Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025 | ހޮނިހިރު 13:31

ވަޟުއީ ޤާނޫނުތައް އެ ހަދަނީ ތިމާމެން ހިތުހުރި ގޮތަކަށް، ހިތު ހުރި އެއްޗެއް ފަސޭހަ އިން އަތްދަށުލައި ދިރުވާލެވޭ ގޮތަށް، އަދި އަމިއްލަ އަންބޮނޑި ބޮޑުކޮށް އައުވާނުންނަށް ލާބައާއި މަސްފާ ނެގޭ ގޮތަށް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 ޖޫން 2025 | ހޮނިހިރު 13:31
ރާއްޖޭގެ އަދުލުއިންސާފަކީ މިހާރު އޮތް އެއްޗެއް ކަމަށް ގަބޫލުކުރާ ރައްޔިތަކު ނެތް

ރާއްޖޭގެ އަދުލުއިންސާފަކީ މިހާރު އޮތް އެއްޗެއް ކަމަށް ގަބޫލުކުރާ ރައްޔިތަކު ނެތް

އިސްލާމީ އުސޫލުތަކެއް، ޝަރީޢާއެއް، އަދުލު އިންސާފެއް މިއަދު މިގައުމަކު ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިރާއްޖޭގެ އުތުރުން ދެކުނަށް، އިރުން ހުޅަނގަށް ނަޒަރު ހިންގާލި ނަމަވެސް ފެންނަން އޮތީ ވަޟުޢީ ގާނޫނު ފެތުރިފައި އޮތް ތަނެވެ. އިސްލާމީ ރިވެތި އުސޫލުތަކާއި، ޝަރީއާގެ ބަދަލުގައި ވަޟުއީ ގާނޫނުތައް ހަދައިގެން އެއަށް އަމަލުކުރަމުން ގެންދާ ތަނެވެ.

ވަޟުއީ ޤާނޫނުތައް އެ ހަދަނީ ތިމާމެން ހިތުހުރި ގޮތަކަށް، ހިތު ހުރި އެއްޗެއް ފަސޭހަ އިން އަތްދަށުލައި ދިރުވާލެވޭ ގޮތަށެވެ. އަމިއްލަ އަންބޮނޑި ބޮޑުކޮށް އައުވާނުންނަށް ލާބައާއި މަސްފާ ނެގޭ ގޮތަށެވެ. ހަގީގަތުގައި ވެސް މިއަދު ދައުލަތް ހިންގަމުންދަނީ ވަގުންނާއި ފޭރޭ މީހުންނަށް ތިޖޫރީތައް ހުޅުވާލައިގެން ހިތުހުރިވަރަކަށް ބަނޑުފުރާ ކެވޭގޮތަށް ތަތްމިނަށް ހުޅުވާލައިގެންނެވެ.

ނަމުގައި މިނިވަން މުސްތަގިއްލު މުއައްސަސާތަކެވެ. ނަމުގައި އަދުލު އިންސާފާއި ހަމަކަމާއި އެކު ހުކުމް ކުރާ ކޯޓު ތަކެވެ. އެހެން ނަމަވެސް ފެންނަނީ މުޅިންހެން އަމިއްލަ ވަންތަކަމާއި އަޅުވެތި ކަމެވެ. ނިކަމެއްޗަކު، ނުވަތަ ފަގީރަކު ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް، ދޮރާއްޓެއް މިއަދަކު މި ގައުމަކު ނެތެވެ. ނަތީޖާއަކަށް ވެފައި ވަނީ ރައްޔިތުން މާޔޫސްވެ، ގޮތް ހުސްވުމެ އެވެ. ހަގީގަތުގައި ވެސް ދައުލަތުގެ ބޭނުމެއް ނެތެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމަށް އައިސް އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުން ނިކަމެތިކޮށް، ރައްޔިތުން ހިތު ތެރޭގައި ބިރުވެރިކަން އުފެއްދުމަށެވެ. ފެންނަނީ ރައްޔިތުންނަށް އޮޅުވާލައި ގައުމުގެ ކަންކަން އެހެން މިސްރާބަކަށް ދީލާލަން މަސައްކަތް ކުރަމުން ގެންދާ މަންޒަރެވެ. ގައުމުގެ ބައިތުލްމާލުން ފޫދުއްވާލައި ގައުމު އިނދަޖައްސާލަން މަސައްކަތް ކުރާ މަންޒަރެވެ. ފެންނަމުން ދަނީ ސަރުކާރުން ގާނޫނެއް ގަވާއިދަކަށް ބެލުމެއް ނެތި ހިތްޕުޅާވާހާ ގޮތެއް ހަދައި ހުރިހާ ބާރުތަކެއް އެކަތިގަނޑެއްގެ ގޮތުގައި ހަދައި މުށުތެރެއަށް ލާން މަސައްކަތް ކުރަމުން ގެންދާ މަންޒަރެވެ.

ފަނޑިޔާރުގެތަކަށް އަތް ބާނައި އެތަން ވަނީ ހިސޯރުކޮށްފައެވެ. ގައުމުގެ ފަނޑިޔާރުގެ އަކަށް މިނިވަންކަމާއި އެކު ކަމެއް ނިންމުމުގެ އެއްވެސް ބާރެއް މިއަދަކު ނެތެވެ. އަދުލު އިންސާފަށް ލޯބިކުރާ ފަނޑިޔާރެއް ހުރިނަމަ އެ ފަނޑިޔާރެއް ނަގައި އެއްލާލަނީއެވެ.

ރައީސް އޮފީހުން ލިޔެފައި ދޭ ހުކުމްތަކާއި އަމުރުތަކުގައި ހުރުމަތްތެރިވެގެންވާ ފަނޑިޔާރުގެތަކުގެ ތަތްގަނޑު ޖަހައި މުޅި ޝަރުއީ ނިޒާމު މޫރިތިކަން މިއަދު ގެއްލުވާލައިފި އެވެ. މިހާރުގެ ހާލަތު މި އޮތް ގޮތުން ސުޕްރީމް ކޯޓުގެ ލޯގޯގައިވާ ތަރާދު ވެސް އެއް އަތަކަށް އަރިކުރަން ޖެހެ އެވެ. ފަނޑިޔާރުތަކުން ހާމައަށް ރޯމާ ދުވާލު ބޭއިންސާފު އާންމުކުރާ ނަމަ، ތިލަފަތް އެއް ހަމަ ކޮށްފައި ބާއްވަނީ ކާކަށް ދައްކަން، ކާކަށް ކޯއްޗެއް އޮލުވާލަންތޯ ހިތައް އަރައެވެ. މި ވާހަކައެއް މިހެން ދެއްކީމާ ގޯސްވާނީ އެ ވާހައެއް ދެއްކި މީހާ އެވެ. ގެއްލޭނީ ތަސައްވަރެވެ. ތިމާމެންނަށް އުޅެވޭ ނޫޅެވޭ ގޮތެއް ތިމާމެންނަކަށް ވެސް މިހާރު ނޭނގެ އެވެ.

ވެރިކަމުގައި އާރާއި ބާރު އޮތް ރައީސް މުއިއްޒަށް ތާއީދު ކުރާ ނުވަތަ އެމަނިކުފާނުގެ އައުވާނުން ބޭނުންވާ ގޮތަކަށް މެނުވީ މިއަދު ގައުމުގައި ކަމެއް ނުހިނގައެވެ. ކޯޓަކަށް މައްސަލައެއް ލިއަސް މި ސަރުކާރުން ބޭނުންވާ ގޮތަށް ނޫނީ ނުނިމެއެވެ. ނަމަވެސް އާންމު މީހަކު ކޯޓަކަށް މައްސަލައެއް ލައިފިއްޔާ، އެ މައްސަލައެއް ނިމޭއިރު މީހާ އަށް ހުންނާނީ ވާނެ އެއްޗެއްވެ ނިމިފަ އެވެ. އަދުލައް އިންސާފެއް ރައްޔިތަކަށް ނުލިބެއެވެ.

މިއީ މިއަދު މި ގައުމުގެ ފަނޑިޔާރުގެތަކާއި މިނިވަން މުއައްސަސާތައް އޮތް ހާލަތެވެ. ގައުމުގެ މުއައްސަސާއެއް ވެސް ހުރިއްޔާ ހުރީ ހަމަ މިފަދަ ހާލަތުގައެވެ. ކުރުކޮށް ބުނާނަމަ މި ތަންތަނުގެ އެޖެންޑާގައި ރައްޔިތުންގެ ވަސް ވެސް ނެތެވެ. ލިބޭ އެއްޗެއް ލިބިގަނެގެން ބަސް އަހާލައިގެން މަޑުން ތިބުން ނޫންގޮތެއް މިއަދު ނެތެވެ. ރައްޔިތެއްގެ ނަޒަރުން ބަލާނަމަ މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކޭ މިކިޔާ ތަންތަނަށް ވެސް ލާފައި އެ ތިބީ ބޭކާރު ބޯތަކެކެވެ. ރައީސް މުއިއްޒަށް އަޅުދާސްތުވެފައި ތިބި ދެފުއްކެހެރިންނެވެ.

މިއީ މިއަދު ދިވެހި ދައުލަތުގެ ހާލަތެވެ. މި ހާލަތު ބަދަލުކުރަން ބޭނުންނަމަ ދިވެހި ދައުލަތް މުޅިން އޯވަހޯލް ކުރުން ނޫންގޮތެއް މިއަދު ނެތެވެ.

އިންސާފުޖުޑިޝަރީމިނިވަން މުއައްސަސާތައްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް