Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ- ޓައިވާން ހަމަނުޖެހުން

ޤައުމީ ސަލާމަތްތެރިކަން ރައްކާތެރި ކުރުމަށް ބޭނުންވާ ޤާބިލިއްޔަތުކަމާއި ހިތްވަރު އެބަހުރި: ޓައިވާން

2 އޯގަސްޓު 2022 | އަންގާރަ 08:54

ޓައިވާންގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތައް ވަނީ ފުޅާކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 އޯގަސްޓު 2022 | އަންގާރަ 08:54
ޓައިވާނުގެ މިލިޓަރީ ސަބްމެރިން- ޓައިވާންގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތައް ވަނީ ފުޅާކޮށްފައި

ޓައިވާނުގެ މިލިޓަރީ ސަބްމެރިން- ޓައިވާންގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތައް ވަނީ ފުޅާކޮށްފައި

ޗައިނާއާމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ޓައިވާންގެ އަސްކަރީ ޙަރަކާތްތައް ވަރުގަދަ ކުރުމަށް ނިންމައިފިއެވެ.

އަންގާރަ ދުވަހު ޓައިވާންގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޓައިވާންގެ ސަރަޙައްދުތަކުގައި އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، ވަރުގަދަ ކުރަމުންދަނީ ޗައިނާއިން ދެމުންދާ އިންޒާރުތަކާއި ގުޅިގެންނެވެ.

ޓައިވާންގެ ޤައުމީ ސަލާމަތް ރައްކާތެރި ކުރުމަށް ބޭނުންވާ ޤާބިލިއްޔަތުކަމާއި ހިތްވަރު އެބަހުރިކަންވެސް ޓައިވާނުން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، ކުއްލި ޙާލަތްތަކުގައި އަމަލު ކުރާނެ ގޮތްތަކެއްވެސް ކަނޑައެޅިފައިވާކަން ޓައިވާންގެ ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަންގާރަ ދުވަހު ޗައިނާގެ ހަނގުރާމަމަތީ ބައެއް އުޅަނދުތައް ވަނީ ޓައިވާންގެ ކަނޑުއޮޅި ސަރަޙައްދު ކައިރިން ދަތުރުކޮށްފައެވެ. އެކަމުގެ ސަބަބުންނާއި، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެ ކަމުގެ ޚަބަރުތަކުގެ ސަބަބުންވެސް އެ ސަރަޙައްދުގެ މަސްރަހު ވަނީ ހޫނުވެފައެވެ.

ނެންސީ ޕެލޯސީ އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާނަށް ވަޑައިގަންނަވާނެކަމަށް އެމެރިކާ އާއި ޓައިވާންގެ އިސް އޮފިޝަލުންތަކެއް ވަނީ ވިދާޅުވެފައެވެ. ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ ހީނަރުވެފައިވާ ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެ ހާލަތު މުޅިން ގޯސްވެގެން ހިނގައިދާނެކަމެއްކަމަށް ބެލެވޭތީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންވެސް ވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އިންޒާރުދީފައެވެ. ޗައިނާއިން ދައުވާކުރަމުން އަންނަނީ ޓައިވާނަކީ އެގައުގެ ތަނެއްކަމަށެވެ. ނަމަވެސް އެކަމާ އެމެރިކާއިން ދެކޮޅު ހަދައެވެ.

އަދި ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް އެމެރިކާއިން އަންނަނީ ޓައިވާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޗައިނާޓައިވާން

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް