Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅު

ޕެލޯސީގެ ޓައިވާން ދަތުރުފުޅު: 30 އެތައް އަހަރެއްވީ ހަމަލާތަކުގެ ވަރުގަދަ ރަމްޒެއް!

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއީ ލީޖިއާންވަނީ، ޕެލޯސީގެ ދަތުރުގެ ސަބަބުން ސީރިއަސް ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 05:36
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ނޭންސީ ޕެލޯސީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ނޭންސީ ޕެލޯސީ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ނޭންސީ ޕެލޯސީއާއި ޗައިނާގެ ހަތުރުވެރި ގުޅުމުގެ ވާހަކައިގެ އަޑުފަށްގަނޑަކީ ދޭތެރެ ދޭތެރެއިން މީޑިއާއަށް ތިލަވާ ވާހަކައެކެވެ. އެ ހަތުރުވެރި ގުޅުމުގެ ވާހަކަ ގުޅިފައި ވަނީ މީގެ 30 އެތައް އަހަރެއް ކުރިން، ޓިއަނަމަން ސްކޮއާއަށް ވަޑައިގެން، ނޭންސީ ޕެލޯސީ، ޗައިނާގެ ސަރުކާރު ރުޅިއަރުވާލެއްވި ހިސާބާއެވެ. ޓިއަނަމަން ސްކޮއާއަށް ވަޑައިގެން ހުންނެވީ، 1989 ވަނަ އަހަރުގެ މުޒާހަރާތަކުގައި މަރާލި މީހުންގެ ޝަރަފުގައި ބެނާއެއް ހިއްޕަވައިގެންނެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ޕެލޯސީ އަމަލު ކުރެއްވީ ހަމަ އެފަދަ ރޫހެއްގައެވެ. ޗައިނާގެ ސަރުކާރުން ކެނޑިނޭޅި އިންޒާރުތައް ދެމުން ދަނިކޮށް ޕެލޯސީ ވަޑައިގެން ހުންނެވީ، ޗައިނާއިން އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރި ކަމަށް ވަކާލާތު ކުރަމުންދާ ޓައިވާންގައެވެ. ޓައިވާންގެ ސަރުކާރަށް ތާއީދު ކުރައްވާ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާ ބައްދަލު ކުރެއްވުމަށެވެ.

ޕެލޯސީއަކީ ޗައިނާ ސަރުކާރަށް ފާޑުވިދާޅުވާ އެމެރިކާގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅަކަށް ވާއިރު، ޓައިވާން ދަތުރުފުޅަކީ އެކަމުގެ ލާމަސީލު މިސާލެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަކީ ޗައިނާއާ ގުޅުން ހުރި ކަންކަމުގައި، އެމެރިކާ ސަރުކާރަށް ވުރެ ހަރުކަށި ފިކުރެއް ގެންގުޅޭ ބާރެކެވެ.

އެމެރިކާގެ ވެރިކަމުގެ ނިޒާމު ރޭވިފައި އޮންނަ ގޮތުން ނައިބު ރައީސް ކަމަލާ ހެރިއަސްއަށް ފަހު އެމެރިކާގެ ރިޔާސަތަށް ވަޑައިގަތުމުގެ ފުރުސަތު އޮތް މަޖިލީސް ރައީސް ކަމުގެ މަގާމުގައި ހުންނެވި ޕެލޯސީއަކީ 1997 ވަނަ އަހަރު، އޭރުގެ މަޖިލީސް ރައީސް ނިއުޓް ގިންގްރިޗްއަށް ފަހު ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް ޕޮލިޓީޝަންއެވެ. ޕެލޯސީއާއެކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރު 6 މެމްބަރުންގެ ވަފުދެއްވެސް ޓައިވާނަށް ވަޑައިގެންނެވި ކަމަށް ހަބަރު ލިބެއެވެ.

ޑިމޮކްރަސީއަށް ގޮވާލާ، ޗައިނާގައި ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށްގެން ޗައިނާ ސަރުކާރުން ދިން އަނިޔާއާ އާ ދެކޮޅަށް 1991 ވަނަ އަހަރު ޕެލޯސީ އުފެއްލެވި ބެނާގައި ބުނެފައިވަނީ "ޗައިނާއަށް ޑިމޮކްރަސީ ގެނައުމުގެ މަގުގައި ފުރާނަ ދޫކޮށްލި މީހުންގެ ޙައްޤުގައި" މިފަދައިންނެވެ. ޕެލޯސީއާއެކު އެ ފަހަރު، މަޖިލީހުގެ 2 މެމްބަރަކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމެރިކާގެ ވަފުދާ ކުރިމަތިލީ ޗައިނާގެ ފުލުހުންނެވެ. އަދި ސަރަހައްދު ދޫކޮށް ވަޑައިގަތުމަށް ޕެލޯސީއާއި ވަފުދަށް މަޖުބޫރުވެވަޑައިގަތެވެ.

އެހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. ޕެލޯސީ ވަނީ މަޖިލީސް މެމްބަރުންގެ ވަފުދަކާއެކު 2015 ވަނަ އަހަރު ޓިބެޓަށްވެސް ދަތުރުކުރައްވާފައެވެ. ޕެލޯސީއަކީ ޓިބެޓްގައި އިންސާނީ ޙައްޤުތައް އޮތް ގޮތާ ބެހޭ ގޮތުން އެންމެ ފާޅުގައި ވާހަކަދައްކަވާ އެއް ސިޔާސީ ޝަހްސެވެ. ޓިބެޓް ދަތުރުގައި ޕެލޯސީ ވަނީ ވަކިވެގަތުމުގެ ފިކުރު ޕްރޮމޯޓް ކުރާ ކަމަށް ޗައިނާއިން ވަކާލާތު ކުރާ ދަލައި ލާމާއާއެކު ވާހަކަތަކެއް ދައްކަވާފައެވެ.

އެމެރިކާގެ އޮފިޝަލުން ޓައިވާނަށް ވަޑައިގަތުމަކީ ޓައިވާންގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކަށް ދެވޭ ހިތްވަރެއް ކަމަށް ޗައިނާއިން ސިފަ ކުރެއެވެ.

އެމެރިކާ ސަރުކާރާއި ޓައިވާނާ ދެމެދު ރަސްމީ ސިފައެއްގައި ޑިޕްލޮމެޓިކް ގުޅުން ގާއިމު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ޓައިވާންގެ ދިފާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ އެއްބަސްވުމެއް އޮވެއެވެ.

ސްޓޭންފޯޑް ޔުނިވާސިޓީގެ ހޫވާ އިންސްޓިޓިއުޝަންގެ ޓައިވާން ތަޖުރިބާކާރު ޚާރިސް ޓެމްޕްލްމަން ވިދާޅުވާ ގޮތުގައި، ޕެލޯސީ، އޭނާގެ ސިޔާސީ ޝަހްސު ނަގަހައްޓަވާނެއެވެ. އަދި ޗައިނާގެ ސަރުކާރުން ކުރިމަތި ކުރަމުންދާ ޕްރެޝަރާ ދެކޮޅަށް، ޓައިވާނަށް ތާއީދުވެސް ކުރައްވާނެއެވެ. ޗައިނާއަށް އެ ސިގުނަލް ފޮނުވުމަށް، ޕެލޯސީއަށްވުރެ އެކަށީގެންވާ އިތުރު ޝަހްސެއް ކޮބައިތޯ ޓެމްޕްލްމަން ވަނީ ސުވާލު ކުރައްވާފައެވެ. ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާ ދެކޮޅަށް ރަމްޒީ ގޮތެއްގައި ތެދުވެވަޑައިގަތުމަށް، ޕެލޯސީ ހުންނެވީ އިންތިހާއަށް ނުފޫޒު ގަދަ މަގާމެއްގައި ކަމަށް ޓެމްޕްލްމަން ފާހަގަ ކުރެއްވިއެވެ.

ޗައިނާގެ ސަރުކާރުން ދައުވާ ކުރާ ގޮތުގައި ޓައިވާންއަކީ ޗައިނާގެ ބައެކެވެ. އަދި ޓައިވާންގެ ކޮންޓްރޯލް ނެގުމަށް ބާރުގެ ބޭނުން ނުކުރާނެ ކަމަކަށްވެސް ޗައިނާއަކުން އަދި ނުބުނެއެވެ. ޗައިނާގެ ސިޔާދަތީ ދައުވާތަކަށް ޓައިވާނުން އިންކާރު ކުރެއެވެ. ޓައިވާނުން ބުނަމުން ދަނީ އެ ގައުމުގެ ކުރިމަގު ބައްޓަން ކުރާނީ އެ ގައުމުގެ ރައްޔިތުން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޝާއީ ލީޖިއާންވަނީ، ޕެލޯސީގެ ދަތުރުގެ ސަބަބުން ސީރިއަސް ނަތީޖާތަކަކާ ކުރިމަތިލާޏް ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މުރާސިލުން ބުނާ ގޮތުގައި ޗައިނާގެ ސަރުކާރުން ދޭނީ ރަމްޒީ ރައްދެކެވެ. ވޮޝިންގްޓަން ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ޗައިނާ އެނަލިސްޓް، ސްކޮޓް ކެނެޑީ ލަފާ ކުރައްވާ ގޮތުގައި މި ހައިޖާނުގެ ތެރެއިން ހަނގުރާމައެއް ނުފެށޭނެއެވެ.

ޓައިވާންގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކަށް ޕެލޯސީ ކުރައްވަމުން ގެންދަވާ ދަތުރަށް، ޗައިނާގެ އަސްކަރިއްޔާއިން ހުރަސް އެޅުންވެސް ނާދިރު ކަމަށް އެމެރިކާގެ ދިފާއީ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ހާދިސާއެއް ހިނގައިފިނަމަ، ވަރުގަދަ ކުރިމަތިލުމަކަށް ނުދާނެ ވާހަކައެއް ނޫނެވެ.

ޓައިވާންނެންސީ ޕެލޯސީޗައިނާނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅުދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު