Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މުއުތަސިމް ރިޓަޔާ ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު ޢަބްދުﷲ ޙަމީދަށް

21 ޖުލައި 2025 | ހޯމަ 07:35

ސުޕްރީމް ކޯޓުން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ، 2025 ޖުލައި 21 ވަނަ ދުވަހުން ފެށިގެން މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު ޙަމީދާއި ހަވާލު ކޮށްފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2025 | ހޯމަ 07:35
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޙަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޙަމީދު

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން އަލްއުސްތާޛް އަޙުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމާއެކު، އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޙަމީދުއާ ހަވާލު ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި މުއުތަސިމް ވަނީ ހޯމަ ދުވަހު ރިޓަޔާ ކުރައްވައިފަ އެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރެއްވުމަށް މުއުތަސިމް ހުށަހެޅުއްވީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މުއުތަސިމްގެ ހުށަހެޅުން ޤަބޫލުކޮށް އޭނާ ރިޓަޔާ ކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުން ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ، 2025 ޖުލައި 21 ވަނަ ދުވަހުން ފެށިގެން މުއުތަސިމް އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުން ޝަރަފުވެރިކަމާ އެކު ރިޓަޔާވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު ޙަމީދުއާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އެެހެންކަމުން ހޯމަ ދުވަހުން ފެށިގެން، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންދެން ސުޕްރީމް ކޯޓަށް ފޮނުވާ އެންމެހައި ސިޓީ އެޑްރެސް ކުރަން ވާނީ، ސުޕްރީމް ކޯޓު ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ފަނޑިޔާރު ޙަމީދު އަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މުއުތަސިމް އައްޔަން ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ސުޕްރީމް ކޯޓުން ވަނީ އެ މުއްދަތުގެ ތެރޭގައި މުއުތަސިމް ކޮށްދެއްވާފައިވާ ޚިދުމަތަކަށް ޝުކުރު އަދާ ކުރާ ކަމަށް ހާމަކޮށްފަ އެވެ.

ޙަމީދަކީ ހައި ކޯޓުގެ އިސް ފަނޑިޔާރުކަން މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. ޙަމީދާ ގުޅުން ހުރި މައްސަލަ އެއް ޖޭއެސްސީ އިން ތަހުގީގު ކުރިއިރު، ފަނޑިޔާރު ކަމުން އޭނާ ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ 2022 ވަނަ އަހަރު ފާސްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދިން ފްލެޓު ޤަބޫލު ކުރި މައްސަލައިގަ އެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓަށް ޙަމީދު އައްޔަން ކުރައްވާފައި ވަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވެރިކަމުގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޙަމީދު އައްޔަން ކުރައްވާފައި ވަނީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އުއްތަމަ ފަނޑިޔާރު ބެންގަލޫރަށް ފުރާވަޑައިގަންނަވަނީ؟ އެނބުރި ވަޑައިގަންނަވާނީ ރައީސްގެ ޙައްޖު ދަތުރުފުޅަށް ފަހު!

22 އޯގަސްޓު 2017
އުއްތަމަ ފަނޑިޔާރު ބެންގަލޫރަށް ފުރާވަޑައިގަންނަވަނީ؟ އެނބުރި ވަޑައިގަންނަވާނީ ރައީސްގެ ޙައްޖު ދަތުރުފުޅަށް ފަހު!
05 އޯގަސްޓު 2017

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި

05 އޯގަސްޓު 2017
އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު މާލެ ވަޑައިގެންފި
03 އޯގަސްޓު 2017

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއި ކުރައްވަނީ!

03 އޯގަސްޓު 2017
އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ގާޒީންތަކެއް ޕެޓިޝަނެއްގައި ސޮއި ކުރައްވަނީ!
01 އޯގަސްޓު 2017

އުއްތަމަ ފަނޑިޔާރު މާލެވަޑައިގަތުން އެންމެ ފަހު ވަގުތު ފަސްކުރައްވައިފި

01 އޯގަސްޓު 2017
އުއްތަމަ ފަނޑިޔާރު މާލެވަޑައިގަތުން އެންމެ ފަހު ވަގުތު ފަސްކުރައްވައިފި
30 ޖުލައި 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި

30 ޖުލައި 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުއްތަމަ ފަނޑިޔާރު ސައީދު އާއި ޕީޖީ ބިޝާމްއާ ބައްދަލު ކުރުމަށް އެދެފި
29 ޖުލައި 2017

އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!

29 ޖުލައި 2017
އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!
16 ޖުލައި 2017

އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ

16 ޖުލައި 2017
އާޒިމާ މަސައްކަތް ކުރައްވަނީ އުއްތަމަ ފަނޑިޔާރުކަން ހޯދަން:ވައްޑެ
22 މެއި 2017

ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު

22 މެއި 2017
ދުސްތޫރީ ހަޔާތުގައި މިއަދަކީ ކަޅު ދުވަހެއް: ކުރީގެ އުއްތަމަ ފަނޑިޔާރު
17 މާރިޗު 2017

ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް

17 މާރިޗު 2017
ސަރުކާރުން އަތް ބޭނިޔަސް، ނުބޭނިޔަސް ފަނޑިޔާރުގެ އޮތީ ކޮރަޕްޓްވެފައި: ޝިފާޒް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް