Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމެރިން އެކްސްޕޯ

މޯލްޑިވްސް މެރިން އެކްސްޕޯގެ 8 ވަނަ އެޑިޝަން ނިންމާލައިފި

މެރިން އެކްސްޕޯ ކުރިއަށްގެންދިޔައީ މިމަހުގެ 15 އިން 18 އަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 މާރިޗު 2023 | އާދީއްތަ 02:18
ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް މެރިން އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ މޯލްޑިވްސް މެރިން އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން

މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯ ނިންމާލައިފިއެވެ.

މިއަހަރު ބާއްވާފައިވަނީ މި އެކްސްޕޯގެ 8 ވަނަ އެޑިޝަންއެވެ. މި އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ މާރޗް 15 އިން 18 އަށެވެ.

4 ދުވަހަށް ކުރިއަސްގެންދިޔަ މި އެކްސްޕޯގައި ރާއްޖޭގެ މެރިން އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ވަނީ ބައިވެރިވެފައެވެ. މިގޮތުން މި ދާއިރާގެ 100 އަށްވުރެ ގިނަ ކުންފުނިން އެކްސްޕޯގައި ބައިވެރިވެފައިވެއެވެ. އަދި 170 ޔުނިޓު ބަހައްޓާފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އެކްސްޕޯއެވެ.

ބޯޓުފަހަރާ ގުޅުންހުރި ސްޓޯލްތަކުގެ އިތުރުން ޑައިވިންގއާއި، މޫދު ކުޅިވަރުތަކަށް ޚާއްސަ ސްޓޯލްތައްވެސް މިފަހަރުގެ އެކްސްޕޯގައި ބަހައްޓާފައިވެއެވެ. މިއީ މެރިން އެކްސްޕޯއެއްގެ ތެރެއިން ޑައިވިން އާއި މޫދު ކުޅިވަރުތަކަށް ބައެއް ޚާއްސަކުރެވުނު ފުރަތަމަ ފަހަރެވެ.

ގިނަ ބައިތަކަކާއެކު މިއަހަރުގެ މެރިން އެކްސްޕޯ ނިންމާލާފައިވާއިރު މިއަހަރުގެ އެކްސްޕޯއަށް 7،000 އަށްވުރެ ގިނަ ފަރާތަކުން ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ރިސޯޓުތަކުންނާއި، އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކާއި، އާންމުން ހިމެނެއެވެ.

ބޯޓިން އެސޯސިއޭޝަނުން ބުނީ އަބަދުވެސް މަސައްކަތްކުރަނީ މި އެކްސްޕޯ އަހަރަކަށްވުރެ އަހަރެއް ބޮޑުކޮށް ފުޅާކުރުމަށް ކަމަށެވެ. އަދި އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ގިނަ އެގްޒިބިޓަރުންނާއެކު ކުރިއަށްގެންދަން މަސައްކަތްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
12 އެޕްރީލު 2017

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

12 އެޕްރީލު 2017
ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
15 ޖެނުއަރީ 2017

މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ

15 ޖެނުއަރީ 2017
މާކެޓިން އެކްސެލެންސް އެވޯޑް ހަސަން މެރިންއަށް ލިބިއްޖެ
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު