Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ދަ ހިއުމަން ޓޯލް އޮފް ޔޫއެސް މެޑްލިންގް

އެމެރިކާއަށް ފަރުމާ ކުރި ޑިމޮކްރަސީއާއެކު މެދުއިރުމައްޗަށް ކާރިސާ: ޗައިނާ ޑޮކިއުމަންޓްރީ

ދަ ހިއުމަން ޓޯލް އޮފް ޔޫއެސް މެޑްލިންގް ޑޮކިއުމަންޓްރީ ބުނާ ގޮތުގައި، 21 ވަނަ ޤަރުނަށް ފެށިފަހުން މެދުއިރުމަތީގެ ޤައުމުތަކުގައި ހަނގުރާމަ ހުއްޓިފައެއް ނުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2022 | ބުރާސްފަތި 05:38
މިއީ 3 އެޕިސޯޑްގެ މައްޗަށް ބަހާލާފައިވާ ޗައިނާގެ ޑޮކިއުމަންޓްރީއެއް

މިއީ 3 އެޕިސޯޑްގެ މައްޗަށް ބަހާލާފައިވާ ޗައިނާގެ ޑޮކިއުމަންޓްރީއެއް

އެމެރިކާގެ ބައްޓަމަށް ފަރުމާ ކޯށްފައިވާ ޑިމޮކްރަސީއާއި އެއް ފަރާތަކަށް އަސަރު ފޯރާ ގޮތަށް އަޅަމުންދާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މެދުއިރުމަތީގެ ޤައުމުތަކުގައި ކާރިސީ ހާލަތު އުފެދި، އިޖުތިމާއީ ތަރައްގީ ނުއަތަށް އެނބުރެމުންދާ ކަން ދޭހަކޮށްދޭ މޭރުމަކުން ތައްޔާރު ކޮށްފައިވާ ޑޮކިއުމަންޓްރީއެއް، ޗައިނާގެ ދައުލަތުން ކޮންޓްރޯލް ކުރާ ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވަރކް (ސީޖީޓީއެން)އިން ދުރަށް ދައްކައިފިއެވެ.

"ދަ ހިއުމަން ޓޯލް އޮފް ޔޫއެސް މެޑްލިންގް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީ ބުނާ ގޮތުގައި، 21 ވަނަ ޤަރުނަށް ފެށިފަހުން މެދުއިރުމަތީގެ ޤައުމުތަކުގައި ހަނގުރާމަ ހުއްޓިފައެއް ނުވެއެވެ. ހަމަލާ ބަދަލު ކުރުންތަކަށް ނިމުމެއް ނާދެއެވެ. މުޖުތަމައުން އުފުލަމުންދާ ވޭންތަކަށް ނިމުމެއް ނެތެވެ. ސުލްހައާއި ހަމަޖެހުމެއް ނެތެވެ.

ޗައިނާގެ ޑޮކިއުމަންޓްރީގައި ހިމަނާފައިވާ އެއް ބަސްދީގަތުމަކީ، އދގެ ކުރީގެ ހާއްސަ ރެޕަޗުއަރ، އިދްރީސް ޖަޒައިރީގެ ބަސްދީގަތުމެކެވެ. އެ ބަސްދީގަތުމުގައި ޖަޒައިރީ ވަނީ، ސޫރިޔާގެ މަސްރަހަށް ތަފްސީލީ ނަޒަރަކުން އަލިއަޅުއްވާލައްވަފައެވެ. އެގޮތުން ސޫރިޔާއަކީ ވިލާތުގެ ޤައުމުތަކާ އެއް ފެންވަރުގެ ދިރިއުޅުމެއް ބިނާވެފައި އޮތް ޤައުމެއް ކަން ފާހަގަކުރައްވަމުން، ޖަޒައިރީ ވަނީ، ސޫރިޔާއަކީ އަމިއްލައަށް ފުދިގެން އުޅުނު ޤައުމެއް ކަމަށް ވިދާޅުވެފައެވެ. ކާބޯތަކެއްޗާއި ދިރިއުޅުމުގެ އެހެން ކަންކަމުގައިވެސް ސޫރިޔާ އޮތީ ވިލާތު ފެންވަރުގައި ކަމަށް ވިދާޅުވަމުން ޖަޒައިރީ ވަނީ، ސޫރިޔާގެ ކުޑަކުދިންގެ އާބާދީގެ 95 ޕަސެންޓް ކުދިންނަކީ ހުރިހާ ވެކްސިނެއްވެސް ފުރިހަމަ ކުރި ކުދިންތަކެއްކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް، ހާލަތު މިއަދު ބަދަލުވެއްޖެ ކަމަށާއި، ބޯނެ ފެންފޮދެއްވެސް އެ ޤައުމުގެ ރައްޔިތުންނަށް ނެތް ކަން ޖަޒައިރީ ވަނީ ފާހަގަކުރައްވާފައެވެ. 8 ޕަސެންޓްގައި ހުރި ވަޒީފާ ނެތް މީހުންގެ ނިސްބަތް، މިއަދު 50 ޕަސެންޓަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ޤައުމު ކުރިއަރާ ދިއުމުގެ ދުވެލި އޮތީ އިންތިހާ ފަޤީރު ކަމުގެ ދަރަޖާގައި ކަމަށްވެސް ޗައިނާގެ ޑޮކިއުމަންޓްރީގައި ހިމަނާފައިވާ އދގެ ކުރީގެ ރެޕަޗުއަރގެ ބަސްދީގަތުމުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަށް ބާރު ދީ، ސޫރިޔާގެ ރައްޔިތެއްގެ ވާހަކަތައްވެސް ސީޖީޓީއެންގެ ޑޮކިއުމަންޓްރީގައި ވަނީ ހިމަނާފައެވެ. އެގޮތުން ބަޝާރު ނަޖުލާ ނަމަކަށް ކިއާ މީހަކު ބުނެފައިވާ ގޮތުގައި އޭނާއަށް ދުވާލެއްގެ މައްޗަށް ލިބެނީ 3000 ނުވަތަ 4000 ސޫރިއަން ޕައުންޑްއެވެ. އެ ފައިސާއަށް 1 ކިލޯގްރާމްގެ ދޮންކެޔޮވެސް ނުގަނަވޭ ކަމަށް އެމީހާ ބުނެފައެވެ.

ސޫރިޔާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން މީގެ ކުރިން ކުރެއްވި އިމާދު މުސްޠަފާގެ ވާހަކަވެސް ހުރީ އެފަދަ ރޫހެއްގައެވެ. އެގޮތުން އެމެރިކާއިން ސޫރިޔާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒު ވަނީ، މުޖުތަމައުގެ އެންމެ ނިކަމެތި މީހުންނަށް ކަމަށް އޭނާގެ ބަސްދީގަތުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން މެދުއިރުމަތީގެ ޤައުމުތައް ހަފުސްވެފައިވާ ކަން އަންގައިދިނުމަށް ޗައިނާއިން ތައްޔާރު ކުރި ޑޮކިއުމަންޓްރީގައި އީރާންގެ މަސްރަހަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ކޮވިޑްގެ ބަލިމަޑުކަމުގައި ޤައުމުތަކުން ތަކުލީފުތައް އުފުލަމުން ދިޔައިރު، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާންގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށް ސީޖީޓީއެންގެ ޑޮކިއުމަންޓްރީގައި ފާހަގަ ކޮށްފައިވެއެވެ.

ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ފޯރިއެއް ދާއިރާއަކީ އީރާންގެ ބޭސްފަރުވާގެ ދާއިރާއެވެ. ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ބޭރު ޤައުމުތަކުން ހޯދަން ޖެހޭ ބޭސް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް، އީރާންގެ މަލްޓިޕަލް ސްލެރޯސިސް (އެމްއެސް) ސޮސައިޓީގެ އިސްވެރިޔާ ވަނީ ޗައިނާގެ ޑޮކިއުމަންޓްރީގައި ވިދާޅުވެފައެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ބޭސް އުފައްދާ ބޮޑެތި ކުންފުނިތަކުން، އެމެރިކާ ދެކެ ގަންނަ ބިރެއްގެ ސަބަބުން، އީރާނަށް ބޭސް ވިއްކަން ޖެހިލުންވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ކުރި ހަނގުރާމަތަކަށް ފަހު، ސޫރިޔާ، ލީބިޔާ، އަފްޣާނިސްތާން އަދި އިރާޤުފަދަ ޤައުމުތަކުން، އިހު އޮތް ހާލަތަށް ރުޖޫއަވެ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް އަދި ކިހާ ދުވަހެއް ހޭދަ ކުރަން ޖެހޭނެ ތޯވެސް، 3 އެޕިސޯޑްގެ މައްޗަށް ބަހާލާފައިވާ ޗައިނާގެ ޑޮކިއުމަންޓްރީގައި ވަނީ ސުވާލު އުފައްދާފައެވެ.

އަތުގައި އޮތް ހަމައެކަނި ހަތިޔާރަކީ މަރުތޭލެއް ކަމުގައި ވަނީ ނަމަ، ކޮންމެ މައްސަލައަކީ މޮހޮރެއް ކަމަށް ސިފަކޮށް، ޗައިނާގެ ޑޮކިއުމަންޓްރީގައި އެމެރިކާގެ އަމަލުތަކަށް ވައްބަހުންވެސް ޖަހާފައިވެއެވެ.

މި ދަނޑިވަޅަކީ ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާގެ ހީނަރު ގުޅުން އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ. އެމެރިކާއާއި ޗައިނާގެ ހީނަރު ގުޅުން އިންތިހާއަށް ނުތަނަވަސްވެފައި ވަނީ، ޗައިނާއިން ވަރުގަދަ އިންޒާރުތަކެއް ދެމުން ދަނިކޮށްވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ނައިބު ރައީސް، ނޭންސީ ޕެލޯސީ، އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާއިން ވަކާލާތު ކުރާ ޓައިވާންއަށް ކުރެއްވި ދަތުރާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު