Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން-ޗައިނާ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025 | އަންގާރަ 09:26

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވިދާޅުވީ ކޮންސުލް ޖެނެރަލްގެ ޕޯސްޓްގެ މަޤްޞަދަކީ ކޮބައިކަން ސާފުނުވާކަމަށާއި، މިފަދަ ވާހަކަތައް ކުރިންވެސް ދައްކާތީ އޭނާއާއި މެދު ފިޔަވަޅު އެޅުމަށް ޗައިނާގެ ކިބައިން އެކި ފަހަރު އެދިފައިވާކަމަށެވެ.

މަޚްތޫމް
މަޚްތޫމް | 11 ނޮވެމްބަރު 2025 | އަންގާރަ 09:26
ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ | ހޮންކޮންގްފްޕީ

ޖަޕާނުގެ އޮސާކާގައި ހުންނަ ޗައިނާގެ ކޮންސުލް ޖެނެރަލް، ޖަޕާނުގެ ބޮޑުވަޒީރަށް އިންޒާރު ދިން ކަމަށް ބުނެ، ޖަޕާނުން ނުރުހުން ފާޅުކޮށްފި އެވެ.

އޮސާކާގައި ހުންނަ ޗައިނާގެ ކޮންސުލް ޖެނެރަލް ޝިއު ޖިއާން، އިންޒާރެއްގެ ގޮތުގައި ނެގިދާނެ ބަސްތަކެއް ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީއާއި މެދު ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ޓައިވާނުގެ މައްސަލައިގައި ޓަކައިޗީ އެއްޗެއް ވިދާޅުވުމުންނެވެ. ޓަކައިޗީ ވިދާޅުވީ ޓައިވާނަށް ޗައިނާއިން އަރައިފިނަމަ، ޖަޕާނުންވެސް އަސްކަރީ ފިޔަވަޅުތައް އަޅާފާނެކަމަށެވެ. ޓަކައިޗީ އެހެން ވިދާޅުވުމުން، ޖަޕާނާއި ނުބެހޭ ކަމެއްގެ ތެރެއަށް ޓަކައިޗީ ވަދެވަޑައިގަތީކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ހަށިކޮޅަށް ގެއްލުމެއް ދޭންޖެހޭކަން ދޭހަވާ މޭރުމަކުން ޗައިނާގެ ކޮންސުލް ޖެނެރަލް ކުރި ސޯޝަލް މީޑިއާ ޕޯސްޓް މިހާރު ވަނީ ޑިލީޓްކޮށްލާފަ އެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ ވިދާޅުވީ ކޮންސުލް ޖެނެރަލްގެ ޕޯސްޓްގެ މަޤްޞަދަކީ ކޮބައިކަން ސާފުނުވާކަމަށާއި، މިފަދަ ވާހަކަތައް ކުރިންވެސް ދައްކާތީ އޭނާއާއި މެދު ފިޔަވަޅު އެޅުމަށް ޗައިނާގެ ކިބައިން އެކި ފަހަރު އެދިފައިވާކަމަށެވެ. އެހެންނަމަވެސް ޗައިނާއިން ކޮންސުލް ޖެނެރަލް ޖިއާން އާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީއިން މިމައްސަލައިގައި ވާހަކަ ދެއްކީވެސް އޭނާގެ ދިފާއުގަ އެވެ.

ޓައިވާނާއި އެމެރިކާއިން ވެސް ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ޗައިނާއިން ދިނީ އިންޒާރެއްކަމަށް ސިފަކޮށްފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރުން އާއްމުކޮށް ޓައިވާނުގެ މައްސަލައިގެ ތެރެއަށް ނުވަތް ނަމަވެސް، އައު ބޮޑުވަޒީރު ޓަކައިޗީ ގެންދަވަނީ މިމައްސަލައިގައި ވަރަށް ސާފު ސްޓޭންޑެއް ނަންގަވަމުންނެވެ. އެގޮތުން މިދިޔަ މަހު ދެކުނު ކޮރެއާގެ ސޯލްގައި އޮތް ބައްދަލުވުމެއްގެ ހަވާސާގައި ޓައިވާނުގެ މަންދޫބަކާއި ބައްދަލުކުރެއްވި ފޮޓޯއެއްވެސް އާއްމު ކުރެއްވި އެވެ.

އަދި ޗައިނާއިން ޓައިވާނަށް އަރައިފިނަމަ، އެއީ ޖަޕާނުގެ ދެމި އޮތުމަށް އޮތް ނުރައްކަލެއްކަމަށް ބެލިދާނެކަމަށާއި، އެފަދަ ޙާލަތެއްގައި ޖަޕާނުގެ އަސްކަރިއްޔާ ޑިޕްލޮއި ކުރެވިދާނެކަމަށް ހުކުރު ދުވަހު ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ. ޓައިވާން އޮންނަނީ ޖަޕާނާއި 100 ކިލޯމީޓަރު ކައިރީގަ އެވެ.

ޖަޕާން-ޗައިނާތައިވާންސަނައޭ ޓަކައީޗީޝިއު ޖިއާންއޮސާކާއެމެރިކާ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

ތޫފާނާ ގުޅިގެން ޗައިނާ އިން ތައިވާންގެ ކަނޑުއޮޅި ކޮންޓްރޯލް ކުރަން އުޅުމުން ތައިވާން އިން ނުރުހިއްޖެ

08 އޯގަސްޓު 2026
ތޫފާނާ ގުޅިގެން ޗައިނާ އިން ތައިވާންގެ ކަނޑުއޮޅި ކޮންޓްރޯލް ކުރަން އުޅުމުން ތައިވާން އިން ނުރުހިއްޖެ
02 އޯގަސްޓު 2026

އެމެރިކާގެ ދިމުޤްރާޠީ ނިޒާމުގެ ކޯޅުން: އިޚްތިޔާރެއް ނެތް މަޖުބޫރީ ވޯޓު

02 އޯގަސްޓު 2026
އެމެރިކާގެ ދިމުޤްރާޠީ ނިޒާމުގެ ކޯޅުން: އިޚްތިޔާރެއް ނެތް މަޖުބޫރީ ވޯޓު
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
16 ޖުލައި 2026

"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

16 ޖުލައި 2026
"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
16 ޖުލައި 2026

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް