Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލީގަށް ވާދަކުރެވޭ ވަރުގެ ސްކޯޑެއް އާސެނަލްގައި އެބަ އޮތް

ވިއެރާ ބުނީ އާސެނަލަށް އަލަށް ގެނައި ކުޅުންތެރިންނާއެކު އެ ޓީމު ވަރުގަދަވެއްޖެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޯގަސްޓު 2022 | އާދީއްތަ 08:23
ކްރިސްޓަލް ޕެލެސްގެ ކޯޗު ޕެޓްރިކް ވިއެރާ

ކްރިސްޓަލް ޕެލެސްގެ ކޯޗު ޕެޓްރިކް ވިއެރާ

މިސީޒަނުގެ ޕްރިމިއަރ ލީގަށް ވާދަކުރެވޭ ވަރުގެ ވަރުގަދަ ސްކޮޑެއް އާސެނަލްގައި އެބަ އޮތް ކަމަށް ކްރިސްޓަލް ޕެލެސްގެ ކޯޗު ޕެޓްރިކް ވިއެރާ ބުނެފިއެވެ.

މިފަހަރުގެ ސީޒަންގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ކްރިސްޓަލް ޕެލެސްގެ މައްޗަށް 2-0 އިން ކުރި ހޯދާފައެވެ. އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ވިއެރާ ބުނީ އާސެނަލަށް އަލަށް ގެނައި ކުޅުންތެރިންނާއެކު އެ ޓީމު ވަރުގަދަވެއްޖެ ކަމަށެވެ. އެއާއެކު އާސެނަލަކީ މިފަހަރުގެ ލީގަށް ވާދަކުރެވޭ ވަރުގެ ޓީމެއް ގޮތުގައި ފެންނަ ކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އާސެނަލުން ވަނީ ކުޅުންތެރިންތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ އެއް ގަދަ ބާރު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އައި ދެ ކުޅުންތެރިޔަކު ހިމެނެއެވެ. އެއީ ގަބްރިއެލް ޖީސޫސް އާއި އޮލެކްޒެންޑަ ޒިންޗެންކޯއެވެ. ލީގުގައި އާސެނަލުން ކުޅުނު ފުރަތަމަ މެޗުގައި މި ދެ ކުޅުންތެރިން ކުޅުނުއިރު، ދެ ކުޅުންތެރިން ވެސް ވަނީ ހުނަރުވެރި ކުޅުމެއް ދައްކާފައެވެ.

އައު ކުޅުންތެރިންނާ ބެހޭ ގޮތުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުޅުންތެރިންނާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، ބޭނުންވާ ނަތީޖާއާ ހަމައަށް ވާސިލްވެވޭނެ ކަމުގެ ބޮޑު އުންމީދެއް އޮތް ކަމަށެވެ. އާސެނަލުން މިފަހަރު އަމާޒު ހިފާފައިވަނީ ލީގުގެ ގަދަ ހަތަރަކުން ޖާގައެއް ހޯދައި، ޗެމްޕިއަންސް ލީގުގައި ކުޅުމެވެ.

މިދިޔަ ސީޒަން ފެށިގެން ލީގުގެ ގަދަ ހަތަރަކަށް އާސެނަލުން ވާދަކުރަމުން އައި ނަމަވެސް. އެންމެ ފަހުން ލީގު ނިންމާލަން ޖެހުނީ ފަސް ވަނައިގައެވެ.

އާސެނަލްޕްރިމިއަރ ލީގުޕެޓްރިކް ވިއެރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު