Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޮޓް ޓުއަރސް - އެލައިޑް އިންޝުއަރެންސް

ޔޮޓް ޓުއާރސް އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި

ހައިކޯޓުގެ ގަޟިއްޔާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ ޝަރުއީ ނުވަތަ ޤާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދެވިފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 11:25
ޖާބިރުގެ ޔޮޓް ޓުއާރސް ކުންފުންޏާއި އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްސަލަ

ޖާބިރުގެ ޔޮޓް ޓުއާރސް ކުންފުންޏާއި އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްސަލަ

އިންޝުއަރެންސްއާއި ގުޅިގެން ޔޮޓް ޓުއާރސް އިން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މި މައްސަލަ އަކީ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށް ބުނެ ސަބަބުން ބަޔާންކޮށް، އެ ނިންމުން އިސްތިއުނާފް ކުރުމުގެ ހުއްދައަށް އެދި ޔޮޓް ޓުއަރސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ޔޮޓް ޓުއަރސްގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ނުކުތާތަކާމެދު ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާފައިވާކަން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނާތީ ޔޮޓް ޓުއަރސްއިން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވާ ނުކުތާތަކާއި އެ ނުކުތާތަކާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ބެލިއިރު އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ގަޟިއްޔާއިން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ ޝަރުއީ ނުވަތަ ޤާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދެވިފައިނުވާތީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް ސިވިލް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމުގައި ވަނީ ބުނެފައެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއި ކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންފުނިން ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެެހެންކަމުން، އެ ޙާދިސާއާ ގުޅިގެން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރަކީ އެ ދެފަރާތުގެ ދެމެދު އެކުލަވާލެވުނު އަލިދޫ ރިސޯޓްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އަލިދޫ ރިސޯޓުން އިންޝުއަރެންސް ފައިސާ ހޯދަން އެންމެ ފުރަތަމަ އެދުނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ 64 މިލިއަން ޑޮލަރު ނުވަތަ 986 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެ އަގުހުރި ރިސޯޓަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާތީއެވެ.

ޔޮޓްއެލައިޑް އިންޝުއަރެންސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

26 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު