Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް

ލިބުނު ވަގުތާ ބަލާފަ މިއީ ކުރިއެރުމެއް: ޝައްފާން

ޝައްފާން ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2022 | އަންގާރަ 05:41
ރާއްޖޭގެ ޓީޓީ ތަރި އިސްމާއިލް ޝައްފާން

ރާއްޖޭގެ ޓީޓީ ތަރި އިސްމާއިލް ޝައްފާން

މުބާރާތަށް ތައްޔާރުވުމަށް ލިބުނު ވަގުތާ ބަލާފައި، ކުރިއެރުމެއް ލިބުނު ކަމަށް ޤަބޫލުކުރެވޭ ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ އިސްމާއިލް ޝައްފާން ބުނެފިއެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓީޓީ ފިރިހެން ސިންގަލްސްގައި ޝައްފާން ވަނީ ވާދަކޮށްފައެވެ. ޝައްފާން ވަނީ މުބާރާތުގެ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. ފުރަތަަމަ ބުރުގައި ޝައްފާން ނުކުތީ ޓޯގޯގެ އަޓާރޫ އަސޫއާ ދެކޮޅަށެވެ. އޭނާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައި، ޝައްފާން ވަނީ ގަދަ 32 ކުޅުްތެރިންގެ ބުރަށް ދަތުރުކޮށްފައެވެ. އެ ބުރުގައި އަޒަރުބައިޖާންގެ އާދިލް އަހުމަދު ޒާދާ ވާދަކޮށް ވެސް ޝައްފާން ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. އެއީ، 11-09، 11-03 އަދި 11-09 އިން ސެޓުތައް ހޯދައިގެންނެވެ.

ގަދަ 16 ގައި ޝައްފާން ނުކުތީ އީރާންގެ ސައްޔިދު އާމިރު ހުސެއިން ހޯދާއީއާ ދެކޮޅަށެވެ. އޭނާ އަތުން ޝައްފާން ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެއީ 11-09، 11-6 އަދި 11-07 އިންނެވެ.

ޝައްފާން ބުނީ އައު ކޯޗަކާއެކު މުބާރާތަށް ތައްޔާރުވާން ލިބުނު ވަގުތާ އަޅާ ބަލާއިރު، ރަނގަޅު ކުރިއެރުމެއް ލިބުނު ކަމަށެވެ. މީގެ އިތުރުން ޝައްފާން ބުނީ އާމަޒަކަށްވީ ވީހާވެސް ރަނގަޅަށް ޕާފޯމް ކުރުން ކަމަށާއި، އުންމީދުކުރި ވަރަށްވުރެ ރަނގަޅަށް ކުޅެވުން ކަމަށެވެ. ޝައްފާން ބުނީ މުބާރާތަކަށް އޭނާ އައީ ވަރަށް ދުވަހަށްފަހު ކަމަށާއި، އެ ހުރިހާ ކަމަކަށް ބަލާއިރު، ކުޅުމާމެދު ހިތްހަމަ ޖެެހޭ ކަމަށެވެ.

ޝައްފާން ބުނިީ އެންމެ އުނގަދޫކަމަކަށް ދިމާވީ ގިނަ މެޗު ކުޅެން ނުލިބުމުގެ މައްސަލަ ކަމަށެވެ.

އިތުރަށް ޝައްފާން ބުނީ އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ މޮޅުވާން ކަމަށެވެ. ޝައްފާން ފާހަގަ ކުރި ގޮތުގައި ރަނގަޅު ކޯޗެއްގެ އިރުޝާދުގެ ދަށުން އަހަރެއްހާ ދުވަހު ފަރިތަކުރުންތައް ލިބުނަސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. އަލަށް ގެނައި ކޯޗާއެކު ފަރިތަކުރެވުނީ މަދު ދުވަސް ކޮޅެއްކަން ފާހަގަ ކުރަމުން ޝައްފާން ބުނީ، އެ މުއްދަތުގައި ކޯޗު ބުނެދިން ކަންކަމާއެކު ކުޅުނީމާ ރަނގަޅު ކުޅުމެއް ދެއްކޭ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ކޯޗުގެ އިރުޝާދުގެ ދަށުން ކުރިއަށް ދިޔައީމަ ރަނގަޅުވާނެ ކަމަށް ޝައްފާން ބުންޏެވެ.

ގޭމްސްގައި ސިންގަލްސް އިވެންޓުތަކަށްފަހު ދެން ރާއްޖެ އަށް އޮތީ ޓީމު އިވެންޓެވެ. ރާއްޖޭގެ ފިރިހެން ޓީމު ހިމެނިފައިވަނީ ބަންގްލަދޭޝް އަދި އިރާނާއެކު އެއް ގްރޫޕެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު