Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

ވެރިކަން ދިފާއުކުރުމަށް ރައީސް މައުމޫން ވެސް ހައްޔަރުކޮށްފާނެ: އަހުމަދު އަބްދުﷲ

16 ޖޫން 2017 | ހުކުރު 00:14

ވެރިކަން ދިފާއު ކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 16 ޖޫން 2017 | ހުކުރު 00:14
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް ހައްޔަރުކޮށް ޖަލަށް ލެވޭނެ ހާލަތެއް ނެތް ކަމަށް ކުރީގެ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ ޚުދުމުހުތާރު ވެރިކަމެއް ކަމަށެވެ. ވެރިކަން ދިފާއު ކުރެއްވުމަށް ކުރެވެން ހުރި ހުރާ ކަމެއް އެމަނިކުފާނު ކުރައްވާނެ ކަން ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތް ކުރާ ކޮންމެ ބޭފުޅެއްވެސް މި ވެރިކަމުގައި ހައްޔަރުކޮށްފާނެ ކަމަށެވެ.

ރައީސް ޔާމީން ވެރިކަން ކުރައްވަނީ ގާނޫނު އަސާސީއާއި ޚިލާފަށްކަން ތަކުރާރުކޮށް ފާހަގަކުރައްވާ އަހުމަދު ވިދާޅުވީ ރައީސް މައުމޫން މާލެ ވަޑައިގަތުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން އެމަނިކުފާނަން މަރުޙަބާ ދެންނެވުމަށް ވަޑައިގަތުމަކީ، އިސްލާހީ މަސައްކަތުގައި ދިވެހި ރައްޔިތުން ސާބިތުކަމާއިއެކު ތިބިކަމުގެ ހެއްކެއް ކަމަށެވެ. އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީގެ އިސްވެރިން ރައީސް މައުމޫނަން މަރުޙަބާ ދެންނެވުމަށް ވަޑައިގަންނަވަން ޖެހުމަކީ އެމަނިކުފާނު އުފެއްދެވި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ލަދުގަނަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަންވެސް އަހުމަދު ފާހަގަކުރެއްވިއެވެ.

އަހުމަދު ވިދާޅުވީ ވެރިކަން ދިފާއުކުރެއްވުމަށް ރައްޔިތުންނަން ބިރުދައްކައި، ސިޔާސީ ލީޑަރުންނަން ގޯނާކުރާ ކަމަށެވެ. އެހެންނަމަވެސް މިއަދު އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ ކުރިއަށް އޮތްތަނުގައި ރައްޔިތުން އެދޭ ބަދަލު ފެނިގެންދާނެ ކަން ހާމަވެގެންދާނެ ކަމެއް ކަމަށް އަހުމަދު ވިދާޅުވިއެވެ.

އެގޮތުން ސަރުކާރަށް ތާއިދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގައުމު ހަމަމަގަށް އެޅުވުމަށް އިދިކޮޅު ފަރާތަކުން ކުރަމުންގެންދާ މަސައްކަތަށް ތާއިދުކުރާ ކަމަށާއި މަޖިލީހުން މީގެ ކުރިން ހަދާފައިވާ ނުރަނގަޅު ގާނޫނުތަށް އިސްލާހްކޮށް، ރައްޔިތުންގެ ޙައްގުތަށް ކަށަވަރުގެންދާނެ މަންޒަރު ވެސް ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް