Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާއިން އެމެރިކާއާމެދު ފިޔަވަޅު އެޅުން

ޕެލޯސީ ޓައިވާނަށް ޒިޔާރަތް ކުރެއްވުމުން ޗައިނާއިން އެމެރިކާއާއެކު ކުރަމުން އައި މުހިންމު މަޝްވަރާތައް މަޑުޖައްސާލައިފި

ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ޗައިނާއިން ވަނީ އެކަން ކުށްވެރިކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 14:11
އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޮސީ ޓައިވާނަށް ވަޑައިގަތުން

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޮސީ ޓައިވާނަށް ވަޑައިގަތުން

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ގެ ސްޕީކަރ ނޭންސީ ޕެލޯސީ ޓައިވާނަށް ޒިޔާރަތް ކުރެއްވުމާއި ގުޅިގެން އެމެރިކާއާއި މެދު ފިޔަވަޅު އެޅުމުގެ ގޮތުން ޗައިނާއިން އެ ޤައުމާއެކު ކުރަމުން އައި މުހިންމު މަޝްވަރާތަކެއް މަޑުޖައްސާލައިފިއެވެ.

މި މަޝްވަރާތަކުގެ ތެރޭގައި ދެ ޤައުމުގެ ސީނިއަރ ލެވެލްގެ މިލިޓަރީ ކޮމާންޑަރުންގެ މަޝްވަރާތަކާއި މޫސުމަށް އަންނަ ބަދަލު ޔަކާއި ގުޅޭގޮތުން ބާއްވަން ނިންމާފައިވާ މަޝްވަރާތައް ހިމެނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ދެ ޤައުމުގެ ގިނަ މަޝްވަރާތަކެއް މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އެގޮތުން، ކްރޮސް ބޯޑަރ ކްރައިމް އާއި މަސްތުވާތަކެއްޗާއި ޓްރެފިކިންގ އާއި ގަވާއިދާ ޚިލާފަށް ދިރިއުޅޭ މީހުންނާއި ގުޅުންހުރި މަޝްވަރާތައް ވެސް ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. އަދި ޕެލޯސީގެ ދަތުރުފުޅާއެކު މެރިޓައިމް މިލިޓަރީ ސެކިއުރިޓީ މެކޭނިޒަމް އާއި ގުޅިގެން ބާއްވަން ތާވަލު ކޮށްފައި އޮތް ބައިލެޓްރަލް ބައްދަލުވުމެއް ވެސް ޗައިނާއިން ވަނީ ކެންސަލް ކޮށްފައެވެ.

ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތަކީ ޓައިވާނުން ގެންގުޅޭ ވަކިވެގަތުމުގެ ވިސްނުމަށް ތާއީދުކޮށް އެމެރިކާއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށް ބުނެ ޗައިނާއިން ވަނީ އެ ދަތުރުފުޅު ކުށްވެރިކޮށްފައެވެ. އަދި އެއީ އަލިފާނާ ކުޅުން ފަދަ ކަމެއްގެ ގޮތުގައި އެ ޤައުމުން ވަނީ ސިފަކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެގައުމުން އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދަނިކޮށް އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ އެގައުމުގެ ވަން-ޗައިނާ ސިޔާސަތާ ދެކޮޅަށް އެމެރިކާއިން ކުރި ވަރަށް ސީރިއަސް ކަމެއް ކަމަށް ބުނެފައެވެ. މިއީ ޗައިނާ އާއި އެމެރިކާއާއި ދެމެދު އެއްބަސްވެފައިވާ ޗައިނާ-ޔޫއެސް ޖޮއިންޓް ކޮމިއުނިކޭ ތަކާ ވެސް ހިލާފުކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ ޗައިނާ-އެމެރިކާގެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް ގެނުވާނެ ކަމެއް ކަމަށާއި މިއީ ޗައިނާގެ އިސްތިގުލާލާ ސަރަހައްދީ މިނިވަންކަމަށް އެމެރިކާއިން އަރައިގަތުން ކަމަށް ބުނެފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެމެރިކާއިން 1979 ވަނަ އަހަރު ޗައިނާ އާއެކު އެއްބަސްވި ޗައިނާ-ޔޫއެސް ޖޮއިން ކޮމިނިކޭ ގައިވެސް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރަކީ މުޅި ޗައިނާގެ މައި ސަރުކާރުކަމަށް އެމެރިކާއިން ގަބޫލުކުރާކަމަށް އެއްބަސްވެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެމެރިކާއިން ޓައިވާނާއެކު ގުޅުންތައް ބާއްވާނީ މިކަމަށް ރިއާޔަތްކޮށް ކަމަށްވެސް އެއްބަސްވެފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާޗައިނާޓައިވާންނެންސީ ޕެލޯސީނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

އެމެރިކާ އާއި ރަޝިޔާގެ އޮފިޝަލުން ފްލޮރިޑާގައި ބައްދަލު ކޮށްފި

21 ޑިސެމްބަރު 2025
ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

ވެނެޒުއެލާ ކައިރީ އޮތް ތެޔޮ ޓޭންކަރެއް އެމެރިކާ އިން ހިފައިފި

21 ޑިސެމްބަރު 2025
ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ރައީސް މަދޫރޯގެ ސަރުކާރަކީ ޣައިރު ގާނޫނީި ސަރުކާރެއް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު