Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްއޭއިން ހިންގާ ކޯސްތައް

އެފްއޭގެ ކޯސްތަކަށް ދަރިވަރުން ނުލިބުން ގޮންޖެހުމަކަށް!

1 އޯގަސްޓު 2022 | ހޯމަ 09:35

ފަންނީ ދާއިރާތަކުން ހިންގާ ކޯސްތަކަށް ދަރިވަރުން ހޯދަން ދަތިކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2022 | ހޯމަ 09:35
ޤައުމީ ޔުނިވަރސިޓިގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ހުސެއިން ޙަލީމް

ޤައުމީ ޔުނިވަރސިޓިގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ހުސެއިން ޙަލީމް

ފެކަލްޓީ އޮފް އާޓްސްއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯސްތަކަށް ބޭނުންވާ ދަރިވަރުން ނުލިބުމުގެ މައްސަލަ ކަމަށް، ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ހުސެއިން ޙަލީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމަށް ދެވަނަ ދައުރަކަށް، އާސިމް އަބްދުއްސައްތާރު އައްޔަން ކުރެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކޯސްތަކައް ހިންގުމަށް ބޭނުންވާ މިންވަރަށް ދަރިވަރުން ނުލިބޭ ސަބަބަކީ އެފްއޭގައި އުނގަންނައިދޭ ކޯސްތަކަކީ ފަންނީ ދާއިރާތަކާއި ގުޅުން ހުރި ކޯސްތަކަކަށްވުން އެކަށީގެންވާތީ ކަމަށެވެ.

Advertisement - newsAdvertisement

ޤައުމީ ޔުނިވަރސިޓީގެ މަސައްކަތްތަކާ މެދު ވާހަކަދައްކަވަމުން ޙަލީމް ވިދާޅުވީ އެމްއެންޔޫއިން އެންމެ ބޮޑު އިސްކަމެއް ދެނީ އެ ޔުނިވަރސިޓީގެ ދަސްވެނިންނަކީ، އެ ދަރިވަރުން އުނގެނޭ ދާއިރާގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ހެދުމަށް ކަމަށެވެ. އެ ޔުނިވަރސިޓިއިން ހަދާފައިވާ އޮޑިޓްތަކުން ޔުނިވަރސިޓީއިން އުނގަންނައި ދިނުމުގައި ގެންގުޅޭ އުސޫލުތައް ރަނގަޅުކަމާއި، އެ ޔުނިވަރިސިޓީއިން ނެރެދީފައިވާ ނަތީޖާ ރަނގަޅުކަން ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގެ ތެރެއިން ފެކަލްޓީ އޮފް އާރޓްސްގެ ކޯސްތަކަކީ އަމަލީ މައިދާނުގައި މަސައްކަތް ކުރަން ދަރިވަރުން ތަމްރީނުކުރުމަށް އިސްކަން ދީގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. އެގޮތުން ފެކަލްޓީ އޮފް އާރޓްސްގެ ކޯސްތައް ފަރުމާކޮށްފައިވަނީ އެ ދަރިވަރުން އުނގެނޭ ދާއިރާއެއްގެ ތަޖުރިބާ އެ ކުދިންނަށް ޙާސިލްކުރެވޭ ފަދަ ގޮތަކަށެވެ.

ޤައުމީ ޔުނިވަރިސިޓީއިން ދަނީ ތައުލީމާއި ތަޖުރިބާ ހުރި މީހުން ބޭނުންވާ ސިނާއަތުތައް ދެނެގަނެ، އެ ދާއިރާތަކާއި ގުޅުން ކޯސްތައް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް އެކި ސިނާއަތުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ގުޅިގެން ވެސް އެ ޔުނިވަރސިޓީ އިން ދަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް