Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫ ފެކަލްޓީ އޮފް އާރްޓްސް

އެފްއޭގެ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން: ޑީން

1 އޯގަސްޓު 2022 | ހޯމަ 08:43

އެފްއޭއިން ފާއިތުވި 4 އަހަރު އާ 4 ކޯސް ވަނީ ތައާރަފްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 އޯގަސްޓު 2022 | ހޯމަ 08:43
އާސިމް އަބްސުއްސައްތާރު ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމާއި ދެވަނަ ދައުރަށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ތެރެއިން

އާސިމް އަބްސުއްސައްތާރު ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމާއި ދެވަނަ ދައުރަށް ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާރޓްސްގެ ކޯސްތައް އިތުރުކޮށް، ކޯސްތަކުގެ ފެންވަރު ރަނގަޅުކުރަން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް، ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމާއި ދެވަނަ ދައުރަކަށް ހަވާލުވެވަޑައިގެންނެވި އާސިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އޭނާ މަޤާމާއި ހަވާލުވެވަޑައިގަތީ މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑީންގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުން އާސިމް ވިދާޅުވީ، އެ ފެކަލްޓީގެ މަސައްކަތް ކާމިޔާބުވާނީ އޮފީސްތަކަށް ބޭނުންވާ ފަދަ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔަކު އުފެއްދުމުންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ފާއިތުވި ދައުރުގައި ޑީންގެ މަޤާމުގައި ހުންނެވި އިރު އޭނާ ވަނީ އެ ފެކަލްޓީގައި އާ ކޯސްތައް އުފައްދާ، ކޯސްތަކުގެ ފެންވަރު ރަނގަޅުކުރަން މަސައްކަތް ކުރައްވާފައި ކަމަށެވެ. އެގޮތުން އެމްކިއުއޭ އިން ޤަބޫލުކުރާ ފެންވަރުގެ 4 ކޯސް ތަޢާރަފްކޮށްފައިވާ ކަމަށް އާސިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބަހާއި، ނޫސްވެރިކަމާއި، ފަންނުވެރިކަމާއި، ހިންގުން އަދި ހުނަރުވެރިކަމާއި ގުޅުން ހުރި ދާއިރާތަކުން ހިންގާފައިވާ ކޯސްތަކަކީ ފެންވަރު ރަނގަޅު ކާމިޔާބު ކޯސްތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ ބަސްތަކުގެ ކޯސްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ސްޕެނިޝް އަދި ކޮރެއާ ފަދަ ބަސްބަހުގެ ކޯސްތައް ހިމެނޭ ކަމަށް އާސިމް ވިދާޅުވިއެވެ. ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ ދެ ވަނަ ދައުރަކަށް އާސިމް އައްޔަންކުރައްވާފައިވާއިރު އޭނާ އެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ 4 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އާސިމް އެންމެ ފުރަތަމަ ޤައުމީ ޔުނިވަރސިޓީ އާއި ގުޅިވަޑައިގަންނަވާފައި ވަނީ 2005 ވަނަ އަހަރު، އެ ޔުނިވަރސިޓީގެ އެސިސްޓެންޓް  ލެކްޗަރަރއެއްގެ މަޤާމަށެވެ. އެއަށް ފަހު ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ޑީންގެ މަޤާމާއި ލެކްޗަރަރގެ މަޤާމް އާސިމް ވަނީ އަދާކުރައްވާފައެވެ. 2012 ވަނަ އަހަރު ޔުނިވަރސިޓީ އިން ވަކިވެވަޑައިގަތުމަށް ފަހު އާސިމް އަލުން ޔުނިވަރސިޓީ އާއި ގުޅިވަޑައިގަތީ 2018 ވަނަ އަހަރު ފެކަލްޓީ އޮފް އާރޓްސްގެ ޑީންގެ މަޤާމާއި ހަވާލުވެވަޑައިގަތް ހިސާބުންނެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
31 އޮކްޓޯބަރު 2024

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި
25 އެޕްރީލު 2024

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން
25 އެޕްރީލު 2024

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
25 އެޕްރީލު 2024

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި
28 ޑިސެމްބަރު 2023

ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި

28 ޑިސެމްބަރު 2023
ޑރ. ފަވާޒާއި ޑރ. ރަހީމާ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް އައްޔަންކޮށްފި
27 ޑިސެމްބަރު 2023

ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

27 ޑިސެމްބަރު 2023
ފިޝަރީޒް ކޮލެޖް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 ޑިސެމްބަރު 2023

ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު

05 ޑިސެމްބަރު 2023
ގައުމީ ޔުނިވަރސިޓީގެ ފަހި ދުވަސް އާޓިފިޝަލް ބީޗްގައި މިމަހުގެ 16 ވަނަ ދުވަހު
23 ނޮވެމްބަރު 2023

އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު

23 ނޮވެމްބަރު 2023
އެސްޓީއޯ އަންކާރާ ނައިޓް މިފަހަރު އެފްއެޗްޓީއެސް އާއެކު
04 ނޮވެމްބަރު 2023

ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި

04 ނޮވެމްބަރު 2023
ޔޫކޭގެ ކިއުއޭއޭއިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހާސިލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް