Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ-އެމެރިކާ ގުޅުން

އެމެރިކާއަށް ޗައިނާގެ އިންޒާރު: އަލިފާނާ ކުޅެންޏާ ފިހޭނެ

ޓައިވާންނުން ގެންގުޅޭ ވަކިވެ ގަތުމުގެ ވިސްނުމަށް ތާއީދުކޮށް އެމެރިކާއިން ކުރާ ކަންކަމަކީ އަލިފާނާ ކުޅުން ފަދަ ކަމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 އޯގަސްޓު 2022 | އަންގާރަ 18:58
އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޮސީ ޓައިވާނަށް ވަޑައިގަތުން

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނޭންސީ ޕެލޮސީ ޓައިވާނަށް ވަޑައިގަތުން

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާ ގުޅިގެން ޗައިނާއިން އެމެރިކާއަށް އަނެއްކާވެސް އިންޒާރުދީފިއެވެ.

އަންގާރަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ނޭންސީ ޕެލޯސީގެ ދަތުރާ ގުޅިގެން ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ޗައިނާއިން ވަނީ ޓައިވާނުން ގެންގުޅޭ ވަކިވެގަތުމުގެ ވިސްނުމަށް ތާއީދުކޮށް އެމެރިކާއިން ކުރިޔަށް ގެންދާ ހަރަކާތްތަކަކީ އަލިފާނާ ކުޅުން ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިގޮތަށް އަލިފާނާ ކުޅޭނަމަ ފިހޭނެ ކަމަށް ބުނެފައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެގައުމުން އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދަމުންދަނިކޮށް އޮގަސްޓް ދެ ވަނަ ދުވަހު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ސްޕީކަރ ޓައިވާނަށް ވަޑައިގަތުމަކީ އެގައުމުގެ ވަން-ޗައިނާ ސިޔާސަތާ ދެކޮޅަށް އެމެރިކާއިން ކުރި ވަރަށް ސީރިއަސް ކަމެއް ކަމަށް ބުނެފައެވެ. މިއީ ޗައިނާ އާއި އެމެރިކާއާ ދެމެދު އެއްބަސްވެފައިވާ ޗައިނާ-ޔޫއެސް ޖޮއިންޓް ކޮމިއުނިކޭ ތަކާ ވެސް ހިލާފުކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން ވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ ޗައިނާ-އެމެރިކާގެ ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް ގެނުވާނެ ކަމެއް ކަމަށާއި މިއީ ޗައިނާގެ އިސްތިގުލާލާ ސަރަހައްދީ މިނިވަންކަމަށް އެމެރިކާއިން އަރައިގަތުން ކަމަށް ބުނެފައެވެ. މިދަތުރުފުޅުގެ ސަބަބުން ޓައިވާންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ސެޕަރޭޓިސްޓުންނަށް ދެވެނީ ނުރަނގަޅު މެސެޖެއް ކަމަށާއި މިއީ ޓައިވާންގެ ސުލްހަ މަސަލަސްކަމަށް އެޅުނު ހުރަހެއް ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޗައިނާއިން އެމެރިކާގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ދުނިޔޭގައި މިވަގުތު އޮތީ އެންމެ ޗައިނާއެއް ކަމަށާއި ޓައިވާނަކީ ދެބަސްވެވެން ނެތް ގޮތުގައި ޗާއިނާގެ ބައެއް ކަމަށް ބުނެ، މިނިސްޓްރީން ވަނީ މުޅި ޗައިނާ ތަމްސީލުކުރާނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުން ކަން ފާހަގަކޮށްފައެވެ. މިއީ އދ ގެ އާންމު މަޖިލީހުގެ 1971 ވަނަ އަހަރުގެ 2758 ވަނަ ރިޒޮލިއުޝަނުން ވެސް ބަލައިގަނެފައިވާ ކަމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ވަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުފަހުން މިހާތަނަށް 181 ގައުމުން ޗައިނާ އާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ ކަމަށާއި މިހުރިހާ ގައުމަކުންވެސް އެގައުމާއެކު ގުޅުން ގާއިމުކޮށްފައި ވަނީ ވަން-ޗައިނާ ސިޔާސަތު ގަބޫލުކޮށްގެން ކަމަށް ބުނެފައެވެ. ވަން-ޗައިނާ ސިޔާސަތަކީ މުޅި ދުނިޔެ ގަބޫލުކުރާ ސިޔާސަތެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އެމެރިކާއިން 1979 ވަނަ އަހަރު ޗައިނާ އާއެކު އެއްބަސްވި ޗައިނާ-ޔޫއެސް ޖޮއިން ކޮމިނިކޭ ގައިވެސް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރަކީ މުޅި ޗައިނާގެ މައި ސަރުކާރުކަމަށް އެމެރިކާއިން ގަބޫލުކުރާކަމަށް އެއްބަސްވެފައިވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި އެމެރިކާއިން ޓައިވާނާއެކު ގުޅުންތައް ބާއްވާނީ މިކަމަށް ރިއާޔަތްކޮށް ކަމަށްވެސް އެއްބަސްވެފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގެ ކޮންގްރެސް އަކީ އެގައުމުގެ ސަރުކާރުގެ ބައެއް ކަމަށާއި ވަން-ޗައިނާ ސިޔާސަތަކީ ކޮންގްރެސުންވެސް ގަބޫލުކުރަން ޖެހޭނެ ސިޔާސަތެއް ކަމަށާއި މައި ސަރުކާރުގެ ނުރުހުމުގައި ޓައިވާނާއެކު ރަސްމީ މަޝްވަރާތައް ކޮށްގެން ނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެމެރިކާގެ ކޮންގްރެސްގެ މެމްބަރަކު ޓައިވާނަށް ވަޑައިގަތުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫން ކަމަށާއި އެކަމަށް ޗައިނާ ސަރުކާރުން އެއްބަސްނުވާކަމަށް ފާހަގަކޮށް މިނިސްޓްރީން ވަނީ ޕެލޯސީގެ މިދަތުރުފުޅަކީ އެމެރިކާގެ ސަރުކާރަށް ހުއްޓުވެން ޖެހޭނެ ދަތުރުފުޅެއް ކަމަށް ބުނެފައެވެ.

އެމެރިކާގެ ކޮންގްރެސްގެ ލީޑަރުގެ މަގާމުގައި ހުންނަވާ ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ ޗައިނާ އާ ދެކޮޅަށް ޓައިވާނަށް ވާގިވެރިވުމަށް އެމެރިކާއިން އެޅި ސިޔާސީ ފިޔަވަޅެއް ކަމަށް ބުނެ ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ މިއީ ޗައިނާ އާއި ޗައިނާގެ ރައްޔިތުން އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ޕެލޯސީގެ އޭޝިޔާ ދަތުރުފުޅު އިއުލާނު ކުރި އިރު ވަޑައިގަންނަވާ ގައުމުތަކުގެ ލިސްޓްގައި ޓައިވާން ނުހިމެނެއެވެ. ނަމަވެސް އެކަމަނާ ވަނީ ކުރިން އިއުލާން ކުރެއްވުމެއްނެތި އެގައުމަށް ވަޑައިގެންފައެވެ.

ޗައިނާއެމެރިކާޓައިވާންނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅުނެންސީ ޕެލޯސީ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު