Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މެރިން އެކްސްޕޯ

ބޯޓިން އެސޯސިއޭޝަނުން މެރިން އެކްސްޕޯ އާ ހަރުފަތަކަށް ގެންދިއުމުގެ އުންމީދުގައި!

މެރިން އެކްސްޕޯ އޮންނާނީ މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2022 | ހުކުރު 08:40
މެރިން އެކްސްޕޯގެ ތެރެއިން

މެރިން އެކްސްޕޯގެ ތެރެއިން

ދެން އަންނަ އެކްސްޕޯއެއް މޫދާއި އެއްކޮށް އޮންނަ ތަނެއްގަ ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވްސް ބޯޑިންގ އެސޯސިއޭޝަންއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ މެރިން އެކްސްޕޯ އަކީ މިހާރުވެސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯކަމަށް ވާއިރު، މި އެކްސްޕޯއަށް އަހަރުން އަހަރަށް ލިބެމުންދާ ތަރުހީބު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. މިއީ ބޯޓިން ދާއިރާގެ ޚިދުމަތްދޭ ފަރާތްތަކުން އެއްތަނަކުން ބައްދަލުވުމުގެ އިތުރުން، މި ދާއިރާއިން ލިބެން ހުރި ޚިދުމަތްތަކާއި ޕްރޮޑަކްޓްތައް ދެނެގަތުމަށް ކަސްޓަމަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މިއީ މެރިން އެކްސްޕޯ ބާއްވާ 7 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މެރިން އެކްސްޕޯއާ މެދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން މޯލްޑިވްސް ބޯޑިންގ އެސޯސިއޭޝަންގެ ރައީސް އިސްމާއިލް ހަމީދު ވަނީ މި އެކްސްޕޯއަކީ ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ވެސް ފުޅާކޮށް ކުރިއަށްގެންދާ އިވެންޓަކަށް ހެދުމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. މި އެކްސްޕޯ އަކީ މެރިން އިންޑަސްޓްރީގެ "މާކެޓް ޕްލޭސް"ގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ކޮންމެ އަހަރަކު ވެސް މެރިން އެކްސްޕޯ ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކްސްޕޯ ބާއްވާ ތަނުގެ ދަތިކަންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ވިއްސާރަވުމުގެ ސަބަބުން އެކްސްޕޯ ބޭއްވުމަށް ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ގޮންޖެހުންތަކާއި އެކުގައި ވެސް މެރިން އެކްސްޕޯ ވެފައި ވަނީ ކާމިޔާބު އެކްސްޕޯ އަކަށްކަން އިސްމާއިލް ފާހަގަކުރެއްވިއެވެ. އެގޮތުން މި އަހަރު 60 ބައިވެރިންނާ އެކު ކުރިއަށްދާ މި އެކްސްޕޯގައި ކުރީ އަހަރުތަކަށް ވުރެ ގިނަ ބޯޓުތައް ޑިސްޕްލޭކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ބާއްވާ މެރިން އެކްސްޕޯ މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

ކޮންމެ އަހަރަކު ބާއްވަމުން އައި އެކްސްޕޯ އަށް ކޮވިޑް-19 އާއި ގުޅިގެން މެދުކެނޑުމެއް އައެވެ. މި އެކްސްޕޯގައި ދިވެހިރާއްޖޭގެ އެންމެ މަޤްބޫލު ބޯޓް ބިލްޑަރުންނާއި، އިންޖީން ބްރޭންޑްތަކާއި، ބައިނަލްއަޤްވާމީ މެރިން ބްރޭންޑްތަކުގެ އިތުރުން ވޯޓަރ ސްޕޯރޓްސްއާއި ޑައިވް ބްރޭންޑްތަކުން ވަނީ ބައިވެރިވެފައެވެ. މި އެކްސްޕޯގެ ތެރެއިން ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމާއި، ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން އައު ޕްރޮޑަކްޓްތައް ލޯންޗްކުރުމާއި ތަފާތު އެތައް ހަރާކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް މޯލްޑިވްސް މެރިން އެކްސްޕޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު

ބޯޓިން އެސޯސިއޭޝަނުގެ ރައީސަކަށް އާމިރު މަންސޫރު

22 ނޮވެމްބަރު 2023
ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

04 ނޮވެމްބަރު 2023
ލައިފް ޖެކެޓު އެޅުމުގެ މުހިންމުކަމާގުޅޭ ޚާއްސަ ޕްރޮގްރާމުތަކެއް ބާއްވައިފި

ލައިފް ޖެކެޓު އެޅުމުގެ މުހިންމުކަމާގުޅޭ ޚާއްސަ ޕްރޮގްރާމުތަކެއް ބާއްވައިފި

02 ނޮވެމްބަރު 2023
މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!

މެރިން އެކްސްޕޯގެ ތިންވަނަ ދުވަސް: ތަރުހީބު ބޮޑު!

17 މާރިޗު 2023
މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

މޯލްޑިވްސް މެރިން އެކްސްޕޯ ފަށައިފި

15 މާރިޗު 2023

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު