޓްކުރަން ހާއްސަ ފުރުސަތުތަކެއް

28 ފެބުރުއަރީ 2023
މެރިން އެކްސްޕޯ 2023: ޑައިވިން ޕްރޮމޯޓްކުރަން ހާއްސަ ފުރުސަތުތަކެއް
13 އޯގަސްޓު 2022

އުރީދޫގެ ތަފާތު ފެނިލުމެއް: މި ފަހަރު ޓްރެކިން ޑިވައިސްތަކާއި އެކު!

13 އޯގަސްޓު 2022
އުރީދޫގެ ތަފާތު ފެނިލުމެއް: މި ފަހަރު ޓްރެކިން ޑިވައިސްތަކާއި އެކު!
13 އޯގަސްޓު 2022

އަންނަ އަހަރުގެ އެކްސްޕޯއަށް އެމްޓީސީސީން ކުރާ އުންމީދު ބޮޑު: އާޒިމް

13 އޯގަސްޓު 2022
އަންނަ އަހަރުގެ އެކްސްޕޯއަށް އެމްޓީސީސީން ކުރާ އުންމީދު ބޮޑު: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު