Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފަނޑިޔާރުން

ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއް އަދާކޮށްލުމެއް ނޫން: ހިސާން

ފަނޑިޔާރުކަމުގެ ހުވަޔާއެކު ޙަވާލުވެގެންދަނީ ވަރަށް ބޮޑު ޒިންމާއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 އޯގަސްޓު 2022 | ބުރާސްފަތި 08:11
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން

ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއް އަދާކޮށްލުމެއް ނޫންކަމަށް ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން އެހެން ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓަށް އަލަށް އައްޔަނު ކުރެއްވި ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ހިސާން ވަނީ ފަނޑިޔާރުކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދެއްވުމަށް ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ.

ހިސާން ވިދާޅުވީ، ފަނޑިޔާރުކަމުގެ ހުވަޔާއެކު ޙަވާލުވެގެންދަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެގޮތުން ފަނޑިޔާރުންގެ މަސައްކަތްތަކަކީ އެތަކެއް ބައެއްގެ ޙައްޤުތަކާއި ގުޅިފައިވާ މަސައްކަތެއްކަން ހިސާން ފާހަގަ ކުރެއްވިއެވެ.

މި މަސައްކަތަކީ ފަރުވާ ކުޑަކުރެވޭ ޒާތުގެ މަސައްކަތެއް ނޫންކަންވެސް ހިސާންގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އެގޮތުުން އެކަންކަމަކީ އަދުލަށް ނޫން ގޮތަކަށް ނިމިގެންވާނެ ކަންކަމެއްވެސް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.

ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއް އަދާކޮށްލުން ނޫންކަމަށް ހިސާން ވިދާޅުވިއެވެ. އެގޮތުން އެއީ ދީނީ ގޮތުންނާއި، ދުނިޔަވީ ގޮތުންވެސް ވަރަށް ބޮޑު ހިއްސާއެއް އޮތް މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.

ހިސާން ވަނީ ފަނޑިޔާރުކަމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުން މަތީ ދެމިތިބުމަށް ފަނޑިޔާރުންނަށް ގޮވާލައްވާފައެވެ. އެއީ ހަމައެކަނި ލިބިފައިވާ ތައުލީމުގެ މައްޗަށް ބިނާކޮށް ކުރެވިދާނެ ކަމެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ފަނޑިޔާރުންނަކީ އިލްމާއި ހިލްމުގެ ވެރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ކ.މާލެ މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ.ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުޙައްމަދު ސަލީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ވަނީ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު