Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާ-ޖަޕާން

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޗައިނާ އާއި ޖަޕާނާ ދެމެދުގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ، ފުކުޝިމާ ޕްލާންޓުން ކަނަޑަށް ބޭރު ކުރާ ރޭޑިއޯއެކްޓިވް ފެން މޮނިޓަރކުރުމުގެ ނަމުގައި ޗައިނާ އިން ޖަޕާނު ގެ ސީފުޑް އެތެރެކުރުން އަލުން މަނާކޮށްފިއެވެ. ޖަޕާނުގެ ބޮޑުވަޒީރު ތައިވާނާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެން ދެގައުމުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި.

ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2025 | އާދީއްތަ 07:12
ޖަޕާނުގެ ޓޯކިޔޯގެ ފިހާރަ އެއް ގައި ވިއްކަން ހުރި ސީފުޑް ގެ ބާވަތްތަކެއް

ޖަޕާނުގެ ޓޯކިޔޯގެ ފިހާރަ އެއް ގައި ވިއްކަން ހުރި ސީފުޑް ގެ ބާވަތްތަކެއް

ޗައިނާ އާއި ޖަޕާން އާ ދެމެދު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ބޮޑުވަމުން ގޮސް ޖަޕާނުން އުފައްދާ ސީފުޑް ގެ ބާވަތްތައް އެތެރެކުރުން ޗައިނާ އިން މަނާ ކޮށްފި އެވެ.

ޖަޕާނު ގެ ދައުލަތުގެ މީޑިއާ އެން.އެޗް.ކޭ އާއި ކިޔޯޑޯ ނޫސް އެޖެންސީން ބުދަ ދުވަހު ބުނީ، ސީފުޑް ގެ ބާވަތްތައް އެތެރެކުރުން މަނާކޮށްފައި މިވަނީ، 2023 ވަނަ އަހަރު ޖަޕާނު ގެ ފުކުޝިމާ ނިއުކްލިއާ ޕްލާންޓުން ރޭޑިއޯއެކްޓިވް ފެން ކަނޑަށް ދޫކުރުމާ ގުޅިގެން ޗައިނާ އިން ޖަޕާނު ގެ ސީފުޑް އެތެރެ ކުރުން މަނާ ކުރަން އެޅި ފިޔަވަޅުތައް މި މަހުގެ ކުރީކޮޅު އުވާލާފައި ވަނިކޮށްނެވެ.

މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ކިޔޯޑޯ ނޫހުން ބުނީ، ފުކުޝިމާ އިން ޕެސިފިކް ކަނޑަށް ދޫކުރާ ފެން އިތުރަށް މޮނިޓަރ ކުރުމުގެ ބޭނުމުގައި މި ފިޔަވަޅު އަލުން އަޅަން ޖެހުނީ ކަމަށް ޗައިނާ އިން ޖަޕާނަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް، މި ފިޔަވަޅު އަޅާފައި މިވަނީ، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޗައިނާ އާއި ޖަޕާނާ ދެމެދުގައި އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ތައިވާނަށް ޗައިނާއިން ދޭ ހަމަލާއެއްގެ ސަބަބުން ޖަޕާނުގެ ސަލާމަތަށް ނުރައްކާވެއްޖެ ނަމަ، އެއީ ޖަޕާނުގެ އަސްކަރިއްޔާ އިން ރައްދު ދޭންޖެހިދާނެ މަދު ހާލަތްތަކުގެ ތެރެއިން ހާލަތެއް ކަމަށެވެ.

ޓަކައިޗީ ގެ މި ވާހަކަފުޅާ ގުޅިގެން ޗައިނާގެ އޮފިޝަލުންނާއި ދައުލަތުގެ މީޑިއާތަކުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރިއެވެ. އަދި އޭގެ ސަބަބުން، ޗައިނާގައި ތިބި ޖަޕާނުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، މީހުން ގިނަ ތަންތަނަށް ދިއުމުން ދުރުހެލިވުމަށް ޖަޕާނުން ވަނީ އަންގާފައެވެ.

ޓަކައިޗީ ގެ ވާހަކަފުޅަށް ފަހު، އޯސާކާ ގައި ހުންނަވާ ޗައިނާގެ ކޮންސުލް ޖެނެރަލް، ޝުއޭ ޖިއާން، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި، "އެ ނުތާހިރު ކަރު ބުރިކޮށްލާނަން" ކަމަށް ވިދާޅުވެ އިންޒާރު ދެއްވިއެވެ. އެއީ ޖަޕާނު ގެ ބޮޑުވަޒީރަށް ދިން ރައްދެއް ކަމަށް ބެލެވެއެވެ. ފަހުން ފުހެލާފައިވާ މި ޕޯސްޓާ ގުޅިގެން ޗައިނާގެ ސަފީރު ހާޒިރުކޮށްފައި ވާނެ ކަމަށް ޓޯކިޔޯ އިން ބުނެފައިވެއެވެ.

ޗައިނާ އިން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ޖަޕާނަށް ދަތުރު ނުކުރުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި ޓަކައިޗީ ގެ ވާހަކަފުޅު އަނބުރާ ގެންދިއުމަށް ޑިމާންޑްކޮށްފައިވެއެވެ. ނަމަވެސް ޖަޕާނުން ބުނީ އެއީ ސަރުކާރުގެ ރަސްމީ ބަސް ކަމަށެވެ.

މި މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން، ޖަޕާނުގެ ފޮރިން މިނިސްޓްރީގެ އޭޝިއާ ޕެސިފިކް ސަރަޙައްދާ ބެހޭ އެންމެ އިސް އޮފިޝަލް، މަސާކީ ކަނާއީ، އަންގާރަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިން ގައި އޭނާ އާ އެއްފެންވަރުގެ ޗައިނާގެ އޮފިޝަލް، ލިއު ޖިންސޮންގް އާ ބައްދަލުކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ.

ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ފަހުން ސީފުޑް ގެ ބާވަތްތައް އެތެރެކުރުން މަނާކުރުމުގެ ކުރިން، ޖަޕާނުގެ ސީފުޑް ގެ އުފެއްދުންތައް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު ބަޔެއް ހިއްސާ ކުރީ ޗައިނާއެވެ.

މި މައްސަލަ ވަނީ ޗައިނާ އާއި ޖަޕާނުގެ ގުޅުމުގެ އެހެން ދާއިރާތަކަށް ވެސް ފެތުރިފައެވެ. އެގޮތުން، ޗައިނާގެ ދައުލަތުގެ ބާރުގެ ދަށުން ހިންގާ ޗައިނާ ފިލްމް އެޑްމިނިސްޓްރޭޝަނުން ނެރޭ 'ޗައިނާ ފިލްމް ނިއުސް' އިން ވަނީ، ޖަޕާނުގެ ދެ ފިލްމެއް ރިލީޒްކުރުން ފަސްކޮށްފައިވާ ކަމަށް އިއުލާނު ކޮށްފައެވެ.

ފިލްމުތަކާ ބެހޭ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ 'ޑައުބާން' އިން ބުނާ ގޮތުގައި، އެ ދެ ފިލްމު ރިލީޒްކުރުމަށް ކުރިން ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާއި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

ޗައިނާ-ޖަޕާންސަނާއޭ ޓަކައިޗީޓައިވާންސީފުޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ޓައިވާނުގެ ސަރުކާރު އިމާރާތްތަކުގެ ނަކަލުތަކެއް ޗައިނާގެ އަސްކަރީ ބޭސްއެއްގައި!

ޓައިވާނުގެ ސަރުކާރު އިމާރާތްތަކުގެ ނަކަލުތަކެއް ޗައިނާގެ އަސްކަރީ ބޭސްއެއްގައި!

08 އޮކްޓޯބަރު 2025
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

20 މެއި 2024

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު