Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް

ޔޫއެސް އެއިޑުން ރާއްޖެއަށް 300،000 ޑޮލަރުގެ ހިލޭ އެހީ ދީފި

މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ދީފައިވާ އެހީއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 އޯގަސްޓު 2022 | ބުރާސްފަތި 04:48
ޔޫއެސް އެއިޑުން ރާއްޖެއަށް އެހީވުން

ޔޫއެސް އެއިޑުން ރާއްޖެއަށް އެހީވުން

ޔޫއެސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)އިން ރާއްޖެއަށް 300،000 ޑޮލަރުގެ ހިލޭ އެހީ ދީފިއެވެ.

ޔޫއެސް އެއިޑުން ދިން ހިލޭ އެހީއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ދީފައިވާ އެހީއެކެވެ. މި ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެފްޖޭއެސް ކޮންސަލްޓިން ކޯޕަރޭޝަނާއި، އެސްޑީއެފްސީ އިންނެވެ.

ޔޫއެސް އެއިޑުން ބުނީ މި އެހީއާއެކު މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ފަސޭހައިން ކުރެވެންހުރި ކަންކަން ދެނެގަނެ، މިކަމުން ފަތުރުވެރިކަމަށާއި، މަސްވެރިކަމަށާއި، ދަނޑުވެރިކަމުގެ އިންވެސްޓްމެންޓްތަކަށް ކުރާ އަސަރު ކުޑަކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ޔޫއެސް އެއިޑުން ބުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރުމުގެ ތެރެއިން ޕްރައިވެޓް ސެކްޓަރއާއި، ސަރުކާރާއި، މުޖުތަމައުގެ މެދުގައި ކެޕޭސިޓީ ބިލްޑުކުރުމަށް މަސައްކަތްތަކެއް ކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި މުސުމީ ބަދަލުތަކުން އަރައިގަތުމަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން ކްލައިމެޓް ރިސްކު އެސެސްމެންޓުތައް ހެދުމާއި، ޕްރައިވެޓް ސެކްޓަރާއި، ސަރުކާރާ ގުޅިގެން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމާއި، މި ދާއިރާއިން ޕްރައިވެޓް ސެކްޓަރުގެ ކެޕޭސިޓީ ބިލްޑުކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ޔޫއެސް އެއިޑުން ބުނެފައިވެއެވެ. މި ދާއިރާއިން އަލަށް ފަށައިގަންނަ މަސައްކަތްތަކަށް އެހީވުމާއި، ރަށްރަށުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ގާތުން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ޔޫއެސް އެއިޑުން ބުނެފައިވެއެވެ.

ޔޫއެސްއެއިޑް މޯލްޑިވްސްކްލައިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
06 އެޕްރީލު 2024

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު

06 އެޕްރީލު 2024
ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު
04 ނޮވެމްބަރު 2023

ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި

04 ނޮވެމްބަރު 2023
ހުޅުމާލެއަށް ތާރު ބޯޅަ ލައްގާ މައްސަލަ: ކަނޑަށް ތެޔޮފަދަ ތަކެތި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލައިފި
16 ޖުލައި 2023

ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް

16 ޖުލައި 2023
ދެކުނު ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާޚިލާފް ހޫނުގެ މައްސަލަ އަދިވެސް އޮތީ ކުރިޔަށް
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
27 މާރިޗު 2023

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު