Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ ބާވަތްތައް އެކްސްޕޯޓްކުރުން

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޮކްޓޯބަރު 2024 | އަންގާރަ 17:34
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޗައިނާއަށް އެކްސްޕޯޓްކުރާ މޯލްޑިވިއަން ވައިލްޑް އެކްވަޓިކް ޕްރޮޑަކްޓްސް އިންސްޕެކްޝަން އަދި ކަރަންޓީން ކުރުމުގެ ޝަރުތުތައް ކަނޑައެޅުމަށް ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި އެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ޕްރޮޓޮކޯލެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމް.އެފް.ޑީ.އޭ ގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ގެ ނައިބު އަލްއުސްތާޛް އިސްމާއީލް ޒާހިރުއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް މިނިސްޓަރ ވޫ ހައިޕިންގްއެވެ.

Advertisement - newsAdvertisement

މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވިދާޅުވީ މިއީ ދެގައުމަށްވެސް ފައިދާކުރުވަނިވި އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތަށާއި ގައުމުގެ އިގްތިޞާދަށް ހެޔޮ ބަދަލެއް އަންނާނެކަން ދެގައުމުން ވެސް ފާހަގަކޮށްފައިވެއެވެ.

އެފްޓީއޭއަށްވެސް އަންނަ އަހަރު ކުރީކޮޅު އަމަލުކުރަން ފަށާއިރު، މިއެއްބަސްވުމާއެކު ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ސަފީރު ވަންގ ލީޝިން ވިދާޅުވިއެވެ.

ޗައިނާއަށް ކަނޑުމަހުގެ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް އެކްސްޕޯޓުކުރެވެނީ ވަކި ޚާއްސަ މިންގަނޑުތަކެއް ފުރިހަމަކުރުމުންނެވެ. އެހެންކަމުން މި އެއްބަސްވުމާއެކު އެކަންކަމަށް އެހީތެރިވެދޭނެއެވެ.

ޗައިނާމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު