Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތަކަށް ލިބުނު ހައްގެއް، އުފަލެއް، ހިތްހަމަޖެހުމެއް ނެތެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހިންނަށް ލިބިފައިވާ ހައްގުތައް ވެސް މި ވަނީ ބޮޑުތަނުން ނިގުޅައިގެންފަ، އަދި އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިންނަށް ހައްގުތައް ލިބުމުގެ ބަދަލުގައި ހައްގުތަކުން ދަނީ މަހުރޫމް ކުރުވަމުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 5 ޖުލައި 2025 | ހޮނިހިރު 14:53
ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު ވައްޓަވާލައްވާފައި މިވަނީ އަނދިރި އަނދަވަޅަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމު ވައްޓަވާލައްވާފައި މިވަނީ އަނދިރި އަނދަވަޅަކަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިންނަށް ގެއްލިފައިވާ ގިނަ ހުއްގުތަކެއް ހޯއްދައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގަތުމަށް ފަހު، ރައްޔިތުންނަށް އެތަކެއް ފޮނި ހުވަފެންތަކެއް ދެއްކުމަށް ފަހުގައި އެވެ.

އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރެންދާއިރުގައި އެމަނިކުފާނުގެ ވެރިކަމަށް ވަޑައިގެންނެވިއިރު ދިވެހިންނަށް ލިބިފައިވާ އެންމެހާ ހައްގުތަކެއް ވެސް މި ވަނީ ނިގުޅައިގެންފައެވެ. އެމަނިކުފާނުގެ މި އަނިޔާވެރި ވެރިކަމުގައި ދިވެހިންނަށް ހައްގުތައް ލިބުމުގެ ބަދަލުގައި ހައްގުތަކުން ދަނީ މަހުރޫމް ކުރުވަމުންނެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްވަރު އިދިކޮޅުފަރާތްތަކުން ރައްޔިތުންނާއި އެކު އެތަކެއް ބުރަ މަސައްކަތްތަކެއް ކޮށް، ދަލާއި ލޭ އޮހޮރުވާލައިގެން ސިޔާސީ ގޮތުން ދިވެހިން ހޯދި މިނިވަންކަން ރައީސް މުއިއްޒުގެ ވެރިކަމުގައި މި ވަނީ ނިގުޅައިގެންފައެވެ.

ކޮންމެއަކަސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ވެރިކަމާއި ހަވާލުވެވަޑައިގަތުމުން ސަރުކާރާއި މެދު ރައްޔިތުން ވަރަށް ބޮޑެތި އުމްމީދުތަކެއް ކުރިއެވެ. އަމާން އޮމާން ވެއްޓެއްގައި އުފާވެރި ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ލިބޭނެ ކަމުގެ އުމްމީދެވެ. ދީނަށް ލޯބި ކުރާ ދީންވެރި ލީޑަރެއްގެ ހިޔާލާއި ވިސްނުމާއި، ޑައިރެކްޝަނާއެކު، މަޑުމައިތިރި އޯގާތެރި ވެރިއަކު ލީޑު ކުރާ ސަރުކާރެއްގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމަޔަށް ލިބޭނެ ކަމުގެ އުމްމީދުގަ އެވެ. ދީންވެރި އަދި އިޚްލާސްތެރި ލީޑަރަކު ގައުމު ހިންގައިފިނަމަ ލިބިގެންދާނެ ކުރިއެރުމާއި، ތަރައްގީއަށްޓަކައި ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ.

ރައީސް ޔާމީންގެ ފޮޓޯފުޅާއި ހުސްގޮނޑި އިސްކުރައްވައިގެން ކުރިއަށް ނެރެގެން ކުރި މަސައްކަތުން އޭރު އޮތް ސަރުކާރުގެ މައްޗަށް އިދިކޮޅުގެ ގޮތުގައި އޮވެ އިންތިހާބުގައި ކުރި ހޯދާ ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ރައްޔިތުންގެ ހިތްތައް އުފަލުން ފުރާލި ކިތަންމެ ވާހަކައެއް ވިދާޅުވެފައިވެއެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމާއި ޝަރީއަތުގެ މައްޗަށް ނުފޫޒު ފޯރުވުމާއި ކޯޓުތަކަށް އަތް ބޭނުން ނިމުކަމަށް އައީ ކަމަށް އަޑަށް ބާރުލައްވާފައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ރައްޔިތަކީ ވެސް ހަމަހަމަ ފަރާތެއް ކަމަށާއި ކޮންމެ ކަމެއް ވެސް ދާނީ އަދުލު އިންސާފުން ކަމަށް ވިދާޅުވެ ލެއްވިއެވެ.

ރައީސް މުއިއްޒުގެ މި ފޮނި ވާހަކަފުޅުތަކާއި ކުލަނެއް ހުވަފެންތަކުން ރައްޔިތުން ގުނބޯ ހައްދާލެއްވުމަށް ފަހު ވެރިކަމަށް ވަޑައިގަތުމުން ވެސް ރައްޔިތުން އުމްމީދު ކޮށްގެންތިބީ ދައުލަތް، ދައުލަތެއްގެ ގޮތުގައި ހިނގާނެ ކަމަށެވެ. ދައުލަތުގެ ތިންބާރު އޭގެ ޒާތުގައި ރައްޔިތުންގެ ފައިދާއާއި މަންފާއަށް މަސައްކަތް ކުރާނެ ކަމުގެ އުމްމީދު އޮތީ ވަރަށް ބޮޑުކޮށެވެ. ހާއްސަކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ނިންމަމުން ގެންދިޔަ ނިންމުންތަކާއި، ގާނޫނު ހަދާ މަޖިލީހުގައި އާސަރުކާރުގެ މެމްބަރުންގެ ބާރު ގަދަވެ، މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިގެން ދިއުމާއި، އާ ވެރިއަކާއި މެދު ރައްޔިތުން ތިބީ ފޮނި އުންމީދެއްގައި އެވެ.

އެހެން ނަމަވެސް މި ސަރުކާރަށް ވީ މި މަދު ދުވަސްކޮޅުގެ ތެރޭގައި ކަންކަން ފެނިގެން ދިއައީ ރައްޔިތުން އުންމީދު ކުރި ގޮތާއި ދިމާ އިދިކޮޅަށެވެ. އެ ވިދާޅުވި ބަސްފުޅުތަކާއި އަމަލުފުޅާއި ކުޑަކޮށްވެސް ދިމާނުވި އެވެ. ތިން ބާރު ކޯޅިގަނެ، އެއްބާރުން އަނެއްބާރުގެ މައްޗަށް ވެރިވެގަނެ އަމުރު މައުރޫފު ހިންގައި، ހަޑި މުޑުދާރު، ރައްޔިތުން ބަލަން ބޭނުން ނުވާ ކަންކަން މި ދައުރުގައި މިވަނީ ފެނިގެން ގޮސްފައެވެ.

ގާނޫނު ހަދާ މަޖިލީހާއި ޝަރުޢީ ކޯޓްތާއި މިނިވަން މުއައްސަސާތަކަށް ވެސް ރައީސް މުއިއްޒު އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނިންމުމަކީ މިއަދު ކުރެވިދާނެ ކަމެއް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ސަބަބަކީ ރައީސް މުއިއްޒުގެ ސަރުކާރުން ކުރާ ގިނަ ކަންތައްތަކާ ހިތްހަމަ ނުޖެހިގެން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅުމުން އެ މައްސަލަތައް ބެލިފައި ނުވާތީއެވެ. ނުވަތަ ބަލަމުން ވެސް ނުދާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބަލާއިރު ގާނޫނުއަސާސީ އާއި އެއްގޮތަށް މިނިވަން ކަމާ އެކު މަޖިލީހުގެ ތެރޭގައި މެމްބަރުންނަށް މަސައްކަތް ކުރުމަކީ މިއަދު ކުރެވެން ނެތް ކަމެކެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަމަކާ ދެކޮޅަށް މެމްބަރަކު ވޯޓް ދެއްވައިފި ނަމަ ގޮނޑި ގެއްލިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ސަބަބަކީ މެމްބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލު ކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑިގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވާތީއެވެ.

އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާތަކުގެ ހާލަތަކީ ވެސް މިއަދު އެއީއެވެ. އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ކޮންމެ ކޮމިޝަނެއް ވެސް ހަރަކާތްތެރިވަމުން ދަނީ ސަރުކާރުން ޖަހާ ބެރަކަށް ނަށާ ފަދަ ގޮތަކަށެވެ.

ދެން އޮތީ ޝަރުއީ ކޯޓްތަކާއި ފަނޑިޔާރުންގެ ވާހަކައެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއަދު ރާއްޖޭގައި މިނިވަން ޖުޑިޝަރީއެއް ނެތެވެ. ކޯޓްތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވިދާނެ ކަމަށް މިއަދު ރައްޔިތުންނެއް ގަބޫލެއް ނުކުރެއެވެ. ސަބަބަކީ އެފަދަ މިނިވަން މާހައުލެއް މިއަދު ނެތުމެވެ. ހަގީގަތަކީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ނުވަތަ ސަރުކާރުން ބޭނުންވާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލާފައި އެ ދައުވާ ސަރުކާރުން ބޭނުންވާ ގޮތަށް ސަރުކާރުގެ ކޮޅަށް ނިމިގެންދާތީއެވެ.

ކޮންމެއަކަސް ރައީސް މުއިއްޒުގެ ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެއްވެސް އުފަލެއް އަދި ހިތްހަމަ ޖެހުމެއް ނެތެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ހިންގާ ކޮންމެ ކަމެއްގައި ކޮރޮޕްޝަން ހިންގާ ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ރައްޔިތުންގެ ހައްގުތައް ގެއްލި، ދުވަހެއް ދުވަހަކަށް ރައްޔިތުންގެ ހައްގުތައް ގެއްލި، ރައްޔިތުން ބިކަވަމުން ދިއުމަކީ އަދުގެ ހަގީގަތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

ލިބުނު މޮޅައިގެން ޝެއިޚުން ހޮރުތަކުގައި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު